ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންގެންދާ ފައިޒާ ވެކްސިން އާންމު ރައްޔިތުންނަށް ނެރުމުގެ ކުރިން ދުވަހަކުވެސް ޓެސްޓުކޮށްފައި ނުވާ ކަމަށް ބައިނަލްއަގްވާމީ ތަރައްގީވެފައިވާ މާކެޓްތަކުގެ ރައީސް ޖެނީން ސްމޯލް އެއްބަސްވެއްޖެއެވެ.
އޭނާ މިގޮތަށް އިއުތިރާފްވީ، ޔޫރަޕިއަން ޔޫނިއަންގެ ކޮވިޑް-19 އަށް ރައްދު ދިނުމާ ގުޅޭ ގޮތުން ބޭއްވި އަޑުއެހުމެއްގައެވެ.
އޭނާއާ އެ ސުވާލު ކުރެއްވީ ޑަޗް ސިޔާސީ ބޭފުޅެއް ކަމަށްވާ މިހާރުގެ ޔޫރަޕިއަން ޕާލަމެންޓް (އެމްއީޕީ) ގެ މެންބަރު ރޮބަޓް ރޫސްއެވެ.
އެގޮތުން ރޫސް ވަނީ ފައިޒާގެ ކޮވިޑް ވެކްސިން ވައިރަސް ފެތުރުން ހުއްޓުވޭތޯ ބެލުމަށް ދުވަހަކުވެސް ޓެސްޓް ކޮށްފައިވޭތޯ ސުވާލު ކޮށްފައެެވެ. އެ ސުވާލަަށް ޖަވާބުދެމުން ސްމޯލް ވަނީ ޓެސްޓު ކޮށްފައި ނުވާ ކަމަށް އެންމެ ކުރު ގޮތަކަށް ޖަވާބު ދީފައެވެ.
"އަޅުގަނޑުމެންނަށް ހަގީގަތުގައިވެސް ސައިންސްގެ ސްޕީޑުގައި ހަރަކާތްތެރިވާން ޖެހޭނީ މާކެޓުގައި ހިނގަމުންދާ ކަންކަން ވިސްނައިގަތުމަށް". ސްމޯލް ވިދާޅުވިއެވެ.
ސްމޯލްގެ ޖާވާބުން ސާފް ނުވާ ކަމަކަށް ވަނީ އޭނާ އިޝާރާތް ކުރައްވަނީ އިމަޖެންސީ ޔޫސް އޮތޯރައިޒޭޝަންގެ ދަށުން ހުއްދަ ދީފައިވާ ފައިޒަރ ބަޔޯއެންޓެކް (ބީއެންޓީ162ބީ2) ވެކްސިން ނުވަތަ އެފްޑީއޭ އިން ފާސްކޮށްފައިވާ ވެކްސިން ކަމަށްވާ ކޮމިރްނާޓީ އަށްތޯއެވެ.
ތިކަންކުރިމީހުން މިހާރު ތިބީ ބިލިއަނަރުންނަށް ވެފަ ގައުމުތަކުގެ ރައީސުންނާދެކޮޅަށް ދައުވާކޮށް ވެކުސިންޖެހުމަށް މަޖުބޫރު ކުރި ހުރިހާ ރައީސުންނަށް ދައުވާ އުފުލުމަށް ގޮވާލަން މިރާއްޖޭގެ ރައީސްވެސް އިންޑިއާގެ ވެކުސިން ދިވެހިންހަށްލައިގެން ނުބައިމައުލޫމާތުތަށްދީ ދިވެހިންގެ ގަޔަށް ވެކުސިން ވަނީ ޖަހާފަ އޭގެ ސަބަބުން ގިނަދިވެހި ރަށްޔަތުންވަނީ މިދުނިޔެއާއި އަލްވަދާއު ކިޔާފަ ހުރިހިތާމައެއްގެ ބޮޑުކަމާއިއެވެ.
ދައުވާކޮށް ލިބުނުގެއްލުމުގެބަދަލުވެސް
މައްސަލައަކީ ތިއަ އެއްޗެއް ވިއްކައިގެން މުއްސަދިވާންޖެހޭ މީހުން މުއްސަނދިނުވީ. އެހެންބަޔަކު ބިލިއަނަރުންނަށްވެއްޖެ. އިންސާނީ ދަރިފަސްކޮޅު ޝިރުކުގެ ކަނުއަނދިީގައި ގެއްލި ހަލާކުވެއްޖެ. ތިއަ ޑަބުލިއު އެޗް އޯ އަކީ ބޮޑު ވަބާއެއް.
އަހަރުމެން އެންމެން އެެންމެން މިވީ އެއްމެފަހުން ލެބްރެޓްސް އަށް ދޯ. ދެރަކަމެކޭ
ފައިޒާ.... އެމެރިކާއިން ރާއްޖެއަށް ތީގެ ބޮޑު ސްޓޮކެއް ދިން. އަދި އެތައް ބަޔަކު ވަނީ ތިޔަ ވެކްސިނެއް ޖަހާފަ. ވެކްސިން ޖެހުމުގެ ފަހުން އަަހަންނަށް ފާހަގަކުރެވޭ އަހަރެންގެ ބުންވަރުގެމައްސަލަ. ކުރިން ބައިގަޑިއެއްހާއިރު މާބޮޑު ވަރުބަލިކަމެއްނެތި ދަނޑުގައި ކުޅެލެވޭ. ނަމަވެސް މިހާރު 10 މިނެޓަށްވެސް ހިފަހައްޓާނުލެވޭ. ވަރަށް ދެރަވެފަ މިހަގީގަތް ބުނެދޭން މިޖެހުނީ.
ކޮވިޑަށް ޖެހި އެއްވެސް ވެކްސިނަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރަންޖެހި ވެކްސިނެއްނޫން ، ބަލިޖެހުނީމާ މަރުވާރޭޓް ދައްކޮށް ބަލީގެ ބޮޑުވަރުވާ ހާލަތު ދައްކުރުމަށް ޖެހިވެކްސިނެއް ، ކޮވިޑް ވެކްސިން ޖެހިޔަސް ބަލިޖެހޭނެ ، އެކަމަކު ބަލީގެ ބޮޑުވަރުވެ ލިބޭ ގެއްލުން ވަރަށް ކުޑަވާނެ