ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު އަނެއްކާވެސް އަލިފާން ރޯވެއްޖެ އެވެ.

އިއްޔެ ވެސް ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އަލިފާން ރޯވިއެވެ. ބެލެވޭ ގޮތުގައި މިއަދު އަލިފާން ރޯވެފައި ވަނީ އިއްޔެ ރަނގަޅަށް އަލިފާން ނިއްވައި ނުލެވި ހުރުމުންނެވެ.

ދެކުނު އެފްރިކާގެ ފުލުހުން ވަނީ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެވެ.

ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލިސް ވެސް މިދުވަސްވަރު އޮތީ ޗުއްޓީގައެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާތަކެއް މިދުވަސްވަރު ކުރިއަކަށް ނުދެއެވެ.

ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ގައުމީ މަޖިލީހުގެ އިމާރާތުގެ އެތެރެ އަކީ ވަރަށް ގިނަ ލަކުޑި ބޭނުން ކޮށްފައިވާ އިމާރާތެކެވެ. އަދި ހުރިހާ ސަރަހައްދެއްގައި ވެސް އަޅާފައި ހުންނަނީ ކާޕެޓެވެ. އެހެންކަމުން ވަރަށް ފަސޭހައިން އެއިމާރާތުގައި އަލިފާން ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށާއި އަދި ރޯވާ އަލިފާން ނިއްވާލަން ވެސް ދަތިތަކެއް ހުންނާނެ ކަމަށް މީޑިއާތަކުން ބުނެއެވެ.

ގާނޫނު ހަދާ މަޖިލީހުގައި މީގެ އެއްދުވަސް ކުރިން އަލިފާން ރޯވިއިރު އެތަނުގެ ސީސީޓީވީ ފުޓޭޖް މޮނިޓަރ ކުރަމުން ވެސް ނުދާ ކަމަށް ސެކިއުރިޓީ ބަލަހައްޓާ އިދާރާ އިން ވަނީ ބުނެފައެވެ. އަދި އިމާރާތުގެ އަލިފާން ނިއްވާ ނިޒާމް ވެސް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިރާސާ

    ކޮވިޑު ވެކްސިން ޖަހަން މަޖުބޫރު ނުކުރާތީ . ފަގީރު ގައުމުތަކުގެ ރައީސުން މަރައި، ޕާރލިމެންޓް ރޯކޮއްލައިގެން ދުނިޔެ އަޅުވެތި ކޮއްފި ޑަބްލިޔު އެޗް އޯ އާއި ، ވެކްސިންއަށް ފަންޑުކުރާ ބިލިޔަނަރުން..

    5
    1
  2. ހަވާސާ އިބޫ

    ގިނަ ގައުމުތަކުގައި މިތަނަކީ ވަގުންނާއި މަސްތުވެފައި ތިބޭމީހުންނާއި ވަކަރުގޭ ކުދިންގެ ހާއްޔެއް މިގައުމުގައިވެސް މިކަންއޮތީ މިހެން ވީމާ ﷲގެ ކޯފާ އެންމެކައިރިތަނަކީ މިޖިލީސް ރާއްޖޭގައި ބޮޑުވަޒީރު ބޮޑުފާދިރީ އުޅެނީވެސް މިތާންގައި