ފިލިޕީންސް އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޔޫރަޕިއަން މެޑިޓޭރަނިއަން ސެސްމޮލޮޖިކަލް ސެންޓަރު (އީއެމްއެސްސީ) އިން ބުނީ މި ބިންހެލުން އައީ ފިލިޕީންސްގެ މިންޑަނޯއާ ސަރަހައްދަށް ރެކްޓަ މިންގަނޑުން 6.0 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށެވެ.

މި ބިންހެލުން އައީ ކަނޑު އަޑީގެ ދެ މީޓަރު (1.24 މޭލު) މަތިން ކަމަށް އީއެމްއެސްސީން ބުނެފައިވެއެވެ. މި ބިންހެލުމުގެ ލޮޅުން ޑަވޯ ސިޓީ އަށް ވެސް ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ސިޓީއަކީ ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ދިރިއުޅުއްވި ސިޓީއެވެ.

ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ބިންހެލުން އައުމާ ގުޅިގެން ޝޮޕިން މޯލްތަކާއި ޔުނިވާސިޓީތަކުން މީހުން ހުސް ކުރަމުން ދިޔަ މަންޒަރެވެ.

މި ލޮޅުމުގެ އަސަރު ބޮޑަށްކޮށްފައި ވަނީ ރިޕޯޓުތައް ބުނާ ގޮތުގައި ޑަވައޯ ޑި އޮރޯ ޕްރޮވިންސަށެވެ. މި ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކެއް އަދި ސާފެއް ނުވެއެވެ.

ބިންހެލުމާ ގުޅިގެން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.