ބަންގްލަދޭޝްގެ ފެކްޓަރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެ ފެކްޓަރީގެ ވެރިޔާ ހައްޔަރު ކޮށްފިއެވެ.
ބަންގްލަދޭޝްގެ ރުޕްގަންޖް އަވަށުގައި ހުންނަ ކާބޯތަކެތި ތައްޔާރުކުރާ ފެކްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގައި މަސައްކަތް ކުރަމުން އަންނަ 52 މަސައްކަތްތެރިޔަކު ވަނީ މަރުވެފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބަންގްލަދޭޝް ފުލުހުން އެ ފެކްޓަރީގެ ވެރިޔާ ހައްޔަރު ކޮށްފައިވަނީ 52 މީހުން ގަސްދުގައި މަރާލި ކަމުގެ ތުހުމަތު ކޮށްފައެެވެ. އަދި އެ ފެކްޓަރީގައި އުމުރުން 11 އަހަރުގެ ކުދިން ވެސް މަސައްކަތް ކުރަމުން ދިޔަަކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ފެކްޓަރީގެ ވެރިޔާގެ ހަތަރު ފިިރިހެން ދަރިން ހިމެނެއެވެ.
ކުޑަކުދިން މަސައްކަތުގެ މާހައުލަށް ނެރުމަކީ ގަވާއިދުތަކުގައި މަނާ ކަމަކަށް ވާއިރު އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބެެލުމަށް ވަކި އިންކުއަރީއެއް ވަނީ ލޯންޗް ކޮށްފައެވެ.
އެމަޖެންސީ ސާވިސަސްއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުން 49 މީހެއްގެ ހަށިގަނޑު ފެކްޓަރީ ތެރެއިން ފެނިފައިވެއެވެ. އަދި އިމާރާތުން ފުންމާލުމުގެ ސަބަބުން ތިން މީހަކު މަރުވެފައިވެއެވެ.
ފަޔާ ސާވިސްގެ ތަރުޖަމާނު ވިދާޅުވީ އިމާރާތުގެ ތެރޭގައި ހުޅު ހިފާ ޒާތުގެ ކެމިކަލް އާއި ޕްލާސްޓިކް ބަހައްޓާފައި ހުރި ކަމަށެވެ. އަދި އިމާރާތުގެ ސިޑިއާ ދިމާލަށް ބޭރަށް ނުކުމެވެން ހުންނަ ދޮރު ހުރީ ތަޅުއަޅުވައި ބަންދު ކޮށްފައިކަމަށް ބުނެފައިވެއެވެ. މިކަމާ ގުޅުވައިގެން ފުލުުހުން ތުހުމަތުކުރަނީ މި އަލިފާނުގެ ހާދިސާއަކީ ގަސްދުގައި ބަޔަކު މަރާލަން ވެގެން ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މި ހާދިސާގައި ހައްޔަރު ކޮށްފައިވާ މީހުންގެ މައްޗަށް އުފުލާ ދައުވާ އަކީ ވެސް ގަސްދުގައި މީހުން މެރި ކަމުގެ ދައުވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ތިކަހަލަ ކިތަންމެ އަލިފާނުގެ ހާދިސާތައް މިރާއްޖޭގައި ހިގާފައިވޭ ދުވަހަކުވެސް އެބަޔަކާމެދު ތިގޮތަށް ހައްޔަރުކޮށް ގަސްދުގައި މީހުން މެރުމުގެ ދައުވާކޮށްފައިނުވޭ ތިކަމަކި މިރާއްޖޭގައި ހިގިކަމެއްނަމަ ތިޔައި އެއްވެސް ކަމެއްނޫން ބުނާނީ ކޮންމެވެސް ސޯޓެއްވެގެން ދިޔަކަމެކޭ ކިޔާފަ ދޫކޮށްލާނީ އެހެންތާވާނީ އެއްވެސް އިންސާފެއް އޮންތަނެއްނޫން މީހުންމަރާފައި ތިބޭ ގާތިލުންނާއި ބޮޑެތި ކުށްތަކުގެ މުޖިރިމުންނަކީ މިތާގައި އެއްވެސް ކުށެއްނެތް ބައެއްގޮތުގައި ބަލައި ދޫކޮށްލާއިރު އޮންނަނީ ރިސްވަތުހިފައިގެން ކަންކުރާތަން
ފެކްޓަރީގައި ކުޑަކުދީން ލައްވާ މަސައްކަތް ކުރުވި މައްސަލަ ބަލަން އިންކުއަރީ ހެދިއިރު ބަންގާޅު ސަރުކާރުން ކަރަޕްޝަން އިންތިހާ ބޮޑުވެ ރައްޔިތުން ބިކާރީ ވެގެން ގޮސް ދިރިއުޅެވޭނެ ގޮތް ނެތި ކުރާނެ ނުކުރާނެ ކަމެއް ނޭނގި އުޅޭ ދަރަޖައަށް ގައުމު ގޮސްފައިއޮތް މައްސަލަ ނުބަލާ އަރާމާ ލައްޒަތުގާ ވެރިކަމުގާ ބަގުޑި ބައްދައިގެން ތިބުން މާ ލަދުވެތި ނޫންތަ؟