ރަޝިޔާއިން ޔޫކްރޭނަށް އަށް އަރައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް ޔޫކްރޭންގެ އެތައް ލައްކަ ބަޔަކު ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރަމުންދާ މި ދަނޑިވަޅުގައި ޕޯލޭންޑު މީހަކު އޮޅުވާލައިގެން ޔޫކްރޭންގެ 19 އަހަރުގެ އަންހެނަކު ރޭޕްކޮށްފިއެވެ.

19 އަހަރުގެ އެ ޒުވާނާ ރޭޕްކުރި ކަމަށް ބެލެވޭ ޕޮލޭންޑުގެ 49 އަހަރުގެ މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ރޭޕްގެ މި އަނިޔާވެރި ޖަރީމާ ހިންގި ކަމުގެ ކުށުގައި އޭނާއަށް 12 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ޒުވާނާ ޕޮލެންޑަށް ގެންދިޔައީ އިންޓަނެޓް ޕޯޓަލް އެއް މެދުވެރިކޮށް އޭނާއަށް އެގައުމުގައި ބޯހިޔާވަހިކަން ދޭނެކަމަށް ބުނެއެވެ.

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔޫކްރޭނުން ފިލައިގެން ދިޔައީ މި ޒުވާނާ ދިޔައީ ރައްކާތެރިކަން ލިބޭނެކަމުގެ އުންމީދުގައި އެވެ. ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. އަދި ޕޯލެންޑުން އޭނާ އަށް ބޯހިޔާވަހިކަން ދޭން ބުނި މީހާ އޭނާ އޮޅުވާލައި އޭނާގެ އިތްފަތްތެރިކަން ވަނީ ފޭރިގަނެފައެވެ.

ރަޝިޔާގެ ޖަރީމާތަކާ ގުޅިގެން ޔޫކްރޭންގެ ބޯޑަރު ހުރަސްކޮށް އެތައް މިލިއަން އަންހެނުންނާއި ކުޑަކުދިން ފިލައިގެން ދާއިރު، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވެފައިވާ ނުވަތަ އެނޫންވެސް ގޮތްގޮތުން ކުށްތަކުގެ ޝިކާރައަކަށް ވެފައިވާ އެންމެ ނިކަމެތި ރެފިއުޖީންނަށް ހިމާޔަތް ދޭނީ ކިހިނަކުންތޯ ކަމާބެހޭ ފަރާތްތަކުން ދަނީ ސުވާލު އުފައްދައި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

އދގެ ރެފިއުޖީ އޭޖެންސީން ބުނެފައިވާގޮތުގައި ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔޫކްރެއިންގެ 2.5 މިލިއަނަށްވުރެ ގިނަ މީހުން މިހާރުވެސް ވަނީ ފިލައިގެން ގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ދެރަ ދޯ. އެކަމް ގެރި މޯދީ އުފާކުރާނެ ދޯ. ގެރި މޯދީމެން ދަސްކޮށްދޭ ކަންކަން ދޯ.

    7
    4
  2. ޚެކުރި

    ތިމާގެ ކޮޅައް ދިއްވެފަ އިނީ ކިތައް އިނގިލި؟

  3. އަލިފުތާ

    އަދި ކުޅިވަރު އޮތީ ކުރިއަށް