ފްރާންސް ރައީސް އެމަނުއެލް މެކްރޮންގެ ގަޔަށް ބިހެއް ޖަހައިފިއެވެ.
މިއަދު މެކްރޮން ފްރާންސްގެ ލިއޯންއަށް ކުރި ޒިޔާރަތެއްގައި އާއްމުންނާއި ސަލާމް ކުރަމުން ގެންދަނިކޮށް ޒުވާނަކު ވަނީ އޭނާގެ ގައިގަ ބިހަކުން ޖަހާފައެވެ. ބިސް މެކްރޮންގެ ގައިގަ ޖެހުނު ނަމަވެސް ބިސް ތަޅައިގެން ގޮސްފައެއް ނުވެއެވެ.
"މެކްރޮން އާއި ދިމާއަށް އެއްލި ބިސް ގޮސް އޭނާގެ ކޮނޑުގައި ޖެހުމަށް ފަހު ވެއްޓި ޖެހުނީ ތިރީގައި. އެކަން ހިނގީ އަހަރެންނާއި ދާދި ގާތުގައި." ލިޔޯންގެ ނޫސްވެރިއެއް ކަމަށްވާ ފްލޮރަންސް ލަގޯ ވިދާޅުވިއެވެ.
މެކްރޮން އާއި ދިމާއަށް ބިސް އެއްލި ޒުވާނާ އެކަން ކުރީ ކީއްވެ ކަމެއް އަދި ކަށަވަރެއް ނުވެއެވެ. "އޭނާ ބިސް އެއްލަމުން ވެސް އަދި އޭގެ ފަހުން ވެސް އެއްވެސް އެއްޗެކޭ ނުބުނޭ." މަންޒަރުދުއް މީހަކު ބުންޏެވެ.
މެކްރޮންގެ ސެކިއުރިޓީ ބަލަހައްޓާ އޮފިސަރުން ވަނީ މެކްރޮން އާއި ދިމާއަށް ބިހެއް އެއްލި މީހާ އެވަގުތު އެސަރަހައްދުން ދުރަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ ހައްޔަރު ކުރިކަމެއް ނުވަތަ ނޫންކަމެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ފްރާންސްގެ ރިޔާސީ ގަނޑުވަރުން ވެސް ބުނީ މެކްރޮން އާއި ދިމާއަށް ބިހެއް އެއްލި ހާދިސާ އާއި ގުޅޭ ގޮތުން ދައްކާނެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.
މެކްރޮން ފްރާންސްގެ ރައީސް ކަމަށް އައުމަށް ކެމްޕޭން ކުރަމުން ގެންދަނިކޮށް 2017 ވަނަ އަހަރު ވެސް އޭނާގެ ގަޔަށް ބިސް ޖަހާފައި ވެއެވެ. އެފަހަރު އޭނާ އާއި ދިމާއަށް އެއްލި ބިސް ބޮލުގައި ޖެހި ތަޅައިގެން ދިޔައެވެ.
މިދިޔަ އަހަރު މެކްރޮންގެ ކަންކަށިމަތީގައި މީހަކު އަތުން ވެސް ޖެހިއެވެ.
އަންނަ އަހަރު ފްރާންސްގައި އޮންނަ ރިޔާސީ އިންތިހާބުގައި މެކްރޮން ވާދަކުރާނެ ކަން އިއުލާން ކޮށްފައި ވާއިރު ކޮވިޑާއި ގުޅިގެން ފްރާންސްގެ އިގްތިސޯދީ ހާލަތު ދަށްވެ މެކްރޮން އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
ތިޔަކަމުން އެނގެނީ ފްރާންސް ގެ ރައްޔިތުން އޭނާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަން
ހަހަހަހަަހާ ، ކެނެރީގޭ ކަލޭގެ ނަމަ ހަތްފެނުން އެމީހަކު ދޮވެ ނުވިތާކަށް ބިރުން ރަޖާއަޅާ އޮވެ ބޮނދާނެ! ދުނިޔޭގައި ހުރި އެންމެ ބޮޑު ފިނިހަަކަ! ހަހަހަހަހަހަ، ޑިމޮކްރަސީގެ ލީޑަރުން ރައްޔިތުންނަށް ރައްޔިތުންކަން ދަންނަގޮތް މިފެންނަނީ! ނަޝީދަކީ ކޮންޑިމޮކްރެސީއެއް އެނގޭ މުނާފިގެއްބާ؟؟؟؟؟؟
ކަންކައްޓާ ކޯތަފަތާ އޮޅިއްޖެ
ކަންކައްޓަކީ ކަންފަތާއި ކަންހުޅިއާ ދިމާލުން މަތި. އެއީ ބޮލުން ބަޔެއް
ކޯތާފަތަކީ ކަންހުޅީގެ ތިރިން ކޮލޭ މިކިޔާ ބައި. އެއީ މޫނުން ބަޔެއް!
މިހާރު ފްރާންސްގެ ރައްޔިތުންނަށްވެސް އެންގޭ ތީ ހައްދު ފަހަނަ އަޅާފައިހުރި މީހެއްކަން
މޫނަށް ބޮޑު ނަޖިސް ތަފާލެއް ޖެހިޔަސް އާންމުންނާ ބައްދަލުކުރުން ނުހުއްޓާނެ މިބޭ.