ބީޖޭޕީގެ ތަރުޖަމާނު ނޫޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަށް މީޑިއާގެ ސަމާލުކަމަށް ގެނައި ނޫސްވެރިޔާ މުހައްމަދު ޒުބައިރު 23 ދުވަސް ވަންދެން ޖަލުގައި ބެހެއްޓުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ޒުބައިރު ދޫކޮށްލަން އެންގީ އިންޑިއާގެ ސްޕްރީމް ކޯޓުންނެވެ. އެއީ ކަފާލާތުގެ ދަށުން 20،000 ރުފިޔާ ދައްކާ ގޮތަށެވެ.

ޒުބައިރު ޖަލަށްލީ ނޫޕޫރުގެ މައްސަލަ ހިލުނު ތަނާ ހިންދޫންނާ މެދު ނަފްރަތު އުފައްދާ ކަމަށް ބުނެ ކުރި ޓުވީޓުަތަކަކާ ގުޅިގެންނެވެ.

ނަމަވެސް ޒުބައިރުގެ ޓުވީޓުތަކުގައި ހަމައެކަނި ބުނެފައިވަނީ ދީނީ ކަންތައްތަކާ ގުޅޭ ގޮތުން އިންޑިއާގެ ޗެނަލްތަކުގައި ކުރިއަށްދާ ބަހުސްތަކާއެކު ހުރިހާ ދީންތަކެއްގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ޗެނަލްތަކަކަށް ވެފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ހިންދޫންގެ ހަރުކަށި ލީޑަރަކު، މުސްލިމުން ކިޑްނެޕްކޮށް އަދި ރޭޕްކުރާނެކަމަށް ބުނެ ދެއްކި ވާހަކަތައް ސަމާލު ކަމަށް ގެނެސް ޓުވީޓު ކުރިއެވެ.

އެ ޓުވީޓުތަކާ ގުޅިގެން އިންޑިއާގެ އެކި ސަރަހައްދުގެ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި އޮތެވެ.

ޒުބައިރު ހައްޔަރުކުރުމާ ގުޅިގެން ވަރަށް ގިނަ އިންޑިއާގެ ނޫސްވެރިންނާއި އަދި ބައިނަލްއަގުވާމީ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި މިއީ ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ހިއްލާލުމުން ބަދަލު ހިފަން ޖަހައިގެން އުޅޭ މަޅިއެއް ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު