ދެހާސް ނަވާރަވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ގޮސްފައިވަނީ ޗައިނާއިން ފެނުނު ކޮވިޑް-19 އާއި ގުޅިގެންނެވެ. މި ވައިރަސް ފެތުރެމުން އައިސް ދުނިޔޭގެ ހުރިހާ ގައުމަކަށް ފެތުރިފައިވާއިރު، ވައިރަސްގެ އާ ވޭރިއެންޓްތައް ވެސް އުފެދެމުން އައިސް ބަލީގެ ނުރައްކާ ވަނީ އިތުރަށް ބޮޑުވެފައެވެ.

އަލްފާ، ބީޓާ، ޑެލްޓާގެ ނަމުން މީގެ ކުރިން ފެނިފައިވާ ވޭރިއެންޓްތަކަށް ނަން ދީފައިވާއިރު، މިހާރު އަނެއްކާ ވެސް އޮމިކްރޮން ވޭރިއެންޓެއް ވަނީ ފެތުރެން ފަށާފައެވެ. މި ވޭރިއެންޓަކީ އެހެން ވޭރިއެންޓްތަކަށްވުރެ ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ވޭރިއެންޓަކަށްވި ނަމަވެސް މި ވޭރިއެންޓް ޖެހޭ މީހުންގެ ހާލު ދެރަ ނުވާ ކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އޮމިކްރޮންގެ ފަހުން މުޅި ދުނިޔެ ސިއްސުވާލާފައި މިވަނީ ކޮވިޑް-19ގެ ޑެލްޓާ ވޭރިއެންޓާއި އޮމިކްރޮން އެއްފަހަރާ ޖެހުމުން ކިޔާ "ޑެލްމިކްރޮން" އިންނެވެ. ޑެލްމިކްރޮން އަކީ އާ ވޭރިއެންޓެއް ނޫނެވެ.

ކަމުގެ ތަޖުރިބާކާރުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ޑެލްޓާއާއި އޮމިކްރޮން އެކުވެގެން އުފެދޭ ޑެލްމިކްރޮން ވެގެން ދަނީ ނުރައްކާތެރި ވައްތަރަކަށެވެ. މިވަގުތު ޑެލްމިކްރޮން އެމެރިކާއާއި ވިލާތުގެ ގައުމުތަކުގައި ފެތުރެމުން އަންނައިރު، އިތުރު ގައުމުތަކުގައި ޑެލްމިކްރޮން ފެތުރިއްޖެނަމަ މިލިއަނުން މީހުން މަރުވެގެންދާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

ދުނިޔޭގެ ގައުމުތަކުގައި ކޮންޓްރޯލެއް ނެތި ޑެލްމިކްރޮން ފެތުރިއްޖެނަމަ ހަނދާން ވެގެން ދާނީ ކޮވިޑްގެ ދެވަނަ ރާޅާއި އެކީ މަރުވެގެން ދިޔަ މީހުންގެ ނަންބަރުތަކަށެވެ.

މިވަގުތު ކޮވިޑް ދުނިޔޭގެ 210 ގައުމަކާއި ސަރަހައްދަކަށް ފެތުރިފައިވާއިރު، މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 288 މިލިއަނަށް އަރާފައެވެ. އަދި ބަލީގައި 5 މިލިއަން މީހުން މަރުވެފައިވާއިރު، 253 މިލިއަން މީޙުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސެން

    އެޗްޕީއޭ މިކަން އެގޭނީ އެލެވަންސް ކޮލު ހުސްވާ ދުވަހަކުން.

  2. 🤔🤔

    ފޭކެޑެމިކް
    ސްކޭމްޑެމިކް

    3
    1