އެމެރިކާއަށް ވަގަށް އެތެރެވާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަންޕް ނިންމުމާއެކު، އެމެރިކާގެ ބޯޑަރުން އެތެރެވި ގިނަ އަދަދެއްގެ ބައެއް، އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް، ކުޑަ ގޮޅިތަކެއްގައި ބަންދުކޮށްފައިވާ ކަން ފަޅާ އަރައިފިއެވެ.
" ޒީރޯ ޓޮލޮރެންސް އިމިގުރޭޝަން ޕްރޮސެކިއުޝަން " އެމެރިކާގައި މިހާރު ޤާއިމްކޮށްފައިވާއިރު، އެމެރިކާއަށް ޤަވާއިދާ ޚިލާފަށް ވަންނަ ކޮންމެ މީހަކީ ކުށްވެރިއެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަންޕް ވަނީ ސިފަކޮށްފައެވެ. މިއާއެކު އެމެރިކާއަށް އެތެރެވަމުންދާ މީހުން ހުއްޓުވުމަށް އެމެރިކާ ކަސްޓަމްސްއިން ގިނަ މަސައްކަތްތަކެއްވަނީ ފަށާފައެވެ.
އެމެރިކާގެ ނޫސްތަކުން ހާމަ ކުރާ ގޮތުގައި އެމެރިކާއަށް އެތެރެވާ މީހުންނަށް ހަރުހަށި ފިޔަވަޅު އެޅުމުގެ ގޮތުން އެމީހުންވީ ޖަލު ބަންދުކޮށްފައެވެ. މިގޮތަށް ބަންދު ކުރާއިރު ބަހައްޓަނީ ކުޑަ ކުދިންނާއި އެމީހުންގެ މައިންބަފައިންވެސް ވަކިކޮށްފައިކަމަށް ނޫސްތަކުން މައުލޫމާތުދެއެވެ. އެމެރިކާގެ ނޫސްތަކުން ބުނެފައިވަނީ އެމެރިކާގެ ޓެކްސެސްގެ ބޯޑަރުގައި މިގޮތަށް ހައްޔަރު ކުރެވިފައިވާ 1100 އަށްވުރެ ގިނަ މީހުން އެބަ ތިމި ކަމަށާއި މިމީހުން އެންމެން ތިބީ ކުޑަ ގޮޅިއަކަށް ލާފައި ކަމަށެވެ. ބޯޑަރ ޕެޓްރޯލް ފެސިލިޓީގެ ނަމުގައި ހަދާފައިވާ މިގޮޅިތަކުގައި ގިނަ އަދަދެއްގެ ކުދިން ތިބި ކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެއެވެ.
އެމެރިކާގެ ބޯޑަރ ޕެޓްރޯލްއިން މީޑިޔާއަށް މިމީހުން ބައިތިއްބާފައި ތިބި ގޮޅިތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދީފައިވާއިރު، އެމެރިކާގެ
ބޯޑަރ ޕެޓްރޯލްއިން ބުނެފައިވަނީ ހައްޔަރުގައި ތިބި އެންމެންނަށްވެސް ކެޔުމާއި ނިދުމުގެ އިންތިޒާމް ހަމަޖައްސައިދެވިފައިވާނެ ކަމަށެވެ.
މިޖަލުތަކަށް ޒިޔާރަތް ކުރުމަށްފަހު މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނީ މިކުޑަ ގޮޅިތަކުގައި މައިންނާއި އެމީހުންގެ ދަރިން ވަކިކޮށްފައި ތިބި ކަމަށާއި އެއް ގޮޅިއެއްގައި 20 ކުދިންނަށްވުރެ ގިނަ ކުދިން ތިއްބާ ފެނުނު ކަމަށެވެ. އަދި މީހުން ލާފައިވަނީ 30 ފޫޓް 30 ފޫޓް ގޮޅިތަކަށް ކަމަށެވެ.
އެމެރިކާގެ ސަރުކާރުން މީޑިޔާތަކަށް މިގޮޅިތަކަށް ވަނުމަށް ފުރުސަތު ދިފައިވަނީ އެމެރިކާގެ ޤާނޫން ހަދާ މަޖިލީހުގެ މެންބަރުންތަކެއް އެތަނަށް ޒިޔާރަތް ކުރުމަށްފަހު އެތަނާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރުމުނެވެ. އެތަނަށް ޒިޔާރަތް ކުރި ސިޔާސީ ބޭފުޅުންވަނީ ޓުރަންޕްގެ މިނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މީޑިޔާތަށް މިތަނަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދީފައިވަނީ ސަރުކާރަށް ގިނަ ފިއްތުންތަކެއް ކުރިމަތި ކުރުވުމުންނެވެ. ނޫސްވެރިންގެ ޒިޔާރަތުގައި ފޮޓޯ ނެފުމާއި ވީޑިއޯ ކުރުންވަނީ މަނާކޮށްފައެވެ.
އެމެރިކާ ބޯޑަރ ޕެޓްރޯލްއިން ހާމަކުރާ ގޮތުގައި މިމީހުން ބަންދުގައި ތިބީ މިމީހުންގެ ތަޙްޤީޤެއް ކުރުމަށް ކަމަށާއި 3 ދުވަސްފަހުން މިމީހުން ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް މިތާންގައި މިމީހުން ހައްޔަރުގައި ތިބިތަން 7 ދުވަހަށްވުރެ ގިނަ ވެފައިވާކަމަށް ބޭރުގެ ނޫސްތަކުން މައުލޫމާތުދެއެވެ. އޮފިޗަޝަލުންނާ ހަވާލާދީ މީޑިޔާތަކުން ބުނެފައިވަނީ މިގޮތަށް ގޮޅިތަކުގައި ޖުމްލަ 11،000 އަށްވުރެ ގިނަ މީހުން އެމެރިކާގެ އެކި ހިސާބުގެ ބޯޑަރުތަކުގައި ހެދިފައި ހުރި ގޮޅިތަކަށް ލާފައި ތިިބިކަމަށެވެ.
މިއީދޯ ހިއުމަން ރައިޓްސް އޭކިޔާގެން އަނގަ އަރުވާ ހާލަކީ
ވަލުޖަނަވާރުން ގެ ދަރަޖައިގައި ތިބޭ އިންސާނުން ގެ ރަޙުމެއް ނުހުއްނާނެ
ނުކުރާނެ އެމެރިކާ އަކުން ތިކަހަލަ ކަމެއް ރާއްޖެކުޑަވީމަ ރާއްޖެއަށް ފާޑް ވިދާޅުވަނީ
އިސްލާމީ ރިވެތި އަޚްލާޤު ދޫކޮށް އަދިވެސް މިމީހުންގެ އުޅުން ދެކެ މޮޔަވެގެން އުޅޭތި...
އެއީ ހިއުމަންރައިޓްސްއަކީ ފުރިހަމަ ޑިމޮކްރަސީ ތަކުގަ އިންސާނުންނަށް ދެވިފަވާ ދަރަޖަ .......
އެއީ ޑިމޮކްރަސީއަކީ. އެއީ ހިއުމަން ރައިޓްސް އަކީ. އެއީ ހުޅަނގުގެ ތަހުޒީބަކީ. ރީތި ހެޔޮ އެތައް ކަމެއް ލިބިފަ އޮތްއިރު އެ ދޫކޮށް ދިވެހިން މަރުފަލި ޖަހަނީ ހުޅަނގުގެ އެ ޑިމޮކްރަސީއާ ހިއުމަން ރައިޓްސް އަސް.
މިއީ އެބުނާ އަސްލު ހިއުމަން ރައިޓްސްއަކީ