އިސްރާއީލްގެ ވެރިރަށް ތެލްއަވީވް ކައިރީގައި އޮންނަ އަވަށެއްގައި އެ ގައުމުގެ ތިން މީހަކަށް ހަމަލާދީ މަރާލައިފިއެވެ.

އިސްރާއީލުގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ބުނެފައިވަނީ، އިސްރާއީލުގެ ތެލްއަވީވް ކައިރީގައި އޮންނަ އަވަށެއްގައި މިރޭ ފަލަސްތީނުގެ ދެމީހަކު ހަމަލާދީ އިސްރާއީލްގެ ތިންމީހުން މަރާލައި، ހަތް މީހުން ޒަހަމްކޮށްލާފައިވާ ކަމަށެވެ. އޭގެ ފަހުން ހަމަލާދިން މީހުން ވެހިކަލެއްގައި ފިލާފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި އިސްރާއީލްގެ މީހުންނަށް ފަލަސްތީންގެ ދެމީހަކު ހަމަލާ ދިނީ ކޯރާޑިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހަމަލާދިން މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް އިސްރާއީލް ފުލުހުން ވަނީ ފަށާފައެވެ،. މަގުތައް ބަންދުކޮށް، ހެލިކޮޕްޓަރެއްގެ އެހީގައިވެސް އެ މީހުން ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އިސްރާއީލް ފުލުހުން ބުނާ ގޮތުގައި ހަމަލާ ދިން ފަލަސްތީން މީހުންނަކީ ކޮންބައެއްކަން މިހާރު ވަނީ ދެނެގަނެވިފައެވެ. އެދެމީހުންނަކީ ވެސް ފަލަސްތީންގެ ހުޅަނގު އައްސޭރިއަށް ނިސްބަތްވާ ދެމީހުން ކަމަށް އިސްރާއީލުން ބުނެއެވެ.

އެމީހުންގެ ތަފްސީލް ހާމަކުރަމުން އިސްރާއީލްގެ ފުލުހުން ބުނީ އެއީ އުމުރުން 19 އަހަރުގެ އަސްއަދު އަލްރަފާނީ އާއި އުމުރުން 20 އަހަރުގެ ސަބްހީ އަބޫ ޝާކިރު ކަމަށެވެ.

އިސްރާއީލުގެ މިނިވަން ދުވަހާ ދިމާކޮށް ދިން މި ހަމަލާއަކީ، އިސްރާއީލުގެ ސިޓީތަކުގައި މިފަހަކަށް އައިސް ދިން ނުރައްކާތެރި ހަމަލާތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ.

އިސްރާއީލްގެ ތިން މީހަކު މަރާލި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން ވަނީ އެހަމަލާ ދިން މުޖާހިދުންނަށް ތާއިދުކުރާކަން ހާމަކޮށްފައެވެ. ހަމާސް އިން ބުނީ އިސްރާއީލަށް އަމާޒުވި ހަމަލާ އަކީ މުސްލިމުންގެ މުގައްދަސް ބިންތަކަށް އިސްރާއީލް ސިފައިން ވަދެ ހިންގަމުން ގެންދާ ޖަރީމާތަކުގެ ނަތީޖާ ކަމަށެވެ.

އިސްރާއީލްގެ ސަރުކާރާއި އެމެރިކާގެ ސަރުކާރުން ވަނީ އިސްރާއީލްގެ ތިން މީހުން މަރާލި ހަމަލާ އަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބުނެ އެހަމަލާ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖީމް

    ﷲ އަކްބަރް !

    18
  2. Anonymous

    ޔަހޫދީން ބުނާ ގޮތުގައި އިސްރާއީލުގެ ނިމުން ދެން ލަހެއްނުވާނެ. އަހަރެމެންގެ އުންމީދަކީ ވެސް އަވަހަށް އެކަންވުން.

    48
    2
    • ބުލްކިޔާ

      ތިހެން ހިތައް އަރުވައިގެން ހިތް ހަމަ ޖައްސާ

      18
      • Anonymous

        ކުއްތާއިން އަބަދުވެސް ވައްވައް ޖަހާނެ

        • މޮޔަނިމޮސް

          ކުއްތާއަކީ އެންމެ ބުއްދިވެރި ޖަނަވާރު ދޯ. އެހެންވީމަ އެ ވައްވައް އެއީ ރަނގަޅު ވައްވަކެއް.

          1
          2
  3. ބޮޑޭ އަހައްމަދު

    الحمدلله الله اكبر

    42
    1
  4. މަރީނާތު

    ވަގުތު ނޫހުން އިސްރާއިލް އާ ޔޫކްރޭން ޕްރޮމޯޓް ކުރަނީ މާ ވަރަކަށް

    9
    1
  5. ގުދުގުދާ ބެއްޔާ

    ޔޫކްރޭންގެ ހަގުރާމައަކީ އިސްރާޢީލްގެ ނިމުމުގެ ފެށުމުގެ ކޮޅުމަތި، ރަސިޔާއިން އިސްރާއީލްދެކެ ވަނީ ރުޅިއައިސްފަ! އަދި ފަލަސްތީންއަށް ތާޢީދު ކޮއްފައި. ނަތީޖާއަކީ ޔޫކްރޭން އަށް އެމެރިކާއިން ހަތިޔާރު ދޭގޮތައް ފަލަސްތީންއަށް ރަސިޔާއިން ހަތިޔާރު ފޯރުކޮއްދީ ފަލަސްތީން މިނިވަން ކުރުން! މިއީ ކުރުނޫން މުސްތަގްބަލެއްގައި ވެދާނެ ގޮތެއް!

    19
  6. محمد احمد

    الحمدلله الله اكبر
    الحمدلله الذي بنعمته تتم الصالحات

  7. މުޙައްމަދު

    އަޤްޞާ މިސްކިތްތެރޭގައި މުސްލިމުން މެރުމަކީ ޓެރަރިސްޓް ހަމަލާއެއް ނޫން ދޯ. ހަމައެކަނި ކާފިރެއް މަރާލުމުނ ްޓެރަރިސްޓުުންނަށްވަނީ. ޖޯކެއް. ޓެރަރިސްޓް އެމެރިކާ ޓެރަރިސްޓް އިޒްރޭލް

    11