އިސްރާއިލުގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި އިސްރާއިލުގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީނު ރައްޔިތުންގެ އާއިލާތަކަށް ދޭ މާލީ އެހީ، އިސްރާއިލު ސަރުކާރުން ހުއްޓުވައިފިއެވެ. މި އެހީތެރިކަން ހުއްޓާލުމަށް، ޔަހޫދީ ދައުލަތުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި، މި އެހީތެރިކަން ހުއްޓާލުމާ އެއްކޮޅަށް 87 މެންބަރުން ވޯޓު ދީފައިވާއިރު، ދެކޮޅު ހަދާފައިވަނީ އެންމެ 15 މެންބަރުންނެވެ.
ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި އިސްރާއިލުން، ޖަލުތަކުގައި ތިބި ފަލަސްތީނު ރައްޔިތުންނާއި ޝަހީދު ކޮށްލާފައި މީހުންގެ އާއިލާތަކަށް ފައިސާ ދެނީ، ފަލަސްތީނުގެ ނަމުގައި އިސްރާއިލުން ނަގާ ޓެކްސްތަކުން ލިބޭ ފައިސާއިންނެވެ. އެހެންކަމުން، މިއީ އެއްކޮށްވެސް ފަލަސްތީނުގެ ޙައްޤެއްކަމަށް އެފަރާތްތަކުންވެސް ފާހަގަކޮށްފައިވެއެވެ.
އިސްރާއިލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން، މި ނިންމުމާ ގުޅިގެން ބުނެފައިވަނީ ފަލަސްތީނު ރައްޔިތުންނަށް ނުހަނު ފަސޭހަކަމާއެކު މި ފައިސާގެ އެހީތެރިކަން ލިބޭކަމަށެވެ. މިކަމާ ގުޅިގެން ދެކޮޅު ހަދާފައިވާ މެންބަރުން ނިސްބަތްވަނީ، އެޤައުމުގެ އަރަބި ޕާޓީތަކަށެވެ.
މި ބޭއިންސާފު ނިންމުމާ ގުޅިގެން ފަލަސްތީނު ރައްޔިތުން ބުނެފައިވަނީ، ސޮއިކޮށްފައިވާ އަދި ޢަމަލު ކުރަން ޖެހޭ ޞުލްޙައއިގެ މުއާޙަދާތަކުން ބަލާއިރު، މި ފައިސާއަކީ ފަލަސްތީނުގެ ޙައްޤެއްކަމަށެވެ. އަދި، ފަލަސްތީންނ އޮތޯރިޓީގެ ސަރުކާރަށް މި ފައިސާ ލިބެން ޖެހޭނެކަމަށާއި، ފައިސާއަށް ޒިންމާ ވާން ޖެހޭނީވެސް އެފަރާތްތަކުން ކަމަށް ބުނެފައިވެއެވެ.
މި ނިންމުމާ ގުޅިހެން ފަލަސްތީނު ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ނިންމުމެއް ނޫންކަމަށެވެ. އަދި، އޭނާވަނީ މިއީ ވައްކަން ކުރުމާއި ފޭރުން ފަދަ ކަމެއްކަމަށް ސިފަކުރައްވާފައެވެ.
އެނގިފައިވާ ގޮތުގައި، ފަލަސްތީނުގެ އެކި އާއިލާތަކަށް މިލިއަނަކަށް ވުރެ ގިނަ ޑޮލަރު، މި އުސޫލުގެ ދަށުން ޚަރަދ ކުރެއެވެ.
ޔަމީނު ދިވެހިންގެ ފައިސާއިން ވައްކަންކުރަނީ
ކަލޭމެންގެ ރޫހާނީލީޑަރު ވައްކަންކުރަނީ މިރާއްޖެ މިއްކާލަން މިއުޅެނީ.
ޔަހޫދީންގެ ގޮތް ތިފެންނަނީ.