އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ރަޝިއާގެ ވެރިރަށް މޮސްކޯއަށް ގޮސް، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ބައްދަލުކޮށް ޔޫކްރޭން ހަނގުރާމަ އާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. މިބައްދަލުވުން އޮތީ މިއަދު އެވެ.

އިސްރާއީލްގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ނަފްތާލީ އާއި ޕޫޓިން ބޭއްވި ބައްދަލުވުން ދެގަޑިއިރާއި 30 މިނެޓަށް ދިގުދެމިގެން ދިޔަ ކަމަށެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ޕޫޓިން އާއި ނަފްތާލީގެ ބައްދަލުވުމުގައި ޔޫކްރޭންގެ މަސްރަހާއި އަދި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށެވެ.

މިބައްދަލުވުން ކުރިއަށް ގެންދިޔައިރު ތަރުޖަމާނެއްގެ ގޮތުގައި ވެސް ބައިވެރިވީ އިސްރާއީލްގެ ހައުސިން މިނިސްޓަރު ޒީވް އެލިކް އެވެ. އެލްކިންގެ އާއިލާ އަކީ ޔޫކްރޭނުން އިސްރާއީލަށް ހިޖުރަކުރި އާއިލާއެކެވެ. އެލްކިން އަކީ ވަރަށް ރަނގަޅަށް ރަޝިއާ ބަސް އެނގޭ މީހެކެވެ.

އިސްރާއީލްގެ ބޮޑުވަޒީރުގެ އޮފީހުން ބުނާ ގޮތުގައި ނަފްތާލީ އާއި ޕޫޓިންގެ ބައްދަލުވުމުގެ މައުލޫމާތު ބައްދަލުވުމުގެ ކުރިންނާއި އަދި ފަހުން ވެސް އެމެރިކާ އާއި ޔޫކްރޭންގެ ސަރުކާރާއި ވަނީ ހިއްސާކޮށްފައެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ، ޕޫޓިން އާއި ބައްދަލު ކުރަން މޮސްކޯ އަށް ދިއުމުގެ ކުރިން ޔޫކްރޭންގެ ރައީސް ޒެލެންސްކީ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ވެސް ފާއިތުވި ދުވަސްތަކުގައި އެތައް ފަހަރަކު ފޯނުން މަޝްވަރާތައް ކޮށްފައި ވެއެވެ.

އިސްރާއީލާއި ރަޝިއާ އަކީ ގުޅުން ވަރަށް ރަނގަޅު ދެގައުމެވެ. ސީރިއާގައި ރަޝިއާ އިން ކޮންޓްރޯލް ކުރާ ވައިގެ ސަރަހައްދަށް އިސްރާއީލްގެ ބޮން އަޅާ ބޯޓުތައް ވަދެ އީރާނާއި، އަދި ސީރިއާގެ ހަނގުރާމަވެރިންނަށް ހަމަލާ ދޭން ވެސް ރަޝިއާ އިން އެއްބާރުލުން ދެއެވެ.

އެހެންކަމުން ރަޝިއާ އާއި ޔޫކްރޭންގެ މައްސަލައަށް ހައްލެއް ގެންނަން އިސްރާއީލަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެއެވެ.

ނަމަވެސް ރަޝިއާ އާއި ޔޫކްރޭންގެ މައްސަލައަށް ހައްލެއް ގެނައުމަށް ޕޫޓިން އާއި ނަފްތާލީގެ ބައްދަލުވުމުން އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އަސްކަރީ ސާމާނު ޔޫކްރޭނަށް ފޯރުކޮށްދޭން އެގައުމުން ވަނީ އިސްރާއީލްގައި އެދިފައެވެ. ނަމަވެސް އިސްރާއީލުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އިސްރާއީލުން ޔޫކްރޭނަށް ފޮނުވީ 100 ޓަނުގެ އިންސާނީ އެހީއެވެ. އޭގެތެރޭގައި އެއްވެސް އަސްކަރީ ސާމާނެއް ނުހިމެނެއެވެ.

ރަޝިއާ އާއި ޔޫކްރޭންގެ މައްސަލައަށް ހައްލެއް ލިބޭތޯ ދެގައުމުގެ އޮފިޝަލުން މިހާރު ދެފަހަރެއްގެ މަތިން ބެލަރޫސްގައި މަޝްވަރާ ބައްދަލުވުންތައް ބާއްވައިފިއެވެ. ނަމަވެސް އެބައްދަލުވުންތަކުން އަދި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މިހާރު ވަނީ އަންނަ ހޯމަ ދުވަހު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހ

    ބިޜުން ލޮލް

    5
    1
  2. ބަބޫ

    މުޅި މަސްރަހު އޮޅުވާލާފަ މިއޮތީ. އިސްރާއީލުން ރަޝިޔާއަށް އެދިޔައީ އެމެރިކާ ބުނެގެން ބާރުއަޅައިގެން ކަން މަގުމަތީގަ އޮންނަ ބުޅަލަށްވެސް އިނގޭނެ. އަދި އިސްރާއީލަ ރަޝިޔާ އަކީ އެއްގަލަކަށް ނާރާނެ ބައެއްކަން މުޅި ދުނިޔެ ދަންނާނެ. މި ނޫހުގެ ކުދިން ބޭރުހެ ނޫސްތަށް ކިޔާލާފަ ހަބަރު ގެނެސްދިނުން ބުއްދިވެރި. ތަންދޮރު ވަރަށްބޮޑަށް އޮޅުވާލާފަ ތިއޮތީ

    7
    3
  3. ބަބޫ

    އިސްރާއީލާ ރަޝިޔާއަކީ އެއްގަލކަށް ނާރާނެ ބައެއްކަން މަގުމަތީގަ އޮންނަ ބުޅަލަށްވެސް އިގޭނެ. މިނޫހުގެ ކުދިން ވަކި ކޮޅަކަށް ޖެހިފަ ތިބޭކަން ފާހަގަ ކުރަން. އަދި ޚަބަރު ގެނެސްދިނުމިގައި ބޭރުގެ ޚަަބަރުތަށް ކިޔާލުން މުހިންމު. ހަމަ ބަޔަކު ބުނާއެއްޗެއް ލިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް

    6
    2
  4. ހަމީދު

    ފުރަތަމަ ކަލޭ ބޮމުންދާ ފަލަސްތީނުގެ މުސްލިމުންގެ ލޭ ބުއިން ހުއްޓާލާ. ހުރިހާ މުސްލިމުން ނިކުމެ ފަލަސްތީނުގެ ބިމުން ތިޔަހޫދީން ނެރެން ޖެހޭ. ދުނިޔޭގެ އެއްމެން ކުރިމަތީ ފަލަސްތީނުގެ ރަތްޔިތުން މަރާ ހުސްކުރަމުން ބިން ފޭރެމުން ދާއިރު އެހެން ބަޔަކު މީހަކު މަރާ އިރަށް ގޮސް މިބުނަނީ ހެޔޮނުވާނެ އޭ ތިހެން ހަދާކަށް ނުވާނެއޭ ތިކަން ހުއްޓާލާށޭ. ލަދެއް ހަޔާތެއް ނެއް ޔަހޫދީ އެއް.

    8
    1
    • ހަގީގަތް

      ތިރަޝިއާ އަކީ ދުވަހަކުވެސް ފަލަސްތީނުގެ ރައްޔިތުންނަށް ޖަރީމާ ހިންގާއިރު އިޒްރޭލައް ބަހުގެ ހަމަލާ ވީއްލާބައެއްނޫން...އީރާނަކީ ކިހާ ބާރުގަދަބައެއްކަން ދުނިޔެއަށް އިނގޭނީ ހަނގުރާމައަކުން...ތި ރަޝިއާވެސް ކުޑަކަކޫ މައްޗައް ތިރިކުރާނެ

      1
      2
  5. ރެފްރީ

    މުއްލާތަކާ ފެނޭތޭ ފެނޭދޯ؟ ދެން ލަލަލާ

    3
    5
    • އަންފުތު

      ރެފްރީ އަކީ ޔަހޫދީ އެއްތަ؟ މުއްލާ ޢުމަރު ކިޔާ މީހަކު އަފްޣާނިސްތާނުގައި ކުރީގަ ވެރިކަން ކުރި. މުއްލާ އުމަރުގެ ވެރިކަން ވައްޓާލީ ޔަހޫދީންނާ އެމެރިކާ ބައިވެގެން. އެހެންވީމާ އަހަރެމެންނަށް އެނގޭ ޔަހޫދީންނާ ބުޝް މެންނާ ރެފްރީ މެން މުއްލާ ޢުމަރު ދެކެ ނުރުހޭނެކަން. މިހާރު ދެން މުއްލާ ޢުމަރު މަރުވެސް ވެއްޖެ އެއްނު. ރެފްރީ މެން އެބަޖެހެއެއްނު ރުޅި މާއިތިރި ކޮށް ދުނިޔެ ފަސާދަ ކުރުން ހުއްޓާލަން.

      2
      1
      • ޢަހުމަދުވަގާރު

        މުއްލާއެއް ދެކެ ރުޅި އަންނަނީ ޔަހޫދީ އެއްތަ؟

  6. މަރީ

    ލޮލް އިޒްރާއީލްުން ހަނގުރާމަ ހުއްޓާލަން ބުނިއްޔޯ.

    1
    1