އިސްރާއީލްގެ ޝަރުއީ ދާއިރާއަށް ބޮޑުވަޒީރު ނަޔަންޔާހޫ ގެންނަން ބޭނުންވި ބަދަލުތައް ގެނައުން ޕްރެޝަރާއި ހެދި މަޑުޖައްސާލި ނަމަވެސް އަދިވެސް އެމައްސަލައަށް ހައްލެއް ނުލިބެއެވެ. މިހާރު އަނެއްކާވެސް އިސްރާއީލްގައި ވަނީ ނަތަންޔާހޫގެ ޝަރުއީ ދާއިރާ ރިފޯމް އެޖެންޑާ އާއި ދެކޮޅަށް މުޒާހަރާ ފަށާފައެވެ.

އިސްރާއީލްގެ އެންމެ ބޮޑު މަސައްކަތްތެރިންގެ ޔޫނިއަނުން މުޒާހަރާ އަށް ނިކުތުމުން ޕްރެޝަރު ބޮޑުވެ، ނަތަންޔާހޫ ޝަރުއީ ދާއިރާގެ ޕްލޭން މަޑުޖައްސާލިކަން އިއުލާން ކުރީ މާޗް 27 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ވެސް މެދުނުކެނޑި ގިނަ ބަޔަކު އަންނަނީ ނަތަންޔާހޫގެ ޕްލޭނާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. މިއީ މުޒާހަރާތައް މެދުނުކެނޑި ކުރިއަށްދާތާ 20 ވަނަ ހަފްތާއެވެ.

މިހަފްތާ ބަންދުގައި ވެސް އެތައް ހާސް ބަޔަކު ވަނީ ވެރިރަށް ތެލްއަވީވްގެ މަގުތަކަށް ނިކުމެ ނަތަންޔާހޫ އިސްރާއީލްގެ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ.

ޝަރުއީ ދާއިރާ އަށް ނަތަންޔާހޫ ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތް އަދިވެސް ހުއްޓައެއް ނުލައެވެ. ނަތަންޔާހޫގެ ޕާޓީން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ނަތަންޔާހޫގެ ޕްލޭން ކާމިޔާބު ކުރުމަށް ސިޔާސީ ފަރާތްތަކާއި މަޝްވަރާ ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަޝްވަރާތަކަށް ފަހު ނަތަންޔާހޫގެ ޕްލޭނަށް ކޮންމެވެސް ވަރެއްގެ ކުދިކުދި ބަދަލުތައް ގެނައުމަށް ފަހު އަނެއްކާވެސް ގާނޫނު ހަދާ މަޖިލީހަށް ބިލް ހުށަހަޅާނެއެވެ.

ނަތަންޔާހޫ މަސައްކަތް ކުރަމުން ގެންދަނީ އިސްރާއީލްގެ ސުޕްރީމް ކޯޓާއި އަދި އެހެނިހެން ކޯޓުތަކަށް ފަނޑިޔާރު އައްޔަން ކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ ބާރު ވެސް ގާނޫނު ހަދާ މަޖިލީހަށް ދިނުމަށެވެ. ނަމަވެސް އެނިންމުމާއި އިސްރާއީލްގެ ގިނަ ބަޔަކު ދެކޮޅެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފެންސިރު

    ﷲއަކުބަރު. ޢިސްރާއީލްއަށް ނާކާމިޔާބީ އާއި ބަލިކަށިކަން ދެއްވާ ޔަހޫދީން ނިކަމެތި ކުރައްވާށި. އެއުރެންގެ ތެރެއިން ﷲ އިރަަަާދަކުރެއްވި ބަޔަކަށް ހިދާޔަތް ދެއްވާށި. ްްަްްްަްްްަްްްަްްްަްްްަްްްަްްްަްްްަްްް

    19
  2. ނޫސްކިޔާ މީހާ

    ދުވަހަކުވެސް ހަމަޖެހުމެއްނުލިބި މުޅިގައުމު ފުޑުފުޑުވެދިއުން އެދެނީ ރަގަނޅީ ތާއަބަދުމެ ހަމަނުޖެހުމުގައި މުޅި ގަޢުމު ބާބަބެ ކުދިކުދިވެގިއުން

    26