ޗައިނާގައި ކޮވިޑް-19 ގެ ބަލިމަޑުކަން އަނެއްކާ ވެސް ކުރިމަތިވާން ފަށައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އާބާދީ ބޮޑު ޗައިނާގައި ޑެލްޓާ ވޭރިއަންޓް ވަނީ ފެތުރެން ފަށައިފައެވެ.

އެގޮތުން ޗައިނާގެ މައި ރަށުގައި މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 1،308 މީހަކަށް ބަލި ޖެހިފައިވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ.

މަދު ބަޔަކު ކޮވިޑަށް ފައްސިވިކަމުގައި ވިޔަސް ޗައިނާ ފަދަ އާބާދީ ބޮޑު، އެއް ތަނެއްގައި ތޮއްޖެހިގެން އުޅޭ ބަޔަކަށް މިއީ ނުރައްކަލެކެވެ. މި ރޯގާގެ އަސަރު ޗައިނާގެ 21 ޕްރޮވިންސަކާއި، ރީޖަންތަކާއި، އަވަށަކަށް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެންވެ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ގައިޑެންސްގެ ދަށުން ޓްރާންސްމިޝަން ބްލޮކް ކުރުމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ތިބީ ކެތްމަދުވެފައެވެ.

ބަލި ފެތުރުން ހުއްޓުވުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށާފައިވާއިރު މީގެ ތެރޭގައި ގާތުން އެއްތާންވި މީހުން ހަލުވިކަމާއެކު ހޯދުމާއި ނާޒުކު ސަރަހައްދުތަކުގައި ތިބި މީހުން ޓެސްޓު ކުރުމާއި، މުނިފޫހިފިލުވުމާއި ސަގާފީ ތަންތަން ބަންދުކުރުމާއި، ފަތުރުވެރިކަމާއި އާންމު ދަތުރުފަތުރަށް އަޅާފައިވާ ހުރަސްތައް ހިމެނެއެވެ.

ޑާލިއަންގެ އެންމެ ފަހުގެ ލޯކަލް އެސިމްޓޮމެޓިކް ޕޭޝަންޓުން މިމަހުގެ 4 ވަނަ ދުވަހު ރިޕޯޓް ކުރި ފަހުން، 7.5 މިލިއަން މީހުންގެ ސިޓީއަކުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 24 ވަރަކަށް ލޯކަލް ވޭދަނަ ފެނިފައި ވެއެވެ. މިއީ ޗައިނާގެ އެހެން ސިޓީތަކަށް ވުރެ ގިނަ ކޭސްތައް ކަމަށް ރޮއިޓާސްގެ ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދް

    އާބާދީ ކޮންޓްރޯލް ކުރާ ޕްރޮގްރާމް (ކޮވިޑް 19