އަފްޣާނިސްތާންގެ ސަރުކާރުން އަމާން ދިނުމަށް ނިންމައި ގައުމު ހަނގުރާމަވެރި ޖަމާއަތް ތާލިބާނުންނާ ހަވާލު ކުރުމަށް ނިންމައިފިއެވެ.

އަފްޣާނިސްތާންގެ އެކްޓިން އިންޓީރިއަ މިނިސްޓަރު އަބްދުލް ސައްތާރު މިރްޒަކްވަލް ވިދާޅުވީ ތާލިބާނުންނާ ވެރިކަމުގެ ބާރުތައް ހަވާލު ކުރާނީ "ސުލްހަވެރި" ކަމާއެކުގައި ކަމަށެވެ.

އަދި ކާބުލްގައި ހަމަލާތައް ބަދަލު ނުކުރާނެ ކަމަށާއި ކާބުލްގެ ސަލާމަތާއި ރައްކާތެރިކަން ބޭއްވުމަކީ ސަލާމަތީ ބާރުތަކުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިރްޒަކްވަލް މިހެން ވިދާޅުވެފައިވަނީ ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވާނީ ސުލްހަވެރިކަމާއި އެކުގައި ކަމަށާއި، ގަދަބާރުން ކާބުލް އެ ޖަމާއަތުގެ ބާރުގެ ދަށަަށް ގެންނަން މަސައްކަތް ނުކުރާނެކަމަށް ބުނެފައިވަނިކޮށެވެ. ތާލިބާނުގެ ޖަމާއަތްތަކުން މިއަދު ވަނީ ކާބުލްގެ ބޭރުގައި ތިބެ އިންތިޒާރު ކުރަމުން އެދަނީ ސުލްހަވެރިކަމާއި އެކީ ސިޓީ ހަވާލުކުރަންދެން ކަމަށް ބުނެފައެވެ.

އަފްޣާނިސްތާނުގެ ގިނަ ސަރަހައްދުތަކެއް ތާލިބާނުންގެ ބާރުގެ ދަށަށްގޮސް، ކާބުލް ހިފާފާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީ އިން ދަނީ އެތަނުގައި ހުރި އެކި ލިޔެކިޔުންތަކާއި އިލެކްޓްރޯނިކް ވަސީލަތްތައް ހަލާކު ކުރަމުންނެވެ.

ތާލިބާނުންގެ ހަމަލާތައް އިތުރުވުމުން އެމްބަސީގައި ތިބި މުވައްޒަފުން އެނބުރި ގައުމަށް ދިއުމަށް އެެމެރިކާއިން ވަނީ އަންގާފައެވެ. އަދި އެމެރިކާ އިން ވަނީ އެމްބަސީ ހުސް ކުރަން އެހީތެރިވުމަށާއި، އެމެެރިކާގެ މީހުން އެނބުރި ސަލާމަތުން ގައުމަށް ދިއުމުގައި އެހީތެރިވުމަށް އެ ގައުމަށް 5000 ސިފައިންގެ ފައުޖެއް ފޮނުވައިފައެވެ.

މިއަދު އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރު ކައިރިންނާއި، އެހެނިހެން ބައެއް ސަރަހައްދުތަކުގައި ބަޑީގެ ހަމަލާތަކެއް ވެސް ހިނގާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަތްގަލަން

    ވިސްނާ ފިކުރުކުރާ ބަޔަކަށް މިއީ ޢިބުރަތަކަށް ނުވޭތޯއެވެ.
    ޓެރަރިޒަމް ނައްތާލުމަށް ކަމަށް ބުނެ ދުނިޔޭގެ އެންމެ ގަދަފަދަ ބާރު ކަމުގައި ދަޢުވާކުރާ އެމެރިކާއިން 2001ވަނަ އަހަރު އަފްޣާނިސްތާނަށް އަރާ ޠާލިބާނުންގެ ވަސް ދުނިޔެއިން ފޮހެލުމަށް 20 އަހަރު ވަންދެން ހުރިނަމަ ހުރި ހަތިޔާރެއްގެ ބޭނުން ކޮށްގެން ދެއްކުނުހާ ބާރެއް ދެއްކުމަށްފަހު އެޤައުމުން ފޭބިތާ އަދި މިވީ ”ހިނދުކޮޅެކެވެ.“

    23
    4
    • ....

      އޭގެ އިބުރަތަކީ ކޮބަޔޯ....ނޭނގުނީމަ އަހާލީ

    • ޖުލައި

      އެމެރިކާ އަކީ މަކަރުވެރިން...ތާލިބާނުންނާ ބިމުން ހަނގުރާމަކޮށްގެން ފަނާވަނީ އަސްލު އެމަރިކާ ސިފައިން..ދުނިޔެއަށް ގޮތް ފޮރުވައިގެން ލަދުން އެކަންފޮރުވަނީ

    • ހުސޭނުބޭ

      ކޮން ޓެރަރިޒަމެއް! ތި އެމެރިކާއަކީ ޓެރަރިޒަމް އާލާކުރާ މީހުން. ޙައްޤަކާނުލާ އެންމެ ގިނަބައެއްގެ ލޭ އޮހޮރުވާލީ އެމެރިކާ ސިފައިން

      3
      1