ކޮވިޑް ފުރަބަންދާއެކު ދެކުނު އެފްރިކާގައި ކުޑަކުދިން މާބަނޑުވާ މިންވަރު އިތުރުވެއްޖެ

ކޮވިޑް-19ގެ އާލަބީ ވަބާއާ ގުޅިގެން ދެކުނު އެފްރިކާ ފުރަބަންދުކޮށް،އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ކުޑަކުދިން ބަނޑުބޮޑުވާމިންވަރު އިތުރުވެފައިވާކަމަށް ސޭވް ދަ ޗިލްޑްރެން އިން ބުނެފިއެވެ.

މި ހަރުކަށި ފިޔަވަޅުތަކާއެކު ކުރިމަތިވި ކަމެއް ކަމަށް ފާހަގަކޮށްފައި ވަނީ ޒުވާން އަންހެން ކުދިންނަށް ކޮންޓްރެސެޕްޝަންސް ނުލިބުމާއި އެބޯޓް ކުރުމުގެ ފުރުސަތު ނުލިބުމެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިގޮތަށް ދިމާވެގެން އެންމެ ގިނަ ކުދިން ވިހާފައި ގައުޓެންގައެވެ. މިއީ ދެކުނު އެފްރިކާގެ އެންމެ މީހުން ގިނަ ޕްރޮވިންސްއެވެ. އެ ޕްރޮވިންސްގައި ޅަ ކުދިން މަންމައަށްވާ ނިސްބަތް ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. އޭގެ ތެރެއިން 930 މަންމަ އިންނަކީ އުމުރުން 14 އަހަރުން ދަށުގެ ކުދިން ކަމަށް ބުނެފައި ވެއެވެ.

ދެކުނު އެފްރިކާގައި ކޮވިޑް ފެތުރެންް ފަށައި، މިިދިޔަ އަހަރުގެ އޭޕްރިލް މަހު ފުރަަބަންދު ކުރިއެވެ. އަދި ސްކޫލްތަކާއި ކްލިނިކްތައް ބަންދުކޮށް އެންމެން ގޭގައި ބަންދުކުރިއެވެ.

ސަރުކަރުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އަހަރުގެ އޭޕްރިލްއިން ފެށިގެން މާރިޗް 2021އަށް 18 އަހަރުން ދަށުގެ 23،000 ކުދިން ވަނީ ވިހާފައެވެ. މިއީ އޭގެ ކުރީ އަހަރާއި ބަލާއިރު، ވަރަށް ބޮޑަށް މަތީ އަދަދެކެވެ.

މިގޮތަށް ޅަ އުމުރުގައި މާބަނޑުވާ ކުދިން ސްކޫލްތަކަށް ދިއުން މެދުކެނޑިގެން ދެއެވެ. އަދި ކައިވެނި ކުރަން މުޖުބޫރުވެއެވެ. އަދި އެ ކުދިންގެ ދަރިން އެހާ ގިނަ ދުވަހު ދުނިޔޭގައި ނުތިބޭ ކަމަށްވެސް ބުނެފައިވާއިރު، ބައެއް ކުދިންނަށް އިހާނެތިކޮށް ހިތާކަަށްވެސް ބުނެފައި ވެއެވެ.

ދެކުނު އެފްރިކާއަށް މިހާރު ވަނީ ކޮވިޑްގެ ތިން ވަނަ ރާޅު އަރާފައެވެ. އަދި އެ ގައުމުގެ އެކި ސަރަހައްދުތައް މިހާރުވެސް ވަނީ ބަންދުކޮށްފައެވެ.

އަދި ސްކޫލްތަކުން އަދިވެސް ކްލާސްތައް ރަނގަޅަށް ކުރިއަށް ނުގެންދާއިރު، ކްލާސްތައް ކުރިއަށްގެންދާ ކަމަށް ވަނީ އޮންލައިން ކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކުޑަ ނަމަ ބަނޑު ބޮޑެއް ނުވާނެ.

    7
    2
  2. ޒަލް

    ކުޑަކުދީންނެއް މާބަނޑެއް ނުވާނެ.. މާބަނޑުވާނީ ބާލިޢުވެ ބޮޑުވެ އައިނިއްޔަ ފަރުލު ވާޖިބްވެފައިތިބޭ މީހުން.