ކޮވިޑް-19 އޮމިކްރޯން ވޭރިއަންޓްގެ ސަބްވޭރިއަންޓެއް ކަމަށްވާ BA.2 އަށް ފައްސިވާ މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ބޮޑަށް ގޯސްވާކަމަށް ޖަޕާންގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ޖަޕާންގައި ކުރި ދިރާސާ އިން ދައްކާ ގޮތުގައި އޮމިކްރޯން BA.2 އަށް ފައްސިވާ މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލަތު ކުރިން ފެތުރުން ޑެލްޓާ ވޭރިއަންޓްގައި މީހުންގެ ހާލަތު ގޯސްވި ވަރަށް ގޯސް ވުން އެކަށީގެންވާ ކަމަށެވެ.

މިދިރާސާގައި ދެން އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ މިހާރު ކޮވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރާ ސޮޓްރޮވިމެބް ފަރުވާ އިން BA.2 އަށް މާބޮޑު އަސަރެއް ނުކުރުމެވެ.

ޖަޕާންގެ ސައިންސްވެރިން ކުރި ދިރާސާ މެޑިކަލް ޖާނަލްއެއްގައި ޝާއިއު ކުރުމުގެ ކުރިން މިހާރު މިނިވަން ސައިންސްވެރިން ދަނީ މިދިރާސާ ކުރިއަށް ގެންދިޔަ ގޮތް ބަލަމުންނެވެ. މެޑިކަލް ޖާނަލައެއްގައި ދިރާސާ އާއްމު ކުރުމުން މިދިރިސާގެ އިތުރު މައުލޫމާތުތައް ލިބިގެން ދާނެއެވެ.

BA.2 އަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ޕީސީއާރް ޓެސްޓުން ކޮވިޑް ޖެހިފައި ހުރިކަން ދެނެގަންނަން ވެސް އުނދަގޫ ވެއެވެ.

މިހާރު ދުނިޔޭގައި ހަލުވިކޮށް ފެތުރެމުން އަންނަ އޮމިކްރޯން ވޭރިއަންޓަކީ އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ޗައިނާ އިން ފެނުނު ކޮވިޑް-19 ވައިރަސް އަށް ވަރަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ވޭރިއަންޓެކެވެ. އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން ފުރާނަ އަށް ނުރައްކާވާ މިންވަރު ކުޑަ ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އެތައް މިލިއަނެއް އިތުރުވުމުން ކޮވިޑްގައި މިހާރު ނިޔާވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނާ

    މިވެދާނެ ދުނިޔޭގަ ހިންގަމުންދާ ނުބައިނުލަފާ ކަންތައްތަކުގެސަބަބުން ފޮނުއްވާ ކޯފާ އަކައްވެސް މިހާރުވެސް އަންހެނުންގެ އިއްފަތްފޭރުމާ ގަދަކަމުންއައުރަކަސްފުކުރުމާ މިހެންގޮސް މިކުޑަ ދިވެހިރާއްޖޭގަވެސް ފާޝިގުއެތައްކަމެއް ދަނީ ހިންގަމުން ސިޔާސީ އޭކިޔާބައެއްގެ ނުލަފާކަމުން..

  2. ޣައިނު

    ހަސަނު. ތިފާޑަށް ވެދާނެއޭ ކިޔައިގެން މާބޮޑެތިވާހަކަ ދެއްކުމަކީވެސް ހުއްދަކަމެއްނޫން. މިކަހަލަ ކޮމެންޓު ނުކޮށް ޝަހާދަތް ކިޔައިގެން ދުއާކުރޭ.

    1
    2