ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަހުގައި އެމެރިކާއިން ހާއްސަ އެވޯޑެއް އާޖެންޓީނާއަށް ނިސްބަތްވާ ފިރިހެނަކަށް ދީފިއެވެ.

ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި އަންހެނުން ބާރުވެރިކުރުވާ ހިތްވަރު ދިނުމުގެ ގޮތުން ދިން ހާއްސަ އެވޯޑް ލިބިފައިވަނީ ޓްރާންސް ޖެންޑާ، ނުވަތަ އަންހެން އަދި ފިރިހެން ޖިންސަށް ނުފެތޭ ސިޔާސީ ފަރާތެއް ކަމަށްވާ އަލްބާ ރިއުދާއަށެވެ.

ފިރިހެނެއްގެ ގޮތުގައި ދުނިޔެއަށް އުފަންވި ރިއުދާ ޖިންސު ބަދަލުކޮށްގެން މިހާރު އުޅެމުންދަނީ އަންހެނެއްގެ ގޮތުގައެވެ. އޭނާއަކީ އާޖެންޓީނާއަށް އުފަން މީހެކެވެ. ޖިންސު ބަދަލުކުރުމަށް އާޖެންޓީނާގައި ހުއްދަ ކުރެވުނީ ރިއުދާގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިހާރު އާޖެންޓީނާގެ 1 އިންސައްތަ މީހުންނަކީ ޖިންސު ބަދަލުކޮށްގެން އުޅޭ މީހުންނެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން ވައިޓް ހައުސްގައި ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރިއުދާއަށް އެ އެވޯޑް ދިންއިރު، އޭނާއަށް މިފަދަ އެވޯޑެެއް ލިބުމުން އެތައް ބަޔަކު ދަނީ މީސް މީޑިއާ އާއި އެކި ޕްލެޓްފޯމްތަކުގައި ނުރުހުން ފާޅު ކުރަމުންނެވެ.

އޭނާއަށް މި އެވޯޑް ލިބިފައި ވަނީ ހައްޤުތައް ހޯދުމަށް ހުއްޓާނުލާ މަސައްކަތް ކުރި ކަމަށް ބުނެއެވެ. އޭނާއަށް މި އެވޯޑް ދީފައި ވަޏީ އެމެރިކާގެ ފަސްޓްލޭޑީ ޖިލް ބެއިޑަންއެވެ.

ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ 17 ވަނަ އަހަރީ ހަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އާދަޔާ ހިލާފު 11 އަންހެނެެއްގެ އަގު ވަޒަންކޮށް، އެންމެންނަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާރިޗު މަހުގެ 8 ވަނަ ދުވަހަކީ އިޤުތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި، އަންހެނަކަށް ވީތީ ކުރާ ތަފާތުކުރުން ނައްތާލުމަށާއި، އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރާ އަންހެނުންގެ ދުވަހެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ފެށީ އެމެރިކާގައި ހަރަކާތެރިވި މަސައްކަތްތެރިންގެ ޖަމާއަތަކުންނެވެ. މަސައްކަތްތެރިންގެ ޖަމާޢަތުގެ ހަރަކާތްތައް ފެށިފައިވަނީ 1908 ވަނަ އަހަރު 15000 އަންހެނުން ނިއުޔޯކް މަގުތަކަށް ނުކުމެ މަސައްކަތުގެ ގަޑި ކުރު ކުރުމަށާއި، ކުރާ މަސައްކަތަށް ރަނގަޅު އުޖޫރައެއް ދިނުމަށާއި، ވޯޓް ދިނުމުގެ ހައްގު ހޯދުމަށް އަޑު އުފުލަން ފެށި ހިސާބުންނެވެ.

އޭގެ އެއް އަހަރު ފަހުން ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ދުވަސް ފާހަގަ ކޮށްފައިވަނީ ސޯޝަލިސްޓް ޕާރޓީ އޮފް އެމެރިކާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު