އިސްރާއީލަށް ތިން ބިންހެލުމެއް އައިސްފިއެވެ.

މުސްލިމް އެތައް ގައުމުތަކަކާއި މުސްލިމުންނަށް ނަފްރަތު ކުރާ އިސްރާއީލަށް ތިން ބިންހެލުން މި އައީ މިދިޔަ ހަފްތާގައި ތުރުކީ އަށް އައި ބިންހެލުމުގައި 21،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށެވެ. އޭގެ ތެރެއިން 17،000 އަށް ވުރެ ގިނަ މީހުން ތުރުކީން މަރުވިއިރު، 3،000 އަށް ވުރެ ގިނަ މީހުން މަރުވީ ސީރިއާއިންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލަށް އައި ބިންހެލުންތަކުގެ ތެރެއިން 3.3 މެގްނިޓިއުޑްގެ ބިންހެލުން އައީ އިސްރާއީލްގެ މެދުތެރެއަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާވެ، ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެކަމަކު، އެ ސަރަހައްދުގައި އުޅޭ މީހުން ވަނީ ލޮޅުންތަކެއްގެ އިހްސާސްކޮށްފައެވެ.

އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހު 4.1 މެގްނިޓިއުޑްގެ ބާރުމިނުގައި ހުޅަނގު އައްސޭރިއާ 15 ކިލޯ މީޓަރު ދުރުން ބިންހެލުމެއް ވަނީ އައިސްފައެވެ. މި ބިންހެލުމާ ގުޅިގެން އެއްވެސް ސައިރަންއެއް އަޅާފައި ނުވަނީ އެއްވެސް ކަހަލަ ގެއްލުމެއް ނުލިބޭނެ ކަން ޔަގީންވުމާ ގުޅިގެންނެވެ.

އޭގެ މަދު ގަޑިއިރުތަކެއް ފަހުން އިތުރު ބިންހެލުމެއް އައި ކަމުގެ ރިކޯޑު ވެސް ވަނީ ކުރެވިފައެވެ.

އިސްރާއީލުން ގެންގުޅޭ ވާނިން ސިސްޓަމުން ސައިރަންގެ އަޑު އާންމުކޮށް އަޅަނީ އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާ ރޮކެޓްތަކަށް ސަމާލުވުމަށް އެދިއެވެ. ބައެއް ފަހަރު އަންނަ ބިންހެލުންތަކާ ގުޅިގެން ވެސް މި ސިސްޓަމުން ސައިރަން އަޅައެވެ.

"އަހަރެންގެ ފަހަތުން އަޑު އިވޭ ކަމުގައިވާ ނަމަ، އެ ރަޖިސްޓާ ކުރެވުނީ ބިންހެލުމެއް." ޕްރޮފެސަރު ވިޓްޒްމަން މީޑިއާތަކަށް ދިން އިންޓަވިއުގައި ބުންޏެވެ.

"އަހަރެން ދެން ޖެހޭނީ ސެއިސްމޮލޮޖިސްޓް އާ ވާހަކަ ދައްކައިގެން މައުލޫމާތު ހޯދަން،"

ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގައި ސުންނާފަތިވި ގިނަ އިމާރާތްތައް ދަށުގައި އެތައް ބަޔަކު މަރުވެފައި ތިބޭނެ ކަމަށް ލަފާ ކުރެވެއެވެ. ދިރިތިއްބާ މީހުން ފެނުމުގެ ފުރުސަތު ވެސް އަންނަނީ މިހާރު ކުޑަވަމުންނެވެ.

ބިންހެލުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ތުރުކީވިލާތައް ކުރިއަށް އޮތްތަނުގައި ވެސް ބިންހެލުމުގެ ސަބަބުން އުފުލަން ޖެހޭ އިގްތިސާދީ ބުރަށް ވަރަށް ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް އިތުރުވެގެން ދިޔަ ސަބަބަކީ ތުރުކީވިލާތުގައި އިމާރާތްތައް ކޮށްފައި ހުންނަނީ ބިންހެލުންތަކުން މާބޮޑު ރައްކާތެރިކަމެއް ލިބޭ ގޮތައް ކަމަށް ނުވާތީ ކަމުގައި ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ތުރުކީވިލާތަކީ މީގެ ކުރިން ވެސް ބޮޑެތި ބިންހެލުންތައް އައިސްފައިވާ ގައުމެކެވެ. ނަމަވެސް މިދިޔަ ހަފްތާގައި އައި ބިންހެލުމަކީ ފާއިތުވި 100 ވަރަކަށް އަހަރު ތެރޭގައި އެގައުމަށް އައި އެންމެ ގެއްލުން ބޮޑު އެއް ބިންހެލުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތި ހުރިހާ ބިންހެލުމެއް ތިއަންނަނީ ބިމުއަޑީގައި ވަރަށް ފުނުގައި އިސްރާއީލުން ރައްކާކޮށްފައިވާ ނިއުކުލިއަރ ހަތިޔާރުތަކެއް ގޮވައިގެން ކަމަށް ބައެއް ފަރާތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އާންމު ގޮތެއްގައި ގުދުރަތީ ބިންހެލުމަށްވުރެ އެކަހަލަ ބިންހެލުން ބޮޑުވާނެ ކަމަށް އުތުރު ކޮރެޔާގެ ނިއުކުލިއަރ ތަޖުރިބާތަކުން ވަނީ އެނގިފައެވެ.

    9
    5
    • ޕޫޓިން

      އެރިއެކްޓަރ ތެރޭގައި އޮވެގެންތަ އަނެއްކާ ތި މެސެޖްކުރަނީ..

    • ނާހިދާ ޑުއެޓްސް

      މޮޅު މީހެކޭ ދޯ! ކިޔެވި ޔުނިވަރިސިޓީ ބުނެލަބަލަ. ޖާގަ އޮތްތޯ ބަލާފަ އެތަނުން ކިޔަވަންކަމަށް. އިޒުރޭލު ބިމިއަޑިގަ ގޮވީމަ އިޒްރޭލަށް ވުރެބޮޑަށް ލޮޅުން އެހެން ގައުމުތަކަށް އަންނަގޮވެސް ކިޔަވާދޭތަ؟

    • ނަނަނަ

      މީ ހަމަ ސަވާބު ހޯދަން ހަދާހާ ދޮގޭ. އެހެންވީމަ ކޮބާ މައްސަލައަކީ؟ އިޒްރޭލޭ ކިޔައިގެން ކޮންމެ އެއްޗެއްވެސް ކިޔަންވީ ހަމަ..

  2. ވސނފކރކރ

    މިކަންތަށް ތަކުން މިއެނގެނީ ދުނިޔެ ޤިޔާމަތް ވުމުގެ ވަގުތު ގާތްވަމުން އަންނަ ކަން. އެންމެހާ ބޭފުޅުންނޭ ހެޔޮއަމަލު ގިނަކުރޭ އަދި ގޯސް އަމަލެއް ކުރެވިފައި ވާނަމަ އެކަމަށް ތަޢުބާވޭ އަވަސް ކުރޭ

    9
    1