ކޮވިޑް-19 ގެ އިތުރު ވޭރިއެންޓެއް މިއަހަރުގެ ފަހުކޮޅު އައިސްދާނެ ކަމުގެ އިންޒާރު ފްރާންސްގެ ތަޖުރިބާކާރަކު ދީފިއެވެ.

ފްރާންސްގެ ތަޖުރިބާކާރަކު މި އިންޒާރު ދީފައިވާއިރު، އެގައުމުގައި މިހާރު ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިވާއިރު، އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއެންޓުގެ ސަބަބުން އެގައުމުގެ ހާލަތު ފަހަކަށް އައިސް އިތުރަށް ގޯސްވަމުންދާކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

"މި އަހަރުގެ ފިނި މޫސުމުގައި ކޮވިޑްގެ އިތުރު ވޭރިއެންޓެއް އައިސްދާނެ" ފްރާންސް ސަރުކާރުގެ އިސްވެރިއެއް ކަމަށްވާ ޖީން-ފްރެންކޮއިސް ޑެލްފްރައިޒީ ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ،މި ވޭރިއެންޓު ވެގެން ދާނީ ނުރައްކާތެރި ވޭރިއެންޓެއް ކަމަށް ބުނަން ނޭނގޭ ކަމަށެވެ.

އާވޭރިއެންޓެއްގެ އިންޒާރާއި އެކީ އޭނާ ވަނީ ފްރާންސްގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އެގޮތުން ގައިދުރުކަން އިސްކޮށް މާސްކު އަޅައި ސަލާމާތް ހޯދުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިކަމުން ސަލާމާތްވެ، އާއްމު ހާލަތަށް ގެނެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ވަނަ އަހަރު ނުވަތަ 2023 ވަނަ އަހަރު ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އިތުރު ވޭރިއެންޓެއް އައިސްދާނެ ކަމުގެ އިންޒާރު ދީފައިވާއިރު، ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑް-19ގެ އެތައް ސަތޭކަ ވޭރިއެންޓް އުޅުމަކީ އެކަށީގެންވާ ކަމެވެ. އެހެން ނަމަވެސް މިހާތަނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، އެނގިފައިވަނީ ކޮވިޑްގެ މަދު ވޭރިއެންޓްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒީރޯ ޓޮލަރަންސް

    އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ފްރާންސްގެ ހާލަތު ގޯސްވާއިރު، މިގައުމުގެ ހާލަތަކީ ކޮބާ؟ އިންޑިއާ މީހުން ކަރަންޓީން ވުމަށް މިތަނަށް އެބައާދެ. 650 ޑޮލަރަށް 15 ދުވަހަށް މީހަކަށް މިމީހުން ޕްރައިޒް ޓެގް މިއަޅުވަނީ. ތިން އިރު ކެއުމާއި، ހުރުން، ޕީސީއާރު ޓެސްޓް، ޓްރާންސްފަރ އަދި ޓެކްސް ހަމަޖައްސަންޖެހޭ ކަމަށް މިވަނީ. މި 650 ޑޮލަރަށް ބަލިފެތުރުމުގެ ފުރުސަތު ބޮޑުކުރަން ހެޔޮވެދާނެބާ؟ އިންޑީއާމީހުން އެތެރެވުން ވަގުތީގޮތުން މަނާކުރަން އެބަޖެހޭ. އެމީހުނަށް އެހެން ގައުމަކަށް ނުދެވިގެން މިއުޅެނީ ކީއްވެތަ؟ މިދިވެހިން މިކަމާ ނުވިސްނާބާ؟

    8
    1
  2. އަދް

    އީދު ވޭރިއެންޓް ތަ ނުވަތަ އަންނި ވޭރިއެންޓްތަ