އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބޯޕާލްގެ ހޮސްޕިޓަލެއްގައި ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހިގެން ތުއްތު ކުދިންތަކެއް މަރުވެފައިވެއެވެ. ބޯޕާލްގެ ކަމަލާ ނެހްރޫ ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ 4 ކުދިންނެވެ.

ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި މި ހާދިސާ ހިނގިއިރު، އެ ވަގުތު އެ ހާއްސަ ވޯޑްގައި 40 ތުއްތު ކުއްޖަކު އެނދުމަތި ކޮށްފައި އޮތެވެ. އޭގެ ތެރެއިން ހަތަރު ކުއްޖަކު މަރުވިއިރު، 36 ކުދިން ވަނީ އެތަނުން ނެރެފައެވެ.

މި ހާދިސާގައި މަރުވި ކުދިންގެ ތެރެއިން އެއްކުއްޖެއްގެ މައިންބަފައިން 12 އަހަރު ވަންދެން ދަރިއަކު ލިބުމަށް އިންތިޒާރު ކުރި ކަމަށާއި، އަހަރުތަަކަަކަށްފަހު ލިބުން އަލަތު ދަރިފުޅު އަލިފާނުގެ ހާދިސާގައި މަރުވީ އުފަންވިތާ ހަފުތާއެއްހާ ދުވަސް ފަހުން ކަމަށް ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ރައީސް އާއި އިރްފާނާ އަށް ކުއްޖަކު ލިބުނީ 12 އަހަރު ވަންދެން އިންތިޒާރު ކުރުމަށް ފަހުއެވެ. މި ދެމަފިރިން ލިބުނު އަލަތު ދަރިފުޅަށް ނަން ދީފައިވަނީ ރާހިލްގެ ނަމުންނެވެ. ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލަން ހަމަޖެހިފައިވަނީ އިއްޔެއެވެ. ނަމަވެސް، ހިނގި އަލިފާނުގެ ހާދިސާގައި ކަންދިިމާވީ ހިތާމަވެރި ގޮތަކަށެވެ. ގެޔަށް ގެންދަން ޖެހުނީ ކުއްޖާގެ ފުރާނަ ނެތް މަސްގަނޑެވެ.

"އަހަންނަށް ދަރިފުޅު ފާހަގަ ކުރަން ވެސް އުނދަގޫވި. ކުއްޖާގެ ހަންގަނޑު ވަނީ ދުމުގެ ސަބަބުން ކަޅުވެފައި" ރައީސް ބުނެފައިވެއެވެ. މީގެ އިތުރުން ރައީސް ބުނީ ކުއްޖާގެ މަންމައަށް ވެސް ދަރިފުޅުގެ ހަށިގަނޑު ބަލާލުމުގެ ފުރުސަތު ނުދޭ ކަމަށެވެ.

ރައީސް ބުނި ގޮތުން ރާހިލް ސަލާމަތް ކުރަން ވޯޑަށް ވަންނަން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް، ސެކިއުރިޓީ ސްޓާފުން އޭނާ އެތެރެއަށް ވައްދާފައެއް ނުވެއެވެ.

މީގެ އިތުރުން ހޮސްޕިޓަލުގައި އޮތް އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއްކުއްޖަކު ވެސް އަލިފާނުގެ ހާދިސާގައި މަރުވެފައިވެއެވެ. އަދި އަނެއް ކުއްޖާގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ީިޔނސ

    ނަމުން ހީވަނީ މުސްލިމުންހެން.....ބުނެލަން އޮތީ ކެތްތެރިވުމަށް...މޮޅަށް ދެނެވޮޑިގެންވަނީ ﷲ...ފަހަރެއްގަ ތިޔަށް ވުރެ ރަގަޅުދަރިން ވެސް ދެއްވވަފާނެ

    6
    1