އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީއާއި ޗީފް މިނިސްޓަރަށް ނިސްބަތްކޮށް ހަޑިބަހުން ވާހަކަ ދެއްކާހަދާ ވީޑިއޯ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެމީހުން ހައްޔަރުކުރީ ސޯޝަލް މީޑިއާގައި މޯދީއާއި އެގައުމުގެ ޗީފް މިނިސްޓަރު އަދިތްޔަނާތް އަށް ނިސްބަތްކޮށް ހަޑި ބަހުން މުއާމަލާތްކުރާ ވީޑިއޯއެއް ޝާއިއުކުރުމުންނެވެ. އެ ވީޑިއޯ ޝާއިއުކުރީ މީގެ ފަސް ދުވަސް ކުރިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު މީހަކު އުޅޭއިރު އަދި ހައްޔަރުކުރީ ދެމީހެކެވެ. އެ ހަތަރު މީހުނާ ދެކޮޅަށް މައްސަލަ ހުށަހާފައިވަނީ އިންޑިއާގެ ޕީނަލް ކޯޑުގެ 295 ވަނަ މާއްދާގެ އޭގެ ދަށުންނެވެ.
އިންޑިއާގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަނިލް ކަޕޫރު ވިދާޅުވި ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލަވާއި ޕައްޓި ސަޓަހްވާ ވިލެޖަށް ނިސްބަތްވާ މީހުންނެވެ. އަދި ފޭސްބުކްގައި ދައުރު ކުރި ވީޑިއޯ ވަނީ ވަޓްސް އެޕް ގައިވެސް ދައުރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގައި މިފަދަ މައްސަލަތައް އިތުރުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން ދަނީ އެކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހާދަ އަނިޔާވެރިއޭ. ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމެއްނެތް. އަނިޔާވެރި، އަނިޔާވެރި، އަނިޔާވެރި. އައިހޭޓް ޔޫ. ޕިސްޕިސް
މިއީ ޑިމޮކޮރަސީ ފައްކާވެފަ ދުނިޔޭގަވާ ޤަވްމެއް އަދިވެސް މީހުންނާދިމާލައް އިނގިލިދިއްކުރޭ
ހައްހައްހާ، ހައްހައްހައްހާ، ހައްހައްހައްހައްހާ، ދެންމަހީހީ،،،،،، މޯދީގެ ލަދުކޮބާ؟
ހައް ހައް ޑިމޮކްރަސީގަ މިމީހުންނަކައް ނޯވޭދޯ ހައްގެ މޯދީ މެންގެ ނަމުން
މީހަކުގޮވާލިޔަސް ހައްޔަރު އެކަމަކު ޑިމޮކްރަސީ އޭ އޮތީކިޔާއިގެން ދިވެހިރާއްޖެގެ
ވެރިމީހާދިމާލައް ކޮއްމެއެއްޗެ ބުނިޔަސް އޮކޭ އެއި ޑިމޮކްރަސީގެ ދަށުން ކިހާ ހެއްވާ
މިއަދު މިގައުމުން ގޮވަންވީ މޯދީއައް ޑިމޮކްރަސީގަ ނޮއޮވެޔޯ ކުޑަގައުމަކައް
ވަކިއުސޫލެއް ބޮޑުގައުމަކައް ވަކިއުސޫލައް ޑިމޮކްތަސީ ފާޅުވީ ކުޑަވިޔަސް
ބޮޑުވިޔަސް ދޮންވިޔަސް ކަޅުވިޔަސް ހަމަ ހަމަ ކަންއޮންނަ ގޮތަކައްނޫންތަ ؟
ބޮށު ށިމޮކްރަސީގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ!
މިހާރުން މިހާރަށް ތިދެމީހުން ދޫކޮށްލާ