ހަމާސް އާއި އިސްރާއީލުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމާއިމެދު އެއްބަސްވުމަކަށް އައިސް އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުން އެކަށީގެންވާ ކަމަށް "ސީއެންއެން" އިން ބުނެފިއެވެ.
"ސީއެންއެން" އިން ބުނީ ހަމަލާތައް މެދުކަނޑާލަން މަޝްވަރާ ކުރެވެމުންދާކަން ހަމާސް އިން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. ހަމާސްގެ އޮފިޝަލަކު ނަން ހާމަނުކޮށް "ސީއެންއެން" އަށް މައުލޫމާތު ދެމުން ބުނީ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް މިސްރާއި ގަތަރު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން މަޝްވަރާތަކެއް މިހާރު ކުރިއަށްދާ ކަމަށެވެ.
ނަމަވެސް ހަމަލާތައް ހުއްޓާލުމުގެ ވިސްނުން ގެންގުޅޭކަން އިސްރާއީލުން އާއްމުކޮށް އަދި އިއުލާނެއް ނުކުރެއެވެ. އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ އެންމެފަހުން ރޭ މީޑިއާ އާއި ވާހަކަދައްކަމުން ވެސް ބުނީ ހަމަލާތައް ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
އޭނާ ބުނީ އިސްރާއީލްގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވެންދެން ޣައްޒާގައި އިސްރާއީލްގެ އޮޕަރޭޝަން ކުރިއަށްދާނެ ކަމަށެވެ. "އަހަރެން ޝުކުރު އަދާކުރަން އަހަރެމެންގެ އެކުވެރިޔާ އެމެރިކާގެ ރައީސް ޖޯ ބައިޑެން އިސްރާއީލުން އަމިއްލަ ދިފާއުގައި ކުރަމުން ގެންދާ މަސައްކަތައް ކުރާ ތާއީދަށް." ނަތަންޔާހޫ ރޭ ބުންޏެވެ.
ހަމަލާތައް ބަދަލުކުރަން ފެށިތާ މިހާރު 11 ދުވަސް ވެފައި ވާއިރު ޣައްޒާ އިން 220 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި އިސްރާއީލުން ވަނީ 12 މީހަކު މަރުވެފައެވެ. ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ބައިނަލްއަޤުވާމީ ފަރާތްތަކުގެ އަދަދު ވެސް މިހާރު އަންނަނީ ގަދަވަމުންނެވެ.
ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރަން ފްރާންސް އިސްނަގައިގެން މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން މިމައްސަލައިގައި ގަރާރެއް ފާސްކުރަން ކުރި މަސައްކަތް ތިން ފަހަރެއްގެ މަތިން އެމެރިކާ އިން ވަނީ ހުއްޓުވާފައެވެ. ފްރާންސުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ސަލާމަތީ މަޖިލީހުގެ ހުރިހާ ގައުމަކާއި ވެސް މަޝްވަރާކޮށްގެން ސަލާމަތީ މަޖިލީހުގެ ޖަލްސާގެ ކުރިން ވެސް ގަރާރާއި މެދު އެއްބަސްވުމަށް އާދެވޭތޯއެވެ.
އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ފެށިފަހުން 1800 އަށްވުރެ ގިނަ ވައިގެ ހަމަލާ އިސްރާއީލުން ޣައްޒާއަށް ދީފައިވެއެވެ.
އަރާރުންވާ ފަރާތަކީ އިޒްރޭލް. އިޒްރޭލްގެ އަމަލުތައް ހައްދުފަހަނަޅައި ދިޔައިމާ ހަމާސްއިން ހަމަލާދެނީ. ހަމާސްއަށް އެނގޭ ރޮކެޓްތައް އޮއްސާލީމާ އިޒްރޭލް ރަތަށް އަރައިގެން އަންނާނެކަން. ބޮންވެސް އަޅާނެކަން. ދުނިޔޭގެ ޕްރެޝަރުވެސް އަންނާނެކަން. އެހެންނަމަވެސް އެހެން ނުހަދައިފިއްޔާ މިއީ ދުނިޔޭގެ އެއްވެސް ބަޔަކު ދެނަހުރި ކަމަކަށް ނުވާނެ. ނުހުއްޓި ވަށައިގެން ރޮކެޓް ހަމަލާ އަންނަން ފެށީމާ އިޒްރޭލަށްވެސް އެމެރިކާއަށްވެސް މިހާރު އެނގިއްޖެ ރޮކެޓް ހަމަލާ ދެން ނުހުއްޓުވޭނެކަން. ކިތަންމެ ވަރަކަށް ބޮން އެޅިޔަސް އެއީ މިހާރު ދެން ކުރެވެން ނެތްކަމެއްކަން. އެހެންވެ ހުއްޓާލުން ނޫން ގޮތެއް ނެތް.
އޭނާ ބުނީ އިސްރާއީލްގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވެންދެން ޣައްޒާގައި އިސްރާއީލްގެ އޮޕަރޭޝަން ކުރިއަށްދާނެ ކަމަށެވެ. "އަހަރެން....
ޖަވާބުގާބުނަންބޭނުންވަނީ ތިޔައީ ހުވަފެނުންވެސްފެންނާނެދުވަހެއްނޫނޭ!!
ތިޔަބުނާ ސަލާމަތާއި ރައްކާތެ ރިކަމަކީ ތިޔަ ޔަހޫދީންނަށްއޮތްއެއްޗެއްނޫނޭ!! އަލިފު ހާ
މިހެރެ މޮޔަޔާ.ސަލާމަތްތެރި ކަމާ ރައް ކާތެރި ކާތެރިކ ކން ކަށަވަރުވީސް ދޭތެރެޔަ ކުން ފަލަސްތީނުގެ ބިން ފޭރިގަނެ އެތާނގެ ވަޒަންވެރީންގެ މީހުން މަރާން ކަލޭމެން އިސްވެ ނުގަތްނަމަ.
ބައެއްގެ ބިމެއް ގަދަބާރުން ފޭރިގަނެގެން ތިބި ބަޔަކަށް ފުރިހަމަ އަށް ރައްކައުތެރި ކަން ކަށަވަރެއް ނުވާނެ. އެހެން ނަމަވެސް ދެން ޙަމަލާތައް ހުއްޓާލިޔަސް ފަލަސްތީނަށް ލިބުނު ގެއްލުންތަކުން އަރައިގަންނަން އަހަރުތަކެއް ނަގާނެ. ފަލަސްތީނުގެ މުޅި ވަތުއޮނިގަނޑު(އިންފްރާސްޓްރަކްޗަރ) އެ ވަނީ ހަލާކުވެފައި، މަގުތައް މުޅިން ހަލާކުވެފައި. ކުރިމަގު ގައި އިޒްރޭލާ ދެކޮޅަށް ޖިހާދުކުރަން ތިބި އެތައް ޒުވާނުންނަކާ ކުޑަކުދިން ވަނީ ޝަހީދުކޮށްފައި. އަނެއްކާ ވެސް އަންނަ ރަމަޟާން މަހާދިމާކޮށް ފަލަސްތީނުގައި ގަތުލު ޢާއްމުތައް ފަށާނެ. ފުދޭވަރަށް މީހުން މަރާލެވުނީމާ ހުއްޓާލާނީ. ލަނޑުދަނޑި ޙާޞިލްވަންދެން މުޝްރިކު ގައުމު ތަކުން ނުދެނެހުރިކަމަށް ހަދައިގެން ތިބޭނީ.
ފަލަސްތީނުރައިއަތުންނަށް ރައްކާތެރި ކަމުގެގެރެންޓީ ކަށަވަރުވަންދެން ފަލަސްތީނުގެ މުޖާހިދުން ޒައިނިސްޓު އިޒުރާއީލަށް ދޭހަމަލާ ހުއްޓާާގެން ނުވާނެ
ޝުކުރިއްޔާ ރައީސް ނަށީދު، ރައީސް ނަށީދު އަކީ ކަންތަކަށް ބާރުފޯރުވޭނެ ވެރިޔެއްކަން މީސާބިތުކޮއްދިނީ..