އީރާންގެ ސަރުކާރުން ދެޒުވާނުންނަށް މިއަދު ދަން ޖައްސައިގެން މަރުގެ އަދަބު ދީފިއެވެ. މިދެމީހުންނަށް މަރުގެ އަދަބު ދިނީ ސެޕްޓެމްބަރ މަހުން ފެށިގެން އީރާން ސަރުކާރާއި ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގައި ބައިވެރިވުމުގެ ކުށުގައެވެ. މުޒާހަރާތަކާއި ގުޅިގެން މަރުގެ އަދަބު ދިން މީހުންގެ ޖުމްލަ މިހާރު ވަނީ ހަތަރަށް އަރާފައި ކަމަށް ސީއެންއެން އިން ބުނެއެވެ.

މިއަދު ދަން ޖައްސައިގެން މަރުގެ އަދަބު ދިން ދެމީހުންނަކީ މުހައްމަދު މެހްދީ ކަރީމީ އާއި ސައީދު މުހައްމަދު ހުސައިނީ އެވެ. ކަރީމީ އަކީ ކަރާޓޭ ޗެމްޕިއަނެކެވެ. އޭނާ ވަނީ އީރާންގައި ބޭއްވި އެތައް ބައިވަރު ކަރާޓޭ މުބާރާތެއް ކާމިޔާބު ކޮށްފައެވެ. އޭނާގެ އުމުރަކީ 21 އަހަރެވެ.

ދެން މަރުގެ އަދަބު ދިނީ 20 އަހަރުގެ ސައްޔިދު މުހައްމަދު ހުސައިނީ އަށެވެ. އޭނާ އަކީ ހިލޭ ސާބަހަށް ކުޑަކުދިންނަށް ކޯޗް ކޮށްދެމުން އައި މީހެކެވެ.

ކަރީމީގެ ގާނޫނީ ވަކީލް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މަރުގެ އަދަބު ދިނުމުގެ ކުރިން އާއިލާ އާއި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ކަރީމީ އަށް ނުދިން ކަމަށެވެ. ކަރީމީގެ ދިފާއުގައި މަސައްކަތް ކުރުމުގެ ފުރުސަތު ގާނޫނީ ވަކީލަށް ނުދިނުމުން ކަރީމީ ދިޔައީ މިދިޔަ ބުދަ ދުވަހުން ފެށިގެން ބަނޑުގައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުން ކަމަށް ވެސް ގާނޫނީ ވަކީލް މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ފާއިތުވި ދެތިން މަސްދުވަހުގެ ތެރޭގައި އެކިއެކި މައްސަލަތަކުގައި އީރާނުން މަރުގެ އަދަބު ދިން މީހުންގެ ޖުމްލަ އަދަދު 41 އަށް އަރާކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފައި ވެއެވެ. ނަމަވެސް ބައިނަލްއަޤުވާމީ ފަރާތްތަކުން ބުނާ ގޮތުގައި އީރާނުން މަރުގެ އަދަބު ދިން މީހުންގެ އަދަދު އެއަށްވުރެ މާގިނަ ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަމިއްޔާ

    ބަރާބަރު. ޚާއިނުން ގަތުލުކޮށްގެން ނޫނީ ހަމަޖެހުމެއް ނުލިބޭނެ

    9
    1
    • ޢަހު

      ޚާއިނަކަށް ވަނީ ކިޖިނެއްކަން އިނގޭތަ؟

  2. ޙަބީބީ.

    ގަދަބާރުން އޮބިއަޅޔވައިގެން ވެރިކަން ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކައް އޮވެގެންނުވާނެ އިރާނުން އެބަޖެހޭ ދުނިޔެއައް ބޯލަނބަން ތިޔަކުރެވެނީ ވަރައް ހުދުމުހުތާރު ވެރިކަމެއް

    4
    11
  3. ކިތަންމެ މޮޅުކަމެއް ކުރިޔަސް ކުށް ކުރީމަ އަދަބު ދޭން ޖެހޭ

    9
    1
    • ޟަަހު

      މަރުގެ ޙުކުމެއް އަންނަން ޖެހޭ ފަދަ ސަބަބެއް ދިމާ ވެއްޖެ ނަމަ އެއަދަބު ދިނުން މައްސަލައެއް ނީން އެކަން ތި މުޅި މައްސަލައަށް ަލައިފިނަމަ ތިއޮތީ ސާބިތު ނުވެ މަރުގެ އަަދަބު ދީފަ

      1
      1