އިންޑިއާގެ ބަޖެޓް އެއާލައިން ސްޕައިސް ޖެޓުގެ ބޯޓުތަކުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދި އެ އެއާލައިނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ފަހަކަށް އައިސް އެ އެއާލައިންގެ ބޯޓުތަކަށް ފުލުފުލުގައި މައްސަލަތައް ދަނީ ދިމާވަމުން ނެވެ.

އެގޮތުން މިދިޔަ އަންގާރަ ދުވަހު އެ އެއާލައިންގެ ބޯޓަކަށް މައްސަލަތަކެއް ދިމާވި އެވެ. އަދި މިދިޔަ މަހު އެކަނިވެސް އަށް މައްސަލައެއް ދިމާވި އެވެ.

މިދިޔަ އަންގާރަ ދުވަހު އެއް ބޯޓުގެ ކޮކްޕިޓްގައި މައްސަލައެއް ދިމާވެގެން އިމެޖެންސީގައި ޕާކިސްތާނަށް ޖެއްސި އިރު އެހެންް ބޯޓެއްގެ ވިންޑްޝީލްޑްގައި ރެނދެއް ލައިގެން މުމްބާއީގެ އެއާޕޯޓަށް ޖައްސަން ޖެހުނެވެ،

އަދި ހަފްތާއެއް ކުރިން އެ އެއާލައިންގެ ބޯޓެއް ނައްޓާލިތަނާ ބޯޓުގެ ކެބިންއިން ދުން އަރާތީ އިމެޖެންސީގައި ދިއްލީއަށް ޖައްސަން ޖެހުނެވެ.

އެކަންކަމާާ ގުޅިގެން އިންޑިއާާގެ ސިވިލް އޭވިއޭޝިއަނުން ވަނީ ސްޕައިސް ޖެޓަށް ނޯޓިސް ފޮނުވައިފަ އެވެ. އެ އެއާލައިންއިން ކުރާާ ދަތުރުތަކަކީ ރައްކާތެރި ދަތުރުތަކެއްކަން ކަށަވަރުނުކޮށްދެވޭ ކަމަށް ނޯޓިސްގައި ބުނެފައި ވެއެވެ.

ސިވިލް އޭވިއޭޝަނުން އިތުރަށް ބުނީ ސްޕައިސް ޖެޓުން ސަޕްލަޔަރުންނަށް ވެސް ގަވައިދުން ފައިސާ ނުދައްކާ ކަމަށާއި އެހެންވެ ސްޕެއާ ޕާޓްސް ލިބުމުގައި ދަތިރަޖެއް އުޅޭ ކަމަށެވެ.

އަދި ތިން ހަފްތާގެ ތެރޭ ޖަވާބު ދާރީ ވާން ވަނީ އަންގައިފަ އެވެ. އެހެން ނޫން ނަމަ ބޮޑު އަދަދަކުން ޖޫރިމަނާާކޮށް ނޫނީ ބޯޓުތައް ގްރައުންޑް ކުރަން ޖެހިދާނެ ކަމަށެވެ.

ނަމަވެސް ސްޕައިސް ޖެޓުން ބުނީ އެ އެއާލައިންގެ ދަތުރުތައް ރައްކާާތެރި ކަމަށާއި އެކަން ކަށަވަރުކުރަން އޮޑިޓެއް ވެސް މަހެއްހާ ދުވަސް ކުރިން ހެދި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު