ފަލަސްތީނުގެ އަގްސާ މިސްކިތުގައި ހުރި ޒުވާނެއްގެ ގަޔަށް ބަޑިޖަހައި، ލިބުނު އަނިޔާގެ ސަބަބުން އެ ޒުވާނާގެ ލޮލުގެ ފެނުން ގޮސްފިއެވެ.

ފަލަސްތީނުގެ ޒުވާނެއް ކަމަށްވާ އަހްމަދު އަލް ތަމާމީ ބުނީ، އިސްރާއިލުގެ އިސްތިއުމާރީ ސިފައިން އަލް އަގްސާ މިސްކިތަށް ވަދެގަނެ ދިން ހަމަލާތަކުގެ ސަބަބުން އުމުރުން ދުވަސްވީ ފިރިހެނަކު މިސްކިތުގެ ތަޅުމަށް ވެއްޓުން ކަމަށެވެ. އެވަގުތު އޭނާ އިނީ ގުރުއާން ކިޔަވަން ކަމަށާއި، ވެއްޓުނު ބޭބެ ފެނުމުން އޭނާއަށް އެހީވުމަށް މަސައްކަތް ކުރި ކަމަށެވެ.

"އަޅުގަނޑު އިނީ މިސްކިތުގައި ގުރުއާން ކިޔަވާލަން. ސަމާލުކަން ދަމައިގަތީ އިސްރާއިލުގެ ސިފައިންނާއި ފަަލަސްތީނުގެ ރައްޔިތުންގެ ކުރިމަތިލުންތަކުގެ ސަބަބުން އުމުރުން ދުވަސްވީ މީހަކު ބިންމައްޗަށް ވެއްޓުމުން، އެހެންވެ އޭނާއަށް އެހީވާން ދިޔައީ،" ތަމާމީ ބުނެފައިވެއެވެ.

ތަމާމީ ބުނީ، އޭނާގެ ލޮލަށް ހަމަލާ އަރައި ލޮލުގެ ފެނުން ދިޔައީ އިސްރާއިލުގެ ސިފައިންނާއި ދިމާލަށް އެއްލި ނަޒަރަކުން އެމީހުންގެ ހަމަލާ ސީދާ ލޮލަށް އަމާޒުވުމުން ކަމަށެވެ. އަދި ލޮލުގެ ފެނުން ދިއުމުގެ ސަބަބުން ނޭފަތަށް ވެސް އަނިޔާވެފައިވާ ކަމަށް ތަމާމީ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާކިފް އެޗް 13

    ނުލަފާ ޔަހޫދީން

    11
  2. Anonymous

    ކަލޭމެން ހިތްފަޅައިގެން ނުދޭ ދޯ މުސްލިމުންނަށް މިކަހަލަ ބޮޑެތި އަނިޔާތައް ކުރާއިރު. ކަލޭމެން ހިތްފަޅައިގެންދަނީ ކާފިރުން ކާފިރުންނަށް އަނިޔާކުރީމާ ދޯ.

    13