ބިލިއަނަރު އީލޮން މަސްކް މީސް މީޑިއާގެ މަޝްހޫރު ޕްލެޓްފޯމް ޓުވިޓާ އެއްކޮށް ގަތުމާއެކު އެތައް ބަޔަކު ޓުވިޓާގެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރަން ފަށައިފިއެވެ.

އެންބީއެސް ނިއުސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޓުވިޓާގެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރަން ފެށުމުން މަޝްހޫރު ބައެއް ފަރާތްތަކުގެ ވަރަށް ބައިވަރު ފޮލޯވާޒްތައް ވަނީ ގެއްލިފައެވެ. އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ 300،000 ފޮލޯވާޒް ވެސް ގެއްލިފައިވާ ކަމަށްވެއެވެ.

އެކައުންޓްތައް ޑީއެކްޓިވޭޓް ކުރަމުންދާކަން ޓުވިޓާއިން ވެސް ކަށަވަރުކޮށްދެއެވެ.

ޓުވީޓާއިން ބުނީ އެކައުންޓްތައް މަދުވަނީ ބޮޓް އެކައުންޓްތައް ޑިލީޓްކުރާތީ ނޫން ކަމަށެވެ. ނަމަވެސް ޑީއެކްޓިވޭޓް ކޮށްފައިވާ އެކައުންޓްތަކުގެ އަދަދެއް ޓުވިޓާއިން ހާމައެއް ނުކުރެއެވެ.

ޓުވީޓާއިން ބުނީ ޑީއެކްޓިވޭޓް ކުރާކަން އެންމެ ބޮޑަށް ފާހަގަވީ އީލޮން މަސްކު ޓުވިޓާ ގަތް ހިސާބުން ކަމަށެވެ.

އީލޮން މާސްކު 44 ބިިލިއަން ޑޮލަރަށް ޓުވިޓާ ގަތީ މިދިޔަ ހޯމަ ދުވަހުއެވެ. އީލޮން އަކީ ޓުވިޓާއާ ވަރަށް ދޯޅު މީހަކަށްވާ އިރު ޓުވިޓާގައި އެކި ފަރާތްތަކަށް މަލާމަތް ކުރުމަކީ އޭނާ އާންމުކޮށް ކުރާ ކަމެކެވެ.

ޓުވިޓާ ގަތުމަށް ފަހު އީލޯން ބުނީ ޓުވިޓާގައި ހިޔާލުފާޅުކުރުމުގެ މިނަވަންކަން އޮންނާނީ ސަރުކާރުތަކުން އަމަލުކުރާ ގަނޫނާ ގަވައިދާ އެއްގޮތަށް ކަމަށެެވެ. ނަމަވެސް "ސެންސަރު" ކުރުމަކީ އޭނާ ގަބޫލު ކުރާ އުސޫލެއް ނޫން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.