ތުރުކީން އިރާގުގެ ކުރުދިސްތާނުގެ ސަރަހައްދަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގެ މައްސަލަ އިރާގުން އދ. އަށް ހުށަހަޅައިފި އެވެ.

ތުުރުކީން ދިން ވައިގެ ހަމަލާތަކުގައި އަށް މީހުން މަރުވެ 20 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވެއެވެ.

އެ ހަމަލާގައި މުޅިންވެސް މަރުވީ އިރާގުގެ ރައްޔިތުންނެވެ. ނަމަވެސް އެމީހުންނަކީ ކުރުދިސްތާން ސަރަހައްދު ބަލާލުމަށް އިރާގުގެ އެހެން ސަރަހައްދުތަކުން އެސަރަހައްދަށް ގޮސް ތިބި މީހުންނެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން އދ. ގެ ސެކިއުރިޓީ ކައުންސިލްއަށް ހުށަހަޅާފައިވާ ކަމަށް އިރާގުން ބުނެ އެވެ.

އޭގެ އިތުރުން އިރާގުގެ ޕާލަމަންޓުން މިހާރު ވަނީ އެ މައްސަލަ ބަލަން ކޮމެޓީއެއް ވެސް އެކުލަވާލައިފަ އެވެ.

ތުރުކީން އިރާގަށް ވައިގެ ހަމަލާތަކެއް ދިނީ ތުރުކީގައި ވަކި ދައުލަތެއް ގާއިމުކުރަން މަސައްކަތް ކުރާ ޕީކޭކޭ ޖަމާއަތުގެ ހަނގުރާމަވެރިން އިރާގުގެ ކުރިދިސްތާން ސަރަހައްދުގައި ގާއިމްވެގެން އުޅޭތީއެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ބުނީ އާންމުން މަރުވުމަކީ ހިތާމަކުރާ ކަމެއް ކަމަށެެވެ. ނަމަވެސް ހަމަލާތަކުގެ ޒިންމާ ނަގަން ވަނީ ދެކޮޅު ހަދައިފައެވެ.

ތުރުކީން ދިން ހަމަލާ އިރާގުން ވެސް ވަނީ ވަރަށް ބޮޑަށް ކޮށްވެރިކޮށްފައެވެ. އިރާގުގެ ފޮރިން މިނިސްޓަރު މުސްތަފާ އަލް ކަދީމީ ވިދާޅުވީ ތުރުކީން އިރާގުގެ އިސްތިގުލާލަށް އަރައިގެންފައިވާ ކަމަށެވެ.

ތުުރުކީން ދިން ހަމަލާ އެމެރިކާއިން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އާންމުންނަށް ހަމަލާ ދިނުން ބަލައިނުގަނެވޭނެ ކަމަށާއި ހުރިހާ ގައުމުތަކުން ވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވާން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އދ އިން ކޮންކަމެއް ވާނީ އެމީހުންނަކީ ހައްޤަކާ ނުލާ އިރާޤުގެ އެތައް ލައްކަ ބަޔަކު ޝަހީދުކޮއްފައި އެކަން ނުބެލި އޮތް ބައެއް

    3
    1
  2. އިރާކު

    އެމެރިކާއިން މެރި މީހުންގެ އަދަދު އިނގޭތޯ. އދ އަށް ހުށައާޅާ ބަލަ.

    3
    1
  3. Anonymous

    އެމެރިކާ ގުދޯގުދޯ ގޮވަނީ އިރާޤަށް އަރާ އެތައް ހާސް ބަޔަކު މަރާއި އެތައް އަންހެނެއް ރޭޕްކޮށް ޢިއްފަތްތެރިކަން ނިގުޅައިގަނެ އެތައް ސަތޭކަ ގެދޮރު ސުންނާފަތިކުރިއިރު ބައިނަލް އަޤްވާމީ ޤާނޫނުތަކެއް ނެތް. އިރާާޤަށް ލިބުނު ގެއްލުންވެސް ބިލިއަން ޑޮލަރަށްއަރާ ޒިންމާ އުފުލާކަށްވެސް ނުޖެހެ. ބަދަލުދޭކަށްވެސް ނުޖެހެ.