އަފްޣާނިސްތާނުގައި ދިރިއުޅެމުންދާ އަންހެނުން ގެއިން ބޭރަށް ނުކުތުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި އެކަމަކު، އެމީހުން ހިޖާބު އަޅަން ޖެހޭނެ ކަމަށް އެ ގައުމު ކޮންޓްރޯލް ކުރަމުން އަންނަ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުން ބުނެފިއެވެ.

މީގެ 20 އަހަރު ކުރިން ތާލިބާނުން އެ ގައުމުގައި ވެރިކަން ކުރި އިރު އަންހެނުން ވަޒީފާ އަދާކުރުމާއި ތައުލީމް ހާސިލް ކުރުމާއި އެކަނި ބޭރަށް ދިއުން އޮތީ މަނާކޮށްފައެވެ. އެކަމަކު، މި ފަހުން ތާލިބާނުން ގެންގުޅެމުން އަންނަ އުސޫލުތައް ވަނީ ތަފާތުވެފައެވެ.

އުސޫލުތައް މިއަދު ތާލިބާނުން ހާމަކޮށްފައިވަނީ އަފްޣާނިސްތާނުގެ އަންހެނުން އެމީހުންގެ މިނިވަންކަމަށް ހުރަސްއަޅާފާނެ ކަމުގެ ބިރުވެރިކަމެއްގައި ތިއްބައެވެ.

ތާލިބާނުން ބުނީ ގަދަބާރުން ހައިޖާނު ހިންގައިގެން އަފްޣާނިސްތާނުގެ ވެރިކަން ނުހޯދާނެ ކަމަށެވެ. ތާލިބާނުން މިހެން ބުނެ ސުލްހަވެރިކަމާއި އެކު ކާބުލް ހަވާލުކުރަންދެން އިންތިޒާރުކުރާނެ ކަމަށް ބުނެފައިވަނީ އަފްޣާނިސްތާންގެ ވެރިކަމަށް ތާލިބާނުން ގަދަބާރުން ވެރިވެގަނެ އެކުލަވަލާ ސަރުކާރެއް ގަބޫލުނުކުރާނެ ކަމަށް އެމެރިކާގެ ސުލްހައިގެ މަންދޫބު، ޒަލްމާއީ ހަލީލްޒާދު ވިދާޅުވެފައިވަނިކޮށެވެ.

މަންދޫބު ހަލީލްޒާދު ވިދާޅުވީ އަސްކަރީ ބާރުވެރިކަމުގައި އަފްޣާންގައި ވެރިކަމެއް އެކުލަވާލުމުގެ ބޭނުމެއް ނެތް ކަމަށާއި ،އެހިސާބަށް ކަންތައް ގޮސްފި ނަމަ ތާލިބާނުންނާ މެދު ގޮތެއް ނިންމާނީ ވަރުގަދަ ހަތިޔާރުން ކަމަށެވެ.

އަފްޣާނިސްތާނުގެ ބޮޑެތި ގިނަ ސަރަހައްދުތަކެއް ވަނީ ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ތާލިބާނުން އަފްޣާނިސްތާނުގެ މައްޗަށް ނުފޫޒު ފޯރުވައި، ހަމަލާތައް ވަރުގަދަ ކޮށްފައިވަނީ މީގެ 20 އަހަރު ކުރިން އަފްގާނިސްތާނަށް އަރައި ތިބި އެމެރިކާ އާއި ނޭޓޯގެ ސިފައިން، މިދިޔަ މެއި މަހުން ފެށިގެން އެ ގައުމުން ފައިބަން ފެށުމާ އެކުއެވެ.

އެމެރިކާ ސިފައިން 2001 ވަނަ އަހަރު އަފްޣާނިސްތާނަށް އެރިއިރު އެ ގައުމުގައި ވެރިކަން ކުރަމުން ދިޔައީ ތާލިބާނުންނެވެ. ނަމަވެސް އެމެރިކާއިން ވަނީ ތާލިބާނުންގެ ވެރިކަން ބަދަލުކޮށް އެމެރިކާ އާއި ގުޅުން ބޮޑު ހާމިދު ކަރުޒާއީއާއި އަފްޣާނިސްތާނުގެ ވެރިކަން ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުލައި

    ގޮތެއްނިންމާނީ ވަރުގަދަ ހަނތިޔާރަކުންނޯ؟؟ކޮންފަދަ
    ބޮޑު ޖޯކެއް އަދިވެސް ދޫނުދޭތި..ތިއެމަރިކާ ވަނީ ވައިގެމަގުންނާއި ބިމުން ހަމަލަދީ ތާލިބާނުން ބަލިނުވި ފެއިލްވެފައި...ބޮޑު އަނގަޔާ

    14
    3
  2. އަހުމަދު

    ވަރަށް ރަނގަޅު ނިން މު މެއް.

    14
    4