އިސްރާއީލުން ފަލަސްތީނުގެ ދެމީހަކު ޝަހީދު ކޮށްލައިފިއެވެ.

އިސްރާއީލް ސިފައިން ފަލަސްތީނުގެ ދެ މީހަކު ޝަހީދު ކޮށްލާފައިވަނީ ހުޅަނގު އައްސޭރީގެ ޖެނިންގައި ދިން ހަމަލާއެއްގައެވެ.

އެސަހަރައްދުގައި އިސްރާއީލް ސިފައިން އާދައިގެ ހެދުމުގެ ހަރަކާތްތެރިވަމުން އަންނައިރު، ފަލަސްތީނުގެ ދެ މީހަކު ޝަހީދު ކުރުމަށްފަހު އިސްރާއީލް ސިފައިން ވަނީ އެސަރައްދުގައި އިތުރު ހަމަލާތަކެއް ވެސް ދީފައެވެ.

އަދި ހަމަލާއަށްފަހު، އިސްރާއީލް ސިފައިންގެ ބޮޑު ލަޝްކަރެއް ޖެނިންއަށް ވެހިކަލްތަކުގައި ވަދެގެން އަންނަ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ވަނީ އާންމުވެފައެވެ.

މީގެ އިތުރުން ވެސް އިސްރާއީލް ސިފައިން ވަނީ ހުޅަނގު ރަމަﷲގެ ދެ އިމާރާތެއް ވެސް ސުންނާފަތި ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު