ސްރީލަންކާގައި އުމުރުން ފަސް އަހަރުގެ ކުއްޖަކަށް ޒަހަރުދީ މަރާލައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިކަން ހިނގާފައި ވަނީ ލަންކާގެ ތަލަހެނާ ސަރަހައްދުގައެވެ. ފުލުހުން ބުނި ގޮތުގައި ފިރިހެން ކުއްޖާ އަށް ޒަހަރު ދިނީ އެ ކުއްޖާގެ މަންމައެވެ.

ފުލުހުން ބުނެފައިވަނީ އެ އަންހެން މީހާ ފިރިހެން ކުއްޖާއަށް އަދި އަށް އަހަރުގެ އަންހެން ދަރިއަށް ގަދަކަމުން ޒަހަރު ދިނުމަށްފަހުގައި އެ އަންހެން މީހާ ވަނީ އަމިއްލައަށް ވެސް ޒަހަރު ބޮއެފައެވެ.

ފިރިހެން ކުއްޖާ މަރުވިކަމުގައި ވިޔަސް މަންމަ ވަނީ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ފަރުވާދީފައެވެ. އަންހެން ކުއްޖާ މިހާރު ވަނީ ކޮލޮންބޯގެ ކުޑަކުދިންގެ ހޮސްޕިޓަލެއްގައެވެ. މި ދެމީހުންވެސް އަދި އޮތީ ކްރިޓިކަލް ހާލަތުގައެވެ. އެ އަންހެން މީހާގެ އާއިލާ މީހުން ފުލުހުންނަށް ބުނެފައިވަނީ އޭނައަކީ ވަރަށް ބޮޑު ދަރަންޏެއް އޮތް މީހެއް ކަމަށް ބުނެފައެވެ.

ފުލުހުން އަންނަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިރާއްޖޭގައި ވެސް އެބައުޅޭ ލޯނު ނަގައިގެން ލޯނު އަދާކުރަން ނޭނގިގެން އުޅޭ މީހުން. މިކަހަލަ ވާހަކަ އަޑުއިވުނީމާ ދަންޖެހި މަރުވާނީއެއް ނޫން. އަނބިމީހާ ގޭގައި އިނދެ ހެޔޮ ދުޢާކޮށް، ފިރިމީހާ ހަބޭހަށް މަސައްކަތްކުރީމާ ދެމަފިރިންނަށް މާތްﷲ ރިޒުގު ދެއްވާނެ. އެކަމަކު ދެމަފިރިން ގެއާއި ދަރިން ދޫކޮށްލާފައި ބާޒާރުމައްޗަށް ގޮސް މަސްމާރުކޭޓުގައާއި އަތިރިމަތީގައި ފައިސާ ހޯދަން ދަމާކެނޑީމާ ދަރިން މަގުފުރެދި ގެ ފަޅުވެ ދަރަނި އިތުރުވުން ނޫން ކަމެއް ނުވާނެ.

    15