މުސްލިމުންނާއި ދެކޮޅަށް މީގެ ކުރިން ވާހަކަ ދައްކާފައިވާ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންގެ ކަންކަށިމަތީގައި އެގައުމުގެ ރައްޔިތަކު ޖަހައިފިއެވެ.
މެކްރޯންގެ ކަންކަށިމަތީގައި އެގައުމުގެ ރައްޔިތަކު ޖަހާފައިވަނީ ފްރާންސްގެ ދެކުނުގެ ސަރަހައްދަށް ދިއުމަށް ފުރުމުގެ ކުރިން އޭނާއަށް އަލްވަދާއު ކިޔަން އެއްވެ ތިބި ބަޔަކާއި ސަލާމް ކުރަން ދިޔަ ވަގުތުއެވެ. އޭރު އެސަރަހައްދުގައި ގިނަ އަދަދަކަށް އާއްމުންނާއި ސްކޫލުތަކުގެ ދަރިވަރުން އޭނާ އާއި ބައްދަލު ކުރުމަށް އެ ސަރަހައްދަށް ވަނީ އެއްވެފައެވެ.
މެކްރޯންގެ ކަންކަށިމަތީގައި ޖަހާ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެނިގެން ދަނީ މެކްރޯން އާއި ސަލާމް ކުރަން ހުރި މީހާ އެތް އަތުން އޭނާ އާއި ސަލާމް ކުރުމަށްފަހު އަނެއް އަތުން ކަންކަށިމަތީގައި ޖަހާ މަންޒަރެވެ.
Emmanuel #Macron giflé à #Tain par un jeune homme qui semble crier "Montjoie Saint-Denis à bas la Macronie". Un slogan royaliste donc. pic.twitter.com/fkt46m2RI1
— Maxime Macé (@MaskymMace) June 8, 2021
އެއާއި އެކީ މެކްރޯންގެ ހަށިފާރުވެރިން ވަނީ މެކްރޯން އެސަރަހައްދުން ދުރުކޮށް މިއަމަލު ހިންގި މީހާ އާއި އަދި އޭނާ ކައިރީ ހުރި އިތުރު މީހަކު ހައްޔަރުކޮށްފައެވެ.
މި ހާދިސާއާއި ގުޅިގެން އެގައުމުގެ ފުލުހުން ބުނެފައިވަނީ މިހާތަނަަށް ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި ތެރޭގައި ވީޑިއޯއިން ފެންނަ އައިނެއް އަޅައިގެން ފެހި ކުލައިގެ ހެދުން ލައިގެން ހުރި މީހާ ހިމެނޭ ކަމަށެވެ.
ފުލުހުން މިހާދިސާ ތަހުގީގު ކުރަމުން އަންނައިރު، މެކްރޯންގެ ކަންކަށިމަތީގައި ޖެހި މީހާ އެކަން ކޮށްފައި ވަނީ މުސްލިމުންނާއިމެދު މެކްރޯން ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މުސްލިމުންކަމެއް ނުވަތަ ނޫންކަމެއް އަދި ފުލުހުން ނުބުނެއެވެ.
މި ހާދިސާއާއި ގުޅިގެން އިތުރު މައުލޫމާތެއް އެގައުމުގެ ފުލުހުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.
މެކްރޯން އަކީ އެގައުމުގެ ތިބި މުސްލިމުންނާއި ދެކޮޅަށް މީގެ ކުރިން ވާހަކަ ދައްކާފައިވާ މީހެކެވެ. އިސްލާމް ދީނަކީ ނިރުބަރިކަމުގެ އަސްލު ކަމަށް މެކްރޯން ބުނި މައްސަލައެއް ދާދިފަހުން ވަރަށް ބޮޑަށް ހޫނުވެފައި ވެއެވެ. އެމައްސަލަ ހޫނުވުމުން މެކްރޯން ފަހުން ވަނީ މާފަށް އެދިފައެވެ.
ގަދަ 👏👏👏👏
މިފަދަ ކަންކަން ހިނގަނީ ސިޔާސީ މީހުންގެ ނޭއްގާނީކަމާ ދޮގުހެދުމާ ޙަރާންކޯރުވުމާ ބާރުވެރިކަމަށް އަންނަންވެގެން ކުރާ ވައުދުތައް ނުފުއްދުމާ ގައުމަށާ ރައްޔިތުންނަށް ޙަރާންކޯރުވާތީ ރައްޔިތުން ގޮތް ހުސްވެ ސިޔާސީ މީހުން ދެކެ ފޫހިވުމުން. ވެރިކަމާ ބާރުވެރިކަމުގައި ތިބޭ މިދެންނެވިކަހަލަ ފަރާތްތަކަށް އަމާޒުކޮށް މިކަހަލަ ކަންކަން ވަރަށް ގިނައިންކުރާތަަން ފެނޭ! ކުކުޅު ބިސްޖެހުމާ ފައިވާންކިބަ އެއްލައިގެން ޖެހުމާ އަތްފޯރާ ހިސާބަތް އައުމުން އަތުންޖެހުންފަދަ ކަންކަން. މިރާއްޖެވެސް މިމަގަށް ކަންކަން ވަމުން އަންނަތަން އެބަފެނޭ. ބައިވަރު ސަބަބުތައް. އިންޑިޔާގެ އަޅުވެތިކަމަށް ސަރުކާރުން ޖާގަދޭތީ. ރައްޔިތުންގެ ޖީބުތައް ހުސްވެ ކުރާނެކަމެއް ނެތީތީ. ވެރިން ދޮގުތައް ހަދާ ގައުމު ހަލާކުކުރާތީ. ނާއިންސާފުން ކަންކަންކުރާތީ. ވައްކަންކުރާތީ. އިހްމާލުވާތީ… މިކަހަލަ އެތައް ސބަބެއް. ރައްޔިތުން މިހާރު މިތިބީ ހަމަ ސިންގާތަކެއްފަދައިން އަވަހަށް ޝިކާރަކުރާނެ ވަގުތަކަށް ބަލަބަލާ އެތެރެއިން ހޫނުފެންހެން ކެކިކެކި.
ލަދީނީކޮށް ބޭނުން ކޮއްމެކަމެއް ކުރާހިތުން އުޅޭ ހުރިހާ ދިވެހިންގެ ތެރޭ އުޅޭ ވެރިންނާ މީހުން ރައްޔިތުކަން ނަގާފަ ބޭރުކޮއްލަންވީ މިގައުމުން. އަނބުރާ އަންނަން ނުކެރޭވަރު ކޮއްލާފަ ބަައިތިއްބަންވީ. މުސްލިމެކޭ ކިޔާފަ އެގޮތަށް އުޅެންބޭނުން ނޫންކަން އަމަލާ ބަހުން ދައްކާނަމަ ލާދީނީ ހަމަ.
އެއް އަތުން ސަލާން ކުރީއެއްނޫންދޯ. އެއްއަތުން އަތުގައި ހިފަހައްޓާފައި އަނެއްއަތުން ޖެހީ
ތިޔަ ކަހަލަ މީހުން މިގައުމުގައި ވެސް އެބަތިބު.. ދެއް ޖަހާނީ ކަން ކަށިމަތީ ކުނޫ އަނެއް ކާ.
ސެކކިއުރިޓީ ބްރީޗްވި މައްސަލަ ބަލަން އަވަހަށް އިންކުއަރީ ކޮމިޓީއެއް ހަދަން ފެނޭ.
ކޮބާ މާރިއާ ؟؟ ކޮބާ އި މްރާން ؟؟ ފުރާންސުގެހުރިހާ ސިފައިންނާއި ފުލުހުން އަންނިގެ މަޖިލީހަށް ހާޒިރުކޮށް ބޭނުންކޮން މެސުވާލެއް ކުރު މަށްގޮވާލަން
ފްރާންސްގެ އިންޓެލިޖެންސް އަށް މި ކަން ނޭގުނީ ކީއްވެބާ؟
ލާދީނީ އެމް ޑީ ޕީ ވ ދެރަވާނެ
ރަސޫލާ (ސ.ޢ.ވ) ވަނީ ޖަނަވާރަކަށްވި ކަމުގައި ވިޔަސް މޫނުމަތީގައި ޖެހުން ޙަރާމް ކުރައްވާފައެވެ.
ތިއިއްޔެ މައްސަލަޔަކީ، ކޮންމެ މީހަކަށްވިޔަސް ހަމަހުރެފަ ޖެހުން، އަނިޔާވެރިވުން ރަނަގަޅުކަމަށް ކޮންފޮތަކުތޯ އޮތީ؟
އަވަހަށް އޭ ޑީ ކޭ އަށް ފަރުވާކުރަންގެނޭ ، އޭގެފަހުން ޖަރުމަނަން ،
އެއީ ކަންކަށިމަތިތަ؟ އެއީ ކޯތާފަތްމަތީ މާތްކަލާކޯ މި އޮތް ކަމެއްދޯ؟