ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިނާއި ދެކޮޅު ހަދައި ވެކްސިން ޖަހަން ދެކޮޅު ހެދި އެމެރިކާގެ ވޭލްސްއަށް ނިސްބަތްވާ މީހަކު ކޮވިޑް-19އަށް ފައްސިވެ އުންމީދު ހުސްވެއްޖެއެވެ.

ދެ ކުދިންގެ ބައްޕައެއްކަމަށްވަ އާތާ ބްރައިލޯސްކީ ނަމަކަށް ކިޔާ މި މީހާއަށް ކޮވިޑް ޖެހި ފަރުވާދެމުންދަނީ ރެސްހަމް މީލާ ހޮސްޕިޓަލުގައެވެ. ފުރަތަމަ ނޭވާލާން އުނދަގޫވެ ހޮސްޕިޓަލަށް ގެންދިއުމުން ކްރިޓިކަލް ކެއާ އިން ފަރުވާދޭ ހެދި ސުންކު ވަނީ ފައްސިވެފައެވެ.

42 އަހަރުގެ ބްރައިލޯސްކީ އަކީ ބަރާބަރަށް ކަސްރަތުކޮށް ދުޅަހެޔޮކޮށް ހުންނަން މަސައްކަތް ކުރާ މީހެއްކަން ފާހަގަ ކުރެވެއެވެ.

ބްރައިލޯސްކީ ވެކްސިން ނުޖަހައި ހުއްޓާ ކޮވިޑަށް ފައްސިވުމުން ވަރަށް ބިރުގަތްކަމަށް އޭނާ ބުންޏެވެ.

ބްރައިލޯސްކީ ބުނީ ނޭވާލާން އުނދަގޫވެ ސިއްހީހާލަތު ދުވަހުން ދުވަހަށް ގޯސްވާން ފެށުމުން އޭނާ ބެލި ޑޮކްޓަރު ބޭނުންވީ ވެންޓިލޭޓަލަށް ލުމަށް ކަމަށެވެ. އަދި އާއިލާއާއި ބައްދަލުވާނެކަމުގެ އެއްވެސް އުންމީދެއް ނެތުމުން ކަންބޮޑުވެ ވަރަށް ހިތާމަކުރިކަމަށް އޭނާ ބުންޏެވެ.

40 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ފުރުސަތު ދިނުމުން ބްރައިލޯސްކީ ވަނީ ވެކްސިން ޖެހުމާއި ދެކޮޅުހަދާފައި އެވެ. އޭނާ ބުނަމުން ގެންދިޔައީ ވެކްސިން ޖަހަން އަދި މާ އަވަސް ކަމަށާއި އެ ރައްކާތެރި ނުވެދާނެ ކަމަށެވެ.

މީސްމީޑިޔާގައި އެކި މީހުން ދައްކާ ވާހަކަތަކުގެ ސަބަބުންވެސް ވެކްސިން ޖެހުމާއި ދެކޮޅުވާން ހިޔާލު އުފެދުނު ކަމަށް އޭނާ ބުންޏެވެ. އަދި ރަނގަޅު ސިއްހަތެއްގައި ހުރުމުން ކޮވިޑް ނުޖެހޭނެ ކަމަށް އޭނާ ބުނަމުން ގެންދިޔަ އެވެ.

ބްރައިލޯސްކީ ބުނީ އޭނާ އަށް ދިމާވި މި ހާދިސާގެ ސަބަބުން ކޮވިޑުގެ ނުރައްކާތެރިކަން ގަބޫލުކުރެވިގެން ދިޔަ ކަމަށެވެ. އަދި ކޮންމެ އުމުރެއްގެ މީހަކަށްވެސް ކޮވިޑް ޖެހިދާނެ ކަމަށް އޭނާ އަށް މިހާރު ޔަގީންވެފައިވާކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު