އަފްޣާނިސްތާނުގެ ސެކަންޑްރީ ސުކޫލުތައް ހުޅުވައި ކިޔަވަދޭން ފަށާފައިވާ އިރު، އަންހެން ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ބުނެ ދަރިވަރުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

މުސްތަގްބަލާ މެދު ކަންބޮޑުވާ ކަމަށާއި، އަނދިރި ދުވަސްތަކެއް ކުރިމަތިވާން ފަށާފައިވާ ކަމުގެ އިހުސާސްވާ ކަމަށް ބުނެ އަފްޣާނިސްތާނުގެ އަންހެން ދަރިވަރުން ކަންބޮޑުވުން ފާޅު ކޮށްފައިވަނީ ސެކަންޑްރީ ސުކޫލުތަކަށް ކިޔަވަން ދެވޭނީ ހަމަ އެކަނި ފިރިހެން ދަރިވަރުންނަށް ކަމަށާއި، އެ ދަރިވަރުންނަށް ކިޔަވައިދޭން ދެވޭނީ ފިރިހެން ޓީޗަރުންނަށް ކަމަށް ތާލިބާނުން ބުނުމުންނެވެ.

ތާލިބާނުން 1990 ވަނަ އަހަރު އަފްޣާނިސްތާނުގައި ވެރިކަން ކުރި އިރު އަމަލުތައް ބެހެއްޓި އުސޫލުން އަމަލު ކޮށްފާނެ ކަމުގެ ބިރުވެރިކަން ބޮޑުވެ، އަންހެން ދަރިވަރުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވަނިކޮށް ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ޒަބިހުﷲ މުޖާހިދު ވިދާޅުވީ ވަރަށް އަވަހަށް އަންހެން ދަރިވަރުންނަށް ސުކޫލު ހުޅުވާލަން މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

އޮގަސްޓު މަހުގެ 15ވަނަ ދުވަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވުމާއެކު އެ ޖަމާއަތުން ވަނީ އަފްޣާނިސްތާނުގެ އަންހެން ކުދިންނަށް ތައުލީމް ހާސިލް ކުރުމަށާއި، ވަަޒީފާ އަދާކުރުމަށް ހުރަސް ނާޅާނެ ކަމަށް ބުނެފައެވެ. އެ ޖަމާއަތުން ބުނީ އަންހެން ދަރިވަރުންނަށް ނިވައިވާނެ ފަދަ ހެދުން ލައިގެން ޔުނިވާސިޓީތަކަށް ގޮސް ކިޔެވުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށެވެ.

ނަމަވެސް، ތާލިބާނުން ކަނޑައަޅާފައިވާ އުސޫލުތަކުގައި ބުނެފައިވަނީ ކިޔެވުމުގައި އަންހެން އަދި ފިރިހެން ދަރިވަރުން ވަކި ކުރެވިފައިވާނެ ކަމަށެވެ. ދެ ޖިންސު ވަކިކޮށްގެން ކިޔަވައިދިނުން ކުރިޔަށް ގެންދިއުމަށް ނިންމައި، ތާލިބާން ޖަމާއަތުން ބުނީ އަންހެން ދަރިވަރުންނަށް ކިޔަަވައިދޭނީ ވެސް އަންހެން މުދައްރިސުން ކަމަށާއި، ފިރިހެން ދަރިވަރުންނަށް ކިޔަވައިދޭނީ ފިރިހެން މުދައްރިސުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މަ

    އެކަމަކު އަންހެނުން ވިހަންވީމަ އަންހެން ޑޮކްޓަރުން ބޭނުންވޭ!! ބޯހަލާކު

    18
    3
  2. ތާއީދު

    އިސްލާމީ ނަޒަރަކުން ބަލާއިރު ވެސް ތިޔައީ ތިޔަކަން ކުރަންޖެހޭ ގޮތް. އެތައް ފިތުނަތަކަކާ އެތައް މައްސަލަތަކަކުން ސަލާމެތްވުމުގެ ގޮތުން.

    8
    21
    • އައްޔާ

      ޢިލްމަކީ ދެ ޖިންސް ހަމަކޮށް ފަރުޟުކުރައްވާފައިވާ ކަމެއް! އިސްލާމީ ހަމައަކީ އެއީ. މަސްހުނިކޮށް ކިޔަވާނުދިނަސް އަންހެނުންނަށްވެސް ތަޢުލީމު ދެވޭނެ! ފިރިހެނުންނަށް އަނަހެނުން ތަޢުލީމުދިނުން މަނާކޮށްފައި އޮއްވާ ނުދެކެން.

      19
      1
    • Anonymous

      ކޮންތާކު ބާ އޮތީ އަންހެންކުދިން ޢިލްމު އުނގެނުމުގެ ހައްޤުން މަހްރޫމް ކުރުވަން ޖެހޭ ވާހަކަ.

      12
      2
    • އެނަ

      މިއީ އެބުނާ ހައްދު ފަހަނާ އެޅި ފިކުރަކީ
      އިސްލާމް ދީނުގެ ނަމުގައި އޮޅުވާލައިގެން މީހުންގެ ހައްގުތަކައް އަރައި ގަތުން
      މިފަދަ ފިކުރުގެ މީހުން ގިނަ ވަމުން ދާ ކަމަކީ މިހާރު އަހަރެމެނައް ދޮގު ކުރެވޭނެ ކަމެއް ނުން. މިއީ ވަރައް ނުރައްކާތެރި ވިސްނުމެއް

  3. ޅޮސް

    ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ޒަބިހުﷲ މުޖާހިދު ވިދާޅުވީ ވަރަށް އަވަހަށް އަންހެން ދަރިވަރުންނަށް ސުކޫލު ހުޅުވާލަން މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

    މީނީނު ބުނެފަ މަޝްވަރާ ކުރަނީއޭ؟؟! އެހެންވީމަ ނުކިޔެވޭނެ އެކޭ ނެތެއްނު؟ ކީއްވެ އޮޅުވާލަނީ؟!

    11
    8
  4. އޯވަރ

    ތާލިބާނުން ނަކީ އޯވަރ ވެފައިވާ ބައެއް...ބޯހަލާކު

    16
    9
  5. ހުވަދު

    ނަމަވެސް، ތާލިބާނުން ކަނޑައަޅާފައިވާ އުސޫލުތަކުގައި ބުނެފައިވަނީ ކިޔެވުމުގައި އަންހެން އަދި ފިރިހެން ދަރިވަރުން ވަކި ކުރެވިފައިވާނެ ކަމަށެވެ. ދެ ޖިންސު ވަކިކޮށްގެން ކިޔަވައިދިނުން ކުރިޔަށް ގެންދިއުމަށް ނިންމައި، ތާލިބާން ޖަމާއަތުން ބުނީ އަންހެން ދަރިވަރުންނަށް ކިޔަަވައިދޭނީ ވެސް އަންހެން މުދައްރިސުން ކަމަށާއި، ފިރިހެން ދަރިވަރުންނަށް ކިޔަވައިދޭނީ ފިރިހެން މުދައްރިސުން ކަމަށެވެ.

    މި ހަބަރަު ރަނގަޅަށް ކީމަ އެބަ އެނގޭ އަންހެނުންނަށްވެސް ކިޔެވުމުގެ ފުރުސަތު އޮތްކަން. ދޮގު ހަބަރު ފެތުރުން ހުއްޓާލާނީ ކޮން ިރަކުންތޯ؟؟؟؟

    7
    7
    • ޛަޚަ

      މިފަދައިން ތާލިބާނުން އަބަދުވެސް ބުނޭ އެކަމް އަމަލަކުން ދުވަހަކުވެސް ނުދައްކާ
      ތަލިބާނުން ނަކީ ހައްދުފަހަނާ އަޅަފައިވާ ޖަމާއަތެއް
      އެފަދަ ޖަމާއާތް ތަކައް ތާއިދުކޮށް ވަަހަކަ ދައްކާ މީހުން ގިނަވުމަކީ ދިވެހި ގައުމައް އޮތް ބިރުވެރި ކަމެއް

  6. ހަލީމް

    ތާލިބާނުންނަކީ އަފްޣާނިސްތާނުގެ ޕީ ޕީ އެމް. ދީނޭ ކިޔައިގެން ނާޖާއިޒް ފައިދާނެގުން ކަމަކީ.

    5
    6
  7. ޅަ ވިޔަސް ބޭރުގެ ޚަބަރު ކުޑަކޮށް ދިރާސާ ކުރާ މީހަކީމު

    އޮޅުވާނުލާ. ޒަބީހުއްﷲ ވިދާޅުވެފަ އޮތީ އަންހެންކުދިން ނަށްވެސް ކިޔެވޭނެ.އިސްލާމީ ހަމައިން ކިޔަވައިދިނުމުގެ އިންތިޒާމް ހަމަޖައްސާނެ އިންޝާﷲ.
    ކޮލެޖް ޔުނިވާސިޓީ ތަކަށް ވެސް އަންހެންކުދިން ދަނީ އެއްނު އެ.
    ޔޫރަޕްގެ މީޑިއާ ތަކުން ފަތުރާ ޚަބަރުތައް ތަރުޖަމާ ކޮށްފަ ޖަހާލަންޏާ ވަނީ މިހެން.ތަންކޮޅެއް ރަނގަޅަށް ދިރާސާކޮށް ހަދާލަބަ.

    6
    5
  8. މުޙައްމަދުޝޝ

    މި ލިޔުމަކުން ނުފެނޭ އަންހެން ކުދިން ކިޔެވުމަށް ހުރަސްއަޅާފައިވާތަނެއް. އެކަމަކު އިސްލާމީ އުސޫލާ އެއްގޮތަށް ބޮޑަތި އަންހެން ކުދިންނަށް ވަކިން ކިޔަވައިދިނުމުގެ އިންތިޒާމު ހަމަނުޖެހޭތީ އެކުދިންގެ ކިޔެވުންފެށުން ފަސްކޮށްލީ. ކޮވިޑާހެދި ރާއްޖޭގެ ބައެއް ސުކޫލުތަކުގެ ކިޔެވުން ނުފެށި ހުރީމަ ބުނެވޭނެބާ އެރަށްރަށުގެ ކުދިންގެ ކިޔެވުން މަހުރޫމުކުރީއޭ.

  9. ކިޔުންތެރިޔާ

    ޝުރްހީ ލިޔުނު ނޫސްވެރިޔާއަށް ޝުކުރުރިއްޔާ.... ނޫސް ކިޔާލީމާ ނޫސްވެރިޔާ ލިޔެފައިވޭ އަންހެންކުދިނަށްވެސް ދެޖިންސްވަކިން އަންހެނާގެ ކަރާމާތާއެކު ގުނަވަންތައް ނީލަމަށް ނުލާގޮތަށް ހެދުން އަޅައިގެން ކިޔެވޭނެކަމަށް . ދެން ނޫސްވެރިޔާ ބޭނުންވަނީ އޮރިޔާމުން އެކުދިންނަށް ކިޔެވުމުގެ ފުރުޝަތު ދޭންތޯ؟

    • ކިޔުންތެރިޔާ 2

      ސުރުހީ ލިޔެފަ ފަހަތަށް ލިޔެފައި އޮތް ހައިރާންމާކުގެ މާނަ ނޭނގެންޏާ އަނގަނުތަޅާ މަޑުން އިނދޭ.

  10. ހަރުކަށި

    ހާދަ ގިނަ ތާލިބާނުން ދިވެހިން ކޮމެންޓްވެސް ކުރެއޭ. ކިޔަވައިދޭން ނުފަށާހާ ހިނދަކު ފުރުސޮތު ދީފައެކޭ ނުބުނެވޭނެ. އަދި ދީނީ އޫސޫލެއް ނޫން އެއްތަނެއްގައި ދެޖިންސުގެ ކުދިންނަށް ކިޔަވައިދިނުމެއް. އެހެންނަމަ އިސްލާމި ދައުލަތުގައި އަންގެނުންނާ ފިރިހެނުން ގެންގުޅެން ފެޒުނީހީވެސް ދެ ސޮސައިޓީގައި.

    1
    3