ޕޭސްމޭކާ ލައްވަން އުޅުނަސް، ޙާލުކޮޅު ރަނގަޅު ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ނަތަަންޔާހޫ ވިދާޅުވީ ޕޭސްމޭކާ ލެއްވުމަަށްފަހު ވަރަށް އަވަހަށް ޖުޑީޝަރީގެ މުހިންމު ނިންމުމެއް ނިންމަން ތައްޔާރަށް ހުންނެވި ކަމަށެވެ. ހޮނިހިރު ދުވަހުގައި އޭނާއަށް ދިމާވި ކުއްލި ސިއްހީ މައްސަލައަކާއި ގުޅިގެން އިމަޖެންސީކޮށް ޕޭސްމޭކާއެއް ލައްވަން ޑޮކްޓަރުން ލަފާ އަރުވާފައިވާ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

ނަތަންޔާހޫ ވިދާޅުވީ އާދީއްތަ ދުވަހު މަޖިލީހުގައި ފެށުމަށް ހަމަޖެހިފައިވާ އަދި މުޅި ހޯމަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯޓަށް ވަގުތުން ހޮސްޕިޓަލުން ދޫކޮށްލާނެ ކަމުގެ ޔަގީންކަން އޭނާގެ ޑޮކްޓަރުން ދީފައިވާ ކަމަށެވެ. އެ ވޯޓަކީ ނަތަންޔާހޫ މަގާމުން އަޒަލުކުރުމާއި ގުޅޭގޮތުން ގޮތް ނިންމުމަށް ނަގާ ވޯޓެކެވެ.

އިސްރާއީލްގައި އެކްޓިން ނުވަތަ ބޮޑުވަޒީރުގެ ނައިބެއް އައްޔަންކޮށްފައި ނެތެވެ. ނަތަންޔާހޫ އަށް ބޮޑުވަޒީރުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތުގައި އެ މަގާމު ވަގުތީ ގޮތުން އަދާކުރެވޭނެ މީހަކު ކަނޑައެޅުމަށް ކެބިނެޓުން ގޮތެއް ނިންމަން ޖެހެއެވެ. އެކަމަކު، އެކަމާ ގުޅޭ ގޮތުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

އިސްރާއީލްގެ މިހާރުގެ ބޮޑުވަޒީރަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތެއް އަދި ކުރިމަތިވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 73 އަހަރުގެ ނަތަންޔާހޫ އިސްރާއީލްގެ ބޮޑުވަޒީރުގެ މަގާމު އަދާކުރާތާ މިހާރު ގާތްގަނޑަކަށް 30 އަހަރާ ގާތަށް ވަނީ ގޮސްފައެވެ.

ޖޫން 2021 ގައި އިސްރާއީލްގެ ވެރިއަކަށް ނަފްތާލީ ބެނެޓް އައްޔަންކޮށްފައިވެއެވެ. އެކަމަކު، 18 މަސް ފަހުން ގާނޫނު ހަދާ މަޖިލިހުން އަނެއްކާ ވެސް ނިންމާފައި ވަނީ ނަތަންޔާހޫ އަށް ބޮޑުވަޒީރު ކަން ދިނުމަށެވެ.