ބަންގްލާދޭޝަށް ހިޖްރަކޮށްގެންއުޅޭ މިޔަންމާގެ ރޮހިންޔާ ރެފިއުޖީން ދިރިއުޅޭ ކޭމްޕެއްގައި ރޯވެ އަނދައި އަޅިއަށްވެއްޖެއެވެ.

މުސްލިމުން ދިރިއުޅެމުންދާ މި ރެފިއުޖީ ކޭމްޕެއްގައި ރޯވެ އަލިފާންގަނޑުގެ ވަރުގަދަކަމުން އެތަނުގައި ދިރިއުޅެމުން ދިޔަ އެތައް ހާސް ރޮހިންޔާ މުސްލިމުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާގައި އެ ރެފިއުޖީ ކޭމްޕްގެ ބޮޑު ބައެއް އަދާ އަޅިއަށް ވަނީ ވެފައެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ އެތައް ހާސް ރެފިއުޖީންނަށް މީގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ.

މި ހާދިސާގެ ބައެއް ފޮޓޯ އަދި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު ރެފިއުޖީ ކޭމްޕުގައި ޖަހާފައިހުރި ފޭލިގެތަކާއި އަދި ހަޓުތަކުގައި ރޯވެ އަނދަމުންދާތަން ފެނެއެވެ. އަދި އަލިފާނުން ސަލާމަތްވުމަށް ރެފިއުޖީން ދުވާތަންވެސް ފެނެއެވެ.

ނަމަވެސް އަލިފާން ރޯވަން މެދުވެރިވި ސަބަބެއް އަދި އެނގިފައިއެއް ނުވެއެވެ.

މިޔަންމާއިން ބޭރުކޮށްފައިވާ އެ ގައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުން އަންނަ މި ރެފިއުޖީ ކޭމްޕެއްގައި ނުވަ މިލިއަނަށް ވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން ދާކަމަށް ޔޫއެންގެ ރެފިއުޖީ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

2016 ވަނަ އަހަރާއި 2017 ވަނަ އަހަރު، މިޔަންމާގެ އަސްކަރިއްޔާއިން ވަނީ، އެ ގައުމުގައި ދިރިއުޅެމުންދިޔަ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އިންސާނިއްޔަތާއި ޚިލާފު އެތަކެއް ޖަރީމާތަކެއް ހިންގާފައެވެ. ލާއިންސާނީ މި އަމަލު ކުށްވެރިކޮށް އެގައުމުގެ ސަރުކާރާ ދެކޮޅަށް ބައިނަލް އަގުވާމީ ޖިނާޢީ ކޯޓުގައި ދައުވާ އުފުލާފައިވެސް ވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޏ އައިކު

    މިޔަންމާއިން ބޭރުކޮށްފައިވާ އެ ގައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅެމުން އަންނަ މި ރެފިއުޖީ ކޭމްޕެއްގައި ނުވަ މިލިއަނަށް ވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން ދާކަމަށް ޔޫއެންގެ ރެފިއުޖީ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

    2016 ވަނަ އަހަރާއި 2017 ވަނަ އަހަރު،