ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 968 މީހަކު މަރުވެއްޖެއެވެ.

ކޮވިޑްގެ ފަހުގެ މައުލޫމާތު އާއްމު ކުރާ ބައިނަލްއަގުވާމީ އިދާރާއަކުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުން އިތުރު 968 މީހަކު މަރުވެ ޖުމްލަ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 304,218 އަށް އަރާފައެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން ފަސް ވަނައަށް އެންމެ ގިނަ މީހުން ބައްޔަށް ފައްސިވެ، މަރުވެފައިވާ ގައުމެވެ.

އެގައުމުން އިތުރު 23،721 މީހަކު ކޮވިޑަށް ފައްސިވެ، މިވަގުތު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 10,392,020 އަށް އަރާފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 9,259,771 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ބަލި ޖެހިފައި ތިބި 828,031 މީހަކު ތިބިއިރު، އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

ރަޝިއާގެ ކޮވިޑް ހަލާތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، މިވަގުތު ރަޝިއާ ހިމެނޭހެން ދުނިޔޭގެ 57 ގައުމަކަށް ކޮވިޑްގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮން ވަނީ ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު