ޖިންސީ އަނިޔާ

ރޭޕްކޮށްލުމަށްފަހު ކުޑަދޮރުން ބޭރަށް އެއްލާލި 17 އަހަރުގެ އަންހެން ކުއްޖަކު ސަލާމަތްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ އެއްލާލާފައި ވަނީ ތިން ބުރީގެ އިމާރާތެއްގެ ދެވަނަ ބުރީގައި ހުންނަ ކޮޓަރިއެއްގެ ކުޑަދޮރުންނެވެ. އެ ކުއްޖާ ކުޑަދޮރުން ބޭރަށް އެއްލާލާފައި ވަނީ އެ ކުއްޖާގެ ބޮޑުދައިތަ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އަވައްޓެރިންތަކެއް ބުނެގެން އެ އެޕާޓްމެންޓްގެ ދޮރުގައި ތެޅުމުން އެ ފިރިހެން މީހާގެ ސަލާމަތަށްޓަކައެވެ.

އޭނާ އެ ކުއްޖާ އެއްލާލީ މަރާލުމުގެ ނިޔަތުގައެވެ. އެހެން ނަމަވެސް އެ ކުއްޖާ ވަނީ ސަލާމަތްވެފައެވެ. އެ ހާދިސާއާ ގުޅިގެން އަތް ބިންދައިގެން ގޮސްފައިވާއިރު، އޭނާއަށް ކޫޕާ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ

އެ ކުއްޖާ ކުޑަދޮރުން އެއްލާލުމަށްފަހު އޭނާ ވަނީ ފިލާފައެވެ.

އެ އަންހެން ކުއްޖާ ފުލުހަށް ބުނީ، އޭނާއަކީ އެ އިމާރާތުގެ ތިން ވަނަ ބުރީގައި އުޅޭ މީހެއްކަމަށާއި، ބޮޑުދައިތަ ބުނެގެން ފިހާރައަކަށް ދާން ވެގެން ހަވީރު 5:00 ޖެހިއިރު، ނުކުތުމުން، އެ މީހާ އޭނާ ހިފަހައްޓައިގެން ގެންގޮސް ކޮޓަރިއަށްވައްދާ ރޭޕް ކުރީ ކަމަށެވެ. އަދި އޭނާ ކުޑަދޮރުން އެއްލާލީ ބޮޑުދައިތަ އޭނާ ބަލާ އައުމުންކަމަށްވެސް އޭނާ ބުންޏެވެ.

ފުލުހުން ވަނީ އެ މީހާ ފިލައިގެން އެހެން ސަރަހައްދަކަށް ދިޔުމުގެ ކުރިން ހައްޔަރުކޮށްފައެވެ.

މިހާދިސާ ހިނގީ އިންޑިއާގެ މުމްބާއީގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޚކަންތައް ވެސް ހަމަ ފަލައީ މި އިންޑިއާގަ... މި ނޫން ކަމެއް ކުރަން ނޭންގެނީ ބާވޭ ހިތައްއަރާ

  2. ޠެދެން

  3. ގެރި މޯދީ

    ރޭޕިސްތާން

  4. އިންޑިއާގައި ރޭޕް ކުރުން ނޫން ކަމެއް އެބަ ކުރޭބާ؟ އިންޑިއާ އޭ ބުންޏަސް މިހާރު ވަރަށް ފޫހިވޭ.....!؟!

  5. ތިނޫން ކަމެއް ކުރަން ނޭގެނީ ތަ!!

  6. ފޔެެިެެެެެެެެިިެތތތތިޔ7ިިިި