ރަޝިއާގެ އަސްކަރިއްޔާގެ ސިފައިން ޔޫކްރެއިނަށް އަރާ ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގައުމުތަކުން ރަޝިއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ދަގަނޑު ވިޔަފާރިއަށްކޮށްފިއެވެ.

ޗައިނާއިން ބޭރުގައި ދަގަނޑު އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ އާކެލޯރ މިޓަލް އަކީ ރަޝިޔާގެ ކުންފުންޏެކެވެ. ރަޝިޔާއަށް ދަގަނޑު ގެންނަނީ ކަޒަކިސްތާނު މެދުވެރިކޮށެވެ. އަދި އެ ގައުމުން ދަގަނޑު އެތެރެކުރުން މެދުކެނޑުމަށްފަހު މިދިޔަ ޖޫންމަހު އަލުން ވަނީ ރަޝިޔާއަށް ދަގަނޑު ގެންނަން ފަށައިފައެވެ.

ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ދަގަނޑުގެ ވިޔަފާރިކުރާ އެއް ގައުމަކީ ރަޝިޔާއެވެ. އަދި ކަޒަކިސްތާނުން ރަޝިޔާއަށް ދަގަނޑު އެތެރެކުރާއިރު މިއީ ދެގައުމަށްވެސް ދަތުރުކުރުމުގައި އެންމެ ފައިދާބޮޑު ގޮތް ކަމަށް ރަޝިޔާއިންވެސް ބުނެއެވެ. އަދި މިއީ ދަގަނޑު މައިން ކުރާ އެހެން ގައުމުތަކުން ދަގަނޑު ގެނެސް ކުރާ ދަތުރަށްވުރެ ކުރު ދަތުރަކަށް ވުމުން ދަގަނޑު ގެނައުމަށް ދާ ހަރަދުވެސް ކުޑަކަމަށް ރަޝިޔާއިން ބުނެއެވެ.

އޭޕްރީލް މަހު ރަޝިޔާއަށް ދަގަނޑު އެތެރެކުރުރުން މެދުކަނޑާލުމަށް ފަހު އަލުން ސަޕްލައިތައް ފަށާފައިވަނީ ޖޫން މަހުގެ ދިހަ ވަނަ ދުވަހުގައެވެ.

ރަޝިޔާގެ ދަގަނޑު ވިޔާފާރި އަކީ އަވަށްޓެރި އިންޑިއާއަށްވެސް ގިނަ ފުރުސަތެއް ލިބޭ ސިނާއަތެއް ކަމަށް ތަޖުރިބާކާރުންނާ ހަވާލަދީ ރިޕޯޓްތައް ބުނެއެވެ.

ދަގަނޑުގެ ސިނާއަތުގައި ރަޝިޔާއަށް މި އަހަރު 1.8 އިންސައްތަ ގެއްލުން ވަނީ ވެފައެވެ. އެގައުމުން ދަނީ މިހާރު ބޭރު ގައުމުތަކަށް ބަރޯސާވުން ކުޑަކޮށް ވީހާވެސް ބޮޑަށް ގައުމުން ލިބެންހުރި މައުދަންތަކުގެ ފައިދާ ކުރާށެވެ. އަދި އެގައުމަށް ވަފާތެރި ގައުމުތަކާ އެކުގައި ކުރިޔަށް ދާން ވެސް ރަޝިއާއިން ވަނީ އަމާޒު ހިފައިފައެވެ.

ކިޔުންތެރިންގެ ހިޔާލު