އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގެ ތިން ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ވަޑޮޑާރާގެ ކެމިކަލް ގުދަނެއް ގޮވައި އާއިލާއެއް މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޭސް އުފައްދަމުން އަންނަ ކަންޓޮން ލެބޯޓަރީސްގެ ގުދަނު ގޮވި މި ހާދިސާގައި ޖުމްލަ 11 މީހަކަށް ވަނީ އެކި އެކި އަނިޔާތައް ވެފައެވެ. އަދި މި ހާދިސާގައި ހަތަރު މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި އަންހެން ދަރިފުޅާއި އެކުއްޖާގެ މަންމަ ވެސް ހިމެނެއެވެ.

އިއްޔެ ހިނގި މި ހާދިސާގައި އެ ސަރަހައްދުގައި ތިބި ބައެއް ގެތަކާއި ފިހާރަތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

"އިއްޔެ ހިނގި މި ހާދިސާގައި ހަތަރު މީހަކު މަރުވެފައިވަނީ. އޭގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި ދެ ފިރިހެނުން. އެއީ ކުޑަ ކުއްޖަކާއި އެކުއްޖާގެ މަންމަ އަކު ވެސް ހިމެނޭހެން" ވަޑޮޑާރާގެ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެ މީހަކު މަރުވެފައިވަނީ އެތަން ގޮވުމުގެ ސަބަބުން ހަށިގަނޑުގެ ބޮޑު ބައެއް ފިހިގެން ކަމަށާއި ބައެއް މީހުން މަރުވެފައިވަނީ އެތަން ގޮވުމުގެ ސަބަބުން ބުރައިގެން އައި ބައެއް ކަހަލަ ތަކެތިން ޖެހި އަނިޔާ ވެގެން ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު އެތަނުގައި ޖުމްލަ 80 މީހަކު މަސައްކަތް ކުރަމުން އައި ކަމަށާއި އެހެން ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު