އިންޑިއާގެ ސިކިމްގެ އިންޖިނިއަރިން ކޮލެޖެއްގެ ދަރިވަރުންގެ ހަންގަނޑަށް "ނައިރޯބީ ފްލައިސް" އާ ގުޅިގެން ބޮޑެތި މައްސަލަތަކެއް ދިމާވެގެން ފަށައިފިއެވެ.

މި ސޫފީގެ ސަބަބުން ދަރިވަރެއްގެ ހަންގަނޑުގައި ވަރަށް ބޮޑަށް ޖަރާސިމް އުފެދި، އޭނާގެ އަތުގެ އޮޕަރޭޝަނެއްވެސް ވަނީ ކޮށްފައެވެ. އަދި އިތުރު ދަރިވަރުންތަކަށް ފަރުވާދީފައިވާއިރު، އެ މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހެލްތު ޑިޕާޓްމަންޓުގެ އޮފިޝަލުންނާއި ހަވާލާދީ ޕީޓީއައި އިން ބުނާ ގޮތުގައި އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ނައިރޯބީ ފްލައިސް މާޖިތާރު ވިލޭޖްގައި ހުންނަ ސިކިމް މެނިޕަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެސްއެމްއައިޓީ)ގެ ކެމްޕަހުގައި ހަލުވިކަމާއެކު ދަނީ އިތުރުވަމުންނެވެ.

ނައިރޯބީ ފްލައިސް އަށް ކެންޔާ ފްލައިސް ވެސް ކިޔާ އުޅެއެވެ. އެއީ ކުދިކުދި ސޫފިތަކެކެވެ. އޭތީގެ ހަށިގަނޑު ހުންނަނީ ދިގުކޮށެވެ. މި ސޫފީގައި އޮރެންޖް އަދި ކަޅު ކުލައެއް ހުންނައިރު، ގިނައިން ފެންނަނީ ވާރޭ ވެހޭ ސަރަހައްދުތަކުން ކަމަށް ވެއެވެ. އަދި މި ސުއިއްޕަކީ އަލިކަމާއި ތެތް ސަރަހައްދުތަކުން ޝައުގުވެރިކަން ހުންނަ ވައްތަރުގެ ސުއިއްޕެއް ކަމަށް ވެއެވެ.

އަދި މި ސޫފިތައް އާންމުކޮށް ދަނޑުވެރިކަން ހަލާކުކޮށް ހަދައެވެ.. ހެލްތު ޑިޕާޓްމަންޓުން ބުނި ގޮތުގައި މި ސޫފިތައް އިންސާނުންގެ ހަށީގަނޑުގައި ދަތްއަޅާ ނޫޅެއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހަންގަނޑުގައި މި ސޫފީ ޖެހިއްޖެނަމަ ބާރުގަދަ އެސިޑިކް މާއްދާއެއް ދޫކުރާތީ ހަންގަނޑަށް ގޮތްގޮތް ވެއެވެ.

މި ސޫފިތައް ދޫކުރާ ފެނުގެ ސަބަބުން ހަންގަނޑުގައި އާދަޔާ ހިލާފަށް އަނދާ އިތުރު މައްސަލަތަކާއި ކުރިމަތިވެއެވެ.

ކިޔުންތެރިންގެ ހިޔާލު