ޓްރެވަލް އެންޑް ޓުއަރިޒަމް އެގްޒިބިޝަން (އެމްއައިޓީޓީ) ގައި ރާއްޖެއަށް "ބެސްޓް އައިލެންޑް ޕްރެޒެންޓޭޝަން" އާއި "ބްރައިޓް އެގްޒިބިޝަން" އެވޯޑް ލިބިއްޖެއެވެ.

މި އެވޯޑް ދީފައި ވަނީ މީހުން އެންމެ ބަލާ ހިތްވާ ކަހަލަ ގޮތަކަށް ގައުމު ދައްކުވައިދޭ ޕްރެޒެންޓޭޝަންއަށާއި ފެއާގައި ޕްރޮމޯޓު ކުރުމަށް މަސައްކަތް ކޮށްފައިވާ ގޮތަށް ބަލައިފައެވެ.

މި ފެއާ ކުރިޔަށް ގޮސްފައިވަނީ 16 މާރިޗް ފެށިގެން 18 މާރޗްގެ ނިޔަލަށް ރަޝިއާގެ ވެރިރަށް މޮސްކޯގައެވެ.

އެވޯޑު ލިބުމާ ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު، ތޮއްޔިބް މުހައްމަދު ވިދާޅުވީ ރަޝިއާ އާއި ސީއައިއެސް މާކެޓަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރަކަށް އެވޯޑު ވެގެން ގޮސްފައިވާ ކަމަށެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނެފައިވަނީ ސްޓޯލަށް ޒިޔާރާތް ކުރި މީހުންނަށް ރާއްޖޭގެ ރީތިކަން ވީޑިއޯއެއް މެދުވެރިކޮށް ދައްކާލަ ދެވިފައިވާކަމަށެވެ. ސޭފްޓީ ގައިޑްލައިން ތަކާއި އެހެންވެސް ރައްކާތެރި ފިޔަވަޅު ތަކާއެކު ޓޫރިޒަމް އިންޑަސްޓްރީން ކުރިއަށް ދާން ތައްޔާރަށް ތިބިކަން ވިޒިޓް މޯލްޑިވްސްއިން ވަނީ ދައްކާލަ ދީފައެވެ.

އެމްއައިޓީޓީ އަކީ ރަޝިއާގެ އެންމެ ބޮޑު ބީ2ބީ ޓުއަރިޒަމް އެގްޒިބިޝަނެވެ. މި ފެއާގެ ތެރެއިން ދުނިޔޭގެ އެކި ހިސާބުތަކުގެ ޓްރެވަލް އެޖެންޓުންނާއި، ދަތުރު ކުރުމުގެ މަގު ފަހިކޮށްދޭ މީހުންނާއި ދިމާވެގެން ދާނެއެވެ. މި އަހަރުގެ އެމްއައިޓީޓީ ވެގެން ދިޔައީ ރަޝިއާގައި ފުރަތަމަ ބޭއްވި އޮފްލައިން ޓުއަރިޒަމް އެގްޒްހިބިޝަންއަށެވެ. މި ފެއާގައި 1،533 މީހުން 15 ގައުމަކުންނާއި 52 ރަޝިއާގެ ސަރަހައްދަކުން ބައިވެރިވެފައިވެއެވެ.

ރާއްޖޭގެ ޓުއަރިޒަމް މާކެޓަށް ބަލާއިރު، އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމެއްގެ ގޮތުގައި ރަޝިއާ ފާހަގަ ކޮށްލެވެއެވެ. މި އަހަރު ތެރޭގައި މިއަދާއި ހަމައަށް ރަޝިއާއިން 40،694 ފަތުރު ވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފެއާއަކީ ރާއްޖޭގެ ބޯޑަރު 15 ޖުލައި 2020 ވަނަ ދުވަހު ހުޅުވި ފަހުން ބައިވެރިވި ފުރަތަމަ އެގްޒްބިޝަން ކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު