އަފްޣާނިސްތާނުގައި އަންހެނުން މޫނު ބުރުގާ އުޅުމަށް ތާލިބާނުން އަންގައިފިއެވެ.

އަފްޣާނިސްތާނުގެ އެންމެ މަތީ ލީޑަރު އަދި ތާލިބާން ޖަމާއަތުގެ ވެރިޔާ ހިބަތުﷲ އަޚުންދްޒާދާ މިއަދު މި ގަރާރު ނެރުއްވީ ކާބުލްގައި ބޭއްވި ހަފުލާއެއްގައެވެ.

'އެމީހުން މޫނު އަޅައިގެން ތިބެންވާނީ އެއީ އާސާރީ އަދި އިހްތިރާމް ލިބިގެންވާ އެއްޗަކަށް ވާތީ". ވިދާޅުވިއެވެ.

ތާލިބާނުން ބުނީ، މޫނު ބުރުގާ ނާޅާ ނަމަ އާއިލާގެ ފިރިހެން މެމްބަރުންނަށް އެކަން އަންގާނެ ކަމަށާއި، އެ އެންގުންތަަކަށް، އިންކާރު ކުރާނަމަ އާއިލާ ފިރިހެން މެންބަރަކު ތިން ދުވަހަށް ޖަލަށްލާނެ ކަަމަށެވެ.

ތާލިބާނުންގެ އޮފިޝަލުން މި ގަރާރު ސިފަކޮށްފައިވަނީ "ނަސޭހަތެއް" ގެ ގޮތުގައެވެ. މި ގަރާރަށް ތަބާނުވާ އަންހެނުންނަށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މިންގަނޑުތަކެއް ކަނޑަޅާފައި ވެއެވެ.

1- އެމީހުންގެ ގެއަށް ޒިޔާރަތްކޮށް، އެމީހުންގެ ފިރިމީހާ، ކޮއްކޮ ނުވަތަ ބައްޕަ އާ ވާހަކަ ދެއްކުން.
2- އެމީހުންގެ ފިރިހެން ބެލެނިވެރިޔާ މިނިސްޓްރީއަށް ހާޒިރުކުރުން.
3- ފިރިހެން ބެލެނިވެރިޔާ ކޯޓަށް ގެންގޮސް ތިން ދުވަސް ވަންދެން ޖަލަށް ލުން.

އަފްޣާނިސްތާނުގެ ގިނަ އަންހެނުން މިހާރުވެސް އުޅެނީ މޫނު ބުރުގާ އަޅައިގެންނެވެ. ބައެއް އަންހެނުން، ހާއްސަކޮށް ރަށްފުށު ހިސާބުތަކުގައި، އުޅޭ އަންހެނުން އުޅެނީ ހަމައެކަނި ބޮލުގެ އިސްތަށިގަނޑުގައި އާދައިގެ ފޮތިގަނޑެއް އަޅައިގެންނެވެ.

މިދިޔަ އަހަރު އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުންގެ ޖަމާއަތުން ހޯދާފައިވާއިރު، އެމެރިކާގެ ތާއީދާއެކު އޮތް ކުރީ ސަރުކާރުގައި ތިމާގެ މިނިވަންކަމާއި ހަމަހަމަކަން ލިބިފައިވާ އަންހެނުންނަށް މިއީ އުފާވެރި ހަބަރަކަށް ނުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތައް އަނބުރާ ނަގަން ފަށާފައިވާކަމުގެ ވާހަކަތައް ދެކެވެމުންދާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތާލިބާނުން އެ ގައުމުގެ ކޮންޓްރޯލް އަލުން އަތުލި ފަހުން އަންހެނުންގެ އަސާސީ ހައްގުތަކަށް އިހުތިރާމް ކުރާނެ ކަމުގެ ވައުދުވެފައި ވެއެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައިސް އިސްލާމީ ޝަރީއަތް ތަންފީޒުކޮށް ޝަރީއަތާއި އެއްގޮތަށް ކަންކަން ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެގައުމުގައި ވަނީ ދީނީ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

ތާލިބާނުންނަކީ އިސްލާމީ ހަރުކަށި ފިކުރުގެ ބައެއް ކަމަށްބުނެ އަފްޣާނިސްތާނުގެ ރައްޔިތުން އަޑު އުފުލަމުންދާކަން ފާހަގަކޮށްލެވެއެވެ.

އަދި ދުނިޔޭގެ ބައެއް ގައުމުތަކުން އަދިވެސް ތާލިބާނުންގެ ސަރުކާރު ބަލައިނުގަންނަކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބީރުބޮލު ވަޒީރު.

    މުއްލާތަށް އުޅޭނީ މުއްލާގެ ގޮތަށް. ޢިލްމުވެރިންގެ މެދުގައި ހިލާފު އެއްވެސް ކަމެއް ވާޖިބެއް އަދި ހަރާމެއް ނުކުރެވޭނެ. ތިއީ މުސްލިމުންގެ ނަން ކިލަނބުކުރާ ބައެއް.

    7
    2
  2. އަލީ

    ޢުމަރުގެފާނު ވިދާޅުވި ބަސްފުޅުގެ ތެދުކަމާއެވެ. އެކަލޭގެފާނު ވިދާޅުވެފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަހުރެމެންނަށް ޢިއްޒަތް ލިބުނީ އިސްލާމްދީނުގެ ސަބަބުންނެވެ. އެ ދީން ނޫން އެހެން އެއްޗަކުން އަހުރެމެން ޢިއްޒަތް ހޯދަން އުޅެގެންފި ނަމަ، އަހުރެމެން ނިމަކެތިވުން ނޫން ކަމެއް ނުވާނެއެވެ."

    6
    3
  3. ޢަހުމަދުވަގާރު

    ފުރިހަމަ. އިސްލާމީ ޙިލާފަތު މި ގާއިމު ވަނީ. އަހަރެމެން. މުސްލިމުން. ހިޖުރަ ކުރަން. ޖެހޭނެ

    5
    6
  4. Anonymous

    ޠާލިބާނަކީ އިސްލާމީ މަޑުކަށީގެ ބަޔެކެވެ. މުސްލިމު އަންހެނުން މޫނުބުރުގާ އަޅާތާ ސާދަ ޤަރުނު ވެއްޖެއެވެ. މުސްލިމު އަންހެނުން މޫނުބުރުގާ އެޅުމަކީ މައްސަލައެއް ކަމަށް ހަދައިގެން އުޅެނީ އެމެރިކާގެ ކްރިސްޓިއަން ހަރުކަށި މީހުންނާއި ފްރާންސްގެ ކްރިސްޓިއަން ހަރުކަށި އަދި މިނިކަތިލާ ޖަމާޢަތްތަކުގެ މީހުންނެވެ. ރަޝިޔާގައި ވެސް މުސްލިމު އަންހެނުން އެއުޅެނީ މޫނުބުރުގާ އަޅައިގެންނެވެ. ޕޫޓިން މައްސަލައެއް ނުޖައްސައެވެ.

    6
    5
  5. ޢާހުމަދު

    ހިޖުރަ ކުރަމާ ހުރިހާ މުސްލިމުން މި ބިމަށް

    3
    2
    • ޕޮލިސް

      އަވަހައް ދޭ. ތިކަހަލަ ނާތަހުޒީބު މީހުން މި ގައުމަކައް ބޭނުމެއް ނުވޭ. އެމްބުރި ނާން ނާތި.

      7
      5
  6. Anonymous

    ﷲގެ ޝަރީޢަތް މަޖުބޫރުކޮށްގެން ޤާއިމުކުރަންޖެހޭ.
    މަޖުބޫރުކަމެއްނެތީ އިސްލާމްދީނަށްވެެއްދުމުގައި. ވަނުމަށްފަހު ދީން ބޭރުވުމުގެ އިޚްތިޔާރެއް ނެތް. އެހެންކަމުން
    އިސްލާމް ދީނަށް ވަނުމަށްފަހު ދީނުގެ ހުރިހާ ޙުކުމްތަކަށް ބޯލެނބުމަކީ ވާޖިބެއް. ނުވާނަމަ މަޖުބޫރުވެސް ކުރަންޖެހޭ. ވެރިންގެ ޒިންމާއެއް.

    4
    4
  7. މޭވާ

    ވަރަށް ބޮޑު ތެދެއް މޫނު ބުރުގާއަކީ އާސާރީ އަދި އިހުތިރާމް އާއި ގަދަރާއި ރައްކާ ތެރިކަން ލިއްބައިދޭ އެއްޗެއް
    ﷲއަށް ބިރުވެތިވެ މޫނު ބުރުގާ އަޅާ މީހަކަށް އެގޭނެ އޭގެ ހުރި ފޮނިމީރުކަން

    2
    3