އޮސްޓްރޭލިއާގެ ހެލްތް މިނިސްޓަރ މަގާމުން ވަކިވަނީ ވަރުބަލި ވެގެން ކަމަށް ވިދާޅުވެއްޖެއެވެ.

ރުޑަލްފް އެންޝުބާ، 60، ހެލްތް މިނިސްޓަރގެ މަގާމާއި ހަވާލްވެލެއްވީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ކޮރޯނާވައިރަސް ފެތުރެމުން އައިރު މިނިސްޓަރެއްގެ ޒިންމާ އަދާ ކުރެވޭތޯ އެންޝުބާ މަސައްކަތުގައި ދެމިހުއްޓެވެ.

'ކޮވިޑް ވޭދަނަތައް އިތުރުވެ، ގައުމުގެ ހާލަތް ނާޒުކު ފައްތަރެއްގައި އޮތުމުން ރައްޔިތުންނަށް ބޭނުންފުޅު ވެލައްވާނީ 100 އިންސައްތަ ފިޓް ހެލްތް މިނިސްޓަރެއް. އަޅުގަނޑަކީ މިވަގުތު 100 އިންސައްތަ ފިޓް މީހެއް ނޫން' ރުޑަލްފް އެންޝުބާ ވިދާޅުވިއެވެ.

އެންޝުބާ ވިދާޅުވީ އޮފީހުގައި ހޭދަ ކުރެވުނު 15 ދުވަސް އިހުސާސް ވެގެން ދިޔައީ 15 އަހަރު ހޭދަވި ފަދައިންނެވެ. ޗާންސެލާ ސެބާސްޓިން ކާޒް ވިދާޅުވީ ހެލްތް މިނިސްޓަރެއްގެ މަގާމުގައި ހުރެ އަމިއްލަ ނަފްސަށް ވުރެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް އެބޭފުޅާ އިސްކަން ދެއްވި ކަމަށެވެ.

އެންޝުބާގެ ބަދަލުގައި މަގާމާއި ހަވާލުވުމަށް ކަނޑަ އެޅިފައިވަނީ ވޮލްފްގެންގް މުކްސްޓެއިންއެވެ. މުކްސްޓެއިން އަކީ ގްރީން ޕާޓީގެ މެމްބަރަކަށް ވެފައި ތަޖުރިބާ ލިބިގެން ހުންނެވި ޑޮކްޓަރެކެވެ.

ޓީޗަރެއްގެ މަގާމުވެސް އަދާކުރެއްވި އެންޝުބާ ރިޕޯޓަރުންނަށް މައުލޫމާތު ހިއްސާ ކުރަމުން ވިދާޅުވީ މާ ބުރަކޮށް މަސައްކަތް ކުރެވިއްޖެ ކަމަށާއި، މީހާ ވަރަށް ވަރުބަލި ކަމަށެވެ. އެންޝުބާ ވިދާޅުވީ އޭނާގެ ލޭ މައްޗަށް ދިޔުމާއި، ހަކުރު މައްޗަށް ދިޔުން ފަދަ ސިއްހީ މައްސަލަތަކެއް ހުރިކަމަށެވެ.

އޮސްޓްރޭލިއާގެ ސަރުކާރުގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުން އެންޝުބާ ވިދާޅުވީ ފުރަބަންދުގެ ތެރޭގައި ނުވިސްނާ ޅަ އެއްޗެހި އެޅިފައިވާ ކަމަށާއި، އޭގެ އިތުރުން ގައުމަށް ފައިދާވާނެ އެތައް ކަމެއް ކޮށްދެއްވާފައި ވާ ކަމަށެވެ.

އޮސްޓްރޭލިއާގެ ރައީސް އެލެޒެންޑްރާ ވަން ޑާ ބުލެން ވަނީ ފަށްފަށުން އެންޝުބާއަށް ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންދޮން

    ދޮން މީހުން މީ ކަމަކާ ޖެހުނީމާ ހާދަ އަވަހަކަށް ވަރުބަލިވާ ބައެއް. އޮބްރިޖަނެއް ހޯދާފައި މިނިސްޓަރުކަން ދީ. ވަރުބަލިވިޔަސް ގަހެއްގެ ބުޑުގައި އޮވެލީމާ ފުދޭނެ.