ޔަހޫދީންނާއެކު ފެނާއި ހަކަތައިގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ދެކޮޅަށް ޖޯޑަންގެ މަގުތަކަށް އެތައް ސަތޭކަ ބަޔަކު އެއްވެ މުޒާހަރާ ކުރަން ފަށައިފިއެވެ.

އިސްރާއިލާއި ޖޯޑަން އާ ދެމެދު ސޮއިކުރަން ނިންމާފައިވާ މި އެއްބަސްވުމުގެ ދަށުން ޖޯޑަންއަށް އިސްރާއިލުން ޑީސެލިނޭޓުކޮށްފައިވާ 200 މިލިޔަން ކިޔުބިކް މީޓަރުގެ ފެން ފޯރުކޮށްދޭނެއެވެ. އެއްބަސްވުމުގައި އޮތް ގޮތުން ނަމަ، ފެނުގެ ބަދަލުގައި ޔޫއޭއީގެ އެހީތެރިކަމާއެކު ޖޯޑަންގައި ހިންގާ ސޯލާ އެނާޖީ ޕްލާންޓަކުން އުފައްދާ 600 މެގަވޮޓްގެ ކަރަންޓު އިސްރާއިލަށް ދޭން ޖެހޭނެއެވެ.

ހުކުރު ދުވަހު ކުރި މުޒާހަރާގައި ޖޯޑަންގެ ރައްޔިތުން ވަނީ މި އެއްބަސްވުމާއި ދެކޮޅުހަދައި، ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގެ މަސައްކަތް ކުރާ އިސްރާއީލާއެކު އޮންނަ ގުޅުން ބަދަހިކުރަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އަދި އިސްރާއީލަކީ އެއްބަސްވުން ދަމަހައްޓާނެ ބައެއް ނޫންކަމަށާއި، މި އެއްބަސްވުމުގައި ޖޯޑަންއިން ސޮއި ކޮށްފިނަމަ ޖޯޑަންގެ ރައްޔިތުން އިސްރާއީލަށް ބަރޯސާވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ޖޯޑަންގެ ފެނުގެ ވުޒާރާގެ ތަރުޖަމާނު އޮމަރު ސަލާމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި މަޝްރޫއުގެ ވިސްނުން ބިނާވެފައިވަނީ ފާއިތުވި އަހަރުތަކުގައި އެގައުމުގެ އާބާދީގެ ނިސްބަތް އިންތިހާއަށް އިތުރުވުމުގެ ސަބަބުން ސާފު ބޯފެނަށް ކުރާ ޑިމާންޑް ވެސް އުފުލުމާ ގުޅިގެން ކަމަށެވެ. އަދި އެންމެ ފަސޭހައިން އެންމެ އަގުހެޔޮކޮށް ފެން ލިބޭނެ ގޮތަކީ އިސްރާއީލުން ފެން ހޯދުންކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.

ޖޯޑަން އަކީ މިވަގުތު ދުނިޔޭގައި ދެ ވަނައަށް އެންމެ ބޮޑަށް ފެނުގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާ ގައުމު ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކިޔު

  މުސްލިމު އެއްވެސް ޤައުމެއް ޔަހޫދީންނާއި އެކު އެއްވެސް ކަހަލަ އެއްބަސްވުމެއް ވުމަކީ މޮޔަކަމެއް..ފެނުގެ ބަދަލުގަ ކަރަންޓު ފޯރުކޮށްދޭށޭ ކިޔާފަ ޖޯޑަންގެ ބިންކޮޅުވެސް އަތުލާކަށް ފަހެއް ނުޖެހޭނެ..އެހާވެސް މަކަރުވެރި ބައެއް ތީ.

  21
  3
  • ގަޑި

   އަދި ހޮލޮކޯސްޓް އަކީ ބޮޑު ދޮގެއް.

   12
   2
 2. ހޮލޮހޯކްސް

  ހޮލޮކޯސްޓް އާއި 6،000،000 ޔަހޫދު މަރުވި ކަމުގެ ވާހަކަ އަކީ ބޮޑު ދޮގެއްކަން ހުރިހާ އެންމެންނަށް އިނގެން ވާނެ.

  12
  4
 3. ހޮލި

  ހޮލޮކޯސްޓް އަކީ ބޮޑު ފޭކް އެއް.

  11
  4