އިސްރާއީލްގެ ވެރިރަށް ކަމަށްވާ ޓެލްއަވީވް އަށް ހަމަލާ ދީފިއެވެ.

އެ ސިޓީގައި ބަޑީގެ ހަމަލާ ދީފައިވާއިރު، އެކަކު މަރުވެ، ތިން މީހަކު ވަނީ ޒަހަމް ވެފައެވެ.

މެޖެން ޑޭވިޑް އަޑޮމް އެމްބިއުލާންސްގެ ހިދުމަތުން ބުނި ގޮތުގައި އެ ތިން މީހުންގެ ގަޔަށް ބަޑި ޖަހާފައި ވަނީ ޑިޒެންގޯފް މަގާއި ބެން ގުރިއަން މަގު ކަންމައްޗަކަށް ހުންނަ ކެފޭއެއްގެ ކައިރީގައެވެ.

އެމްޑީއޭއިން ބުނީ އެ ހާދިސާގައި އަނިޔާވި މީހުން އެ ސިޓީގެ އިޗިލޯވް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސް ކަމަށާއި އަނެއް ދެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ ހަމަލާއަކީ ނިރުބަވެރި ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ހަމަލާ ދިން މީހާ ވަނީ މަރައިލާފައެވެ. އެ ސަރަހައްދުގައި ތިބި ދެ ފުލުހަކު އޭނާ މަރާލިއިރު, އެއީ ކޮން ގައުމަކަށް ނިސްބަތްވާ ކާކުކަން އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުދުހުދު

    الحمد الله

    25
  2. ާަމމދެޔ

    الحمد الله

    18
  3. ވާނުވާ

    މިމީހުންނަށް ހަމަލާއެއް ދީފިނަމަ އެއީ ނިރުބަވެރިން. ޢެކަމު މިމީހުން ފަލަސްތީނުގރ ގެތަށް އަންދާ ކުޑަކުދީންނާ އަންހެނުން މަރާއިރު އެއީ އެމީހުންނަށް ލިބި އޮތް ހައްގެއް ކަމަށް ދެކޭ ހަޔާތްކުޑަ ޔަހޫދީން

    18
  4. ޟިރަަރު

    އަލްޙަމްދުލިއްﷲ