ދުނިޔޭގެ އެންމެ އުސް ހޮޓާ ޗައިނާގައި ހުޅުވައިފިއެވެ.
"ޝެންހާއީ ޓަވަރު" ގެ ނަމުން ނަންދީ ހުޅުވައިފައިވާ މި ޓަވަރުގެ އުސްމިނުގައި 632 މީޓަރު (2073.49 ފޫޓް) ހުންނައިރު، އެތަނުގައި 128 ފަންގިފިލާ ހުރެއެވެ. އަދި އެ ހޮޓާގައި 165 ކޮޓަރި ހުރެއެވެ.
މި ޓަވަރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރިޖް ޚަލީފާ ފިޔަވައި ދެވަނައަށް އެންމެ އުސް އިމާރާތެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި މި ޓަވަރުގެ ލިފްޓުން ފަތުރުވެރިން ބޭނުންވާ ކޮޓަރިތަކަށް ލަސްތަކެއް ނުވެ ދެވޭނެއެވެ. އެއީ ސިކުންތެއްގެ ތެރޭގައި 18 މީޓަރު އުހަށް ދަތުރު ކުރެވޭ ލިފްޓެކެވެ. އެހެން ކަމުން އިމާރާތުގެ އެންމެ މައްޗަށް 35 ސިކުންތުގެ ތެރޭގައި ދެވޭނެއެވެ.
މި ހޮޓާ ފަރުމާ ކޮށްފައި ހުންނަނީ ފަތުރުވެރިން ގަޔާވާ ކަހަލަ ގޮތަކަށް ކަމުން ގިނަ އަދަދެއްގެ ފަތުރުވެރިން މިހާރު ވެސް ދަނީ އެތަނަށް ދިއުމަށް ބުކިން ހަދަމުންނެވެ. މިތަނުގެ އެންމެ އަގު ބޮޑު ކޮޓަރިތަކުގެ އަގަކީ ރެއަކަށް 67،000 ޔުއާން (10،377 ޑޮލަރު) އެވެ. އަދި އަގު ހެޔޮ ކޮޓަރިތަކުގެ އަގަކީ ރެއަކަށް 3،088 ޔުއާން (478 ޑޮލަރު) އެވެ.
މި ހޮޓާ ހުޅުވާފައިވާއިރު، އެތަނުގެ އިސްވެރިންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެތަނުގައި ފަތުރުވެރިން ހިތް ހަމަ ޖެހިގެން އެއްވެސް ޝަކުވާއެއް ނުކޮށް، ތިބެވޭނެ ހަތް ރެސްޓޯރެންޓާއި، ބާ، ސްޕާ އަދި 84 ވަނަ ފަންގިފިލާުގައި ހުންނަ ސުވިމިން ޕޫލް ހުންނާނެ ކަމަށެވެ.
މި ހޮޓަލުގެ އެންމެ ހިތްގައިމު ތަނަކީ 120 ވަނަ ފަންގިފިލާގައި ހުންނަ އެންމެ ބޮޑު ރެސްޓޯރެންޓެވެ. އެ ރެސްޓޯރެންޓުގައި ތިބޭއިރު، ޗައިނާ ސިޓީގެ ރީތިކަން ފެނިގެންދާނެއެވެ. އެހެން ކަމުން ކޮވިޑް-19 ކޮންޓްރޯލް ކުރެވުމުން ގިނަ އަދަދަކަށް ފަތުރުވެރިން އެތަނަށް ޒިޔާރަތް ކުރާނެ ކަމަށް ތަނުގެ ވެރިން އުއްމީދު ކުރެއެވެ.
މޯ ދީމެންނަށް ކަމެއްނުކުރެވުނެންނު ؟
އިސާހިތަކު މާސްގަވެސް
ހޮޓަލެއްހަ ދާފާނެ. މިހާރުއެތައްޔާރުވަނީ މާސްގަ ފެކްޓަރީހަ ދަން.. އިންޑިއާޖެހޭނީ ގެރިހިމާޔަތްކުރަން
ބުރުޖު ހަލީފާ އެއީ ހޮޓަލެއް ނޫ ންތަ؟؟؟؟ އޮޅިއްޖެ !!!