އިސްރާއީލްގެ ބޮޑުވަޒީރުގެ މަގާމު ގެއްލިފައިވާ ބެންޖަމިން ނަތަންޔާހޫއަށް ބޮޑުވަޒީރުގެ މަގާމު ގެއްލުނު ފަހުން ގާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރަށް ހާއްސަކޮށްފައިވާ ގޮނޑީގައި އޮޅިގެން އިށީންދެވިއްޖެއެވެ.

ރޭ އޮތް ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި މަގާމު ގެއްލުމުން ނަތަންޔާހޫ ތެދުވެގެން ގޮސް އަލަށް އިންތިހާބުވި ބޮޑުވަޒީރު ނަފްޓާލީ ބެނެޓް އާއި ސަލާމް ކުރިއެވެ. ނަމަވެސް އެއަށްފަހު ވެސް އެނބުރި އައިސް ނަތަންޔާހޫ އިށީންނީ ގާނޫނު ހަދާ މަޖިލީހުގައި ބޮޑުވަޒީރަށް ހާއްސަ ކޮށްފައިވާ ގޮނޑީގައެވެ.

ނަތަންޔާހޫ އިށީންނަން ޖެހޭނީ ބޮޑުވަޒީރުގެ ގޮނޑީގައި ނޫންކަމާއި، އޭނާ އިށީންނަން ޖެހޭނީ އިދިކޮޅު ލީޑަރުގެ ގޮނޑީގައިކަން މެންބަރަކު އައިސް ހަނދާން ކޮށްދިނުމުން ނަތަންޔާހޫ ތެދުވެގެން ގޮސް އިދިކޮޅު ލީޑަރުގެ ގޮނޑީގައި އިށީންނަ މަންޒަރު ވެސް ފެނުނެވެ.

ބެނެޓްގެ ސަރުކާރަށް ގާނޫނު ހަދާ މަޖިލީހުން ރުހުން ދިނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ބެނެޓްގެ ސަރުކާރަށް ރުހުން އޮތް ކަމަށް ވޯޓް ދިނީ 60 މެންބަރުންނެވެ. އޭނާގެ ސަރުކާރަށް ރުހުން ނެތް ކަމަށް 59 މެންބަރުން ވޯޓް ދިނެވެ.

އިސްރާއީލްގެ ސިޔާސީ މަސްރަހަށް ބަލާއިރު އަދިވެސް އެންމެ ބޮޑު ތާއީދެއް އޮތް އެއްލީޑަރަކީ ނަތަންޔާހޫއެވެ. އެހެންކަމުން މެދުކެނޑުމަކަށް ފަހު އަނެއްކާވެސް ނަތަންޔާހޫ އެނބުރި ވެރިކަމަށް އަތުވެދާނެ ކަމަށް އިސްރާއީލްގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ނަތަންޔާހޫ އަށް އިއްޔެ ބޮޑުވަޒީރުގެ މަގާމު ގެއްލުނީ ބޮޑުވަޒީރުކަން ކުރަމުން އަންނަތާ 12 އަހަރު ފަހުންނެވެ. އިސްރާއީލްގެ ބޮޑުވަޒީރުކަން މިހައިތަނަށް އެންމެ ގިނަ ދުވަހު ކުރި މީހަކީ ނަތަންޔާހޫ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތުއްތުނާ

    ތިފަދަމީހެއްމިރާއްޖޭގާވެސްއެ ބަހުރި.. ރައީސުލްޖުމްހޫރިއްޔާގެގޮނޑިގާ އިށީންނަހިތުންކެތްމަދުވެފާ .. އެހެންނޫނީވިއްޔާ ހިތުން ބޮޑުވަޒީކަށްވާންވެގެން ދެފައިކޮޅުންދިލަނަގާފަ

    12
    2
    • ރާގޮޑިރާޖަ

      ބޮޑު ވަގުންވެސް ތެޅިބާލަނީ ހަމައެގޮނޑި ހޯދަން.

      1
      3
  2. އަލި

    ހަހަހަހަހަ...މަ ހީީހީހީ.. ޖަނަވާރު

  3. ކަނީސަތު

    ނަތަންޔާހޫ މަރުވާނީ ބޮޑުވަޒީރު ކަމުގައި ހުރެ ކަމަށް ރިވާވެގެންވޭ.

    4
    2
  4. އިބްރާހީމް

    ރައީސް ޔާމީން ބެހެއްޓިހެން 10 ވަރަކަށް އަހަރު ޖަލުގައި ބަހައްޓާ އޭރަކުން ދެން ނާދެވޭނެ.

    6
    6
  5. އަލީ

    ކޮންމެ މީހަކު ބޮޑުވަޒީރުކަމަށް އަޔަސް ވާނީ ހަމަ އެކައްޗަކަށް