ސްރީ ލަންކާގެ އަންގުރުވަތޮޓާގެ ބަޓަގޯޑާ ޖަންކްޝަންގައި ރޭ ކުރިއަށް ދިޔަ ކައިވެނީގެ ހަފްލާއެއްގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާ އެކަކު މަރާލައިފިއެވެ.

ފުލުހުން ބުނީ މަރުވި 36 އަހަރުގެ މީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ފަތިހު ބަޓަގޯޑާ ސަރަހައްދުގެ ދަނޑު ތެރެއިން ކަމަށެވެ.

މި ހާދިސާގައި ޒަހަމްވި ދެ ގްރޫޕުގެ ފަސް މީހަކަށެވެ. އެ މީހުންނަށް ކޮލަމްބޯ، ނަގޯޑާ އަދި ހޯރާނާ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އެ މީހުންގެ ހާލަތާ ގުޅޭގޮތުން މީޑިއާތަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

އަދި މިއީ ކޮން ކަމަކާ ގުޅިގެން ހިނގި މާރާމާރީއެއް ކަންވެސް ރިޕޯޓްކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މާރާމާރީ ހިނގާފައި ވަނީ ބަޓަގޯޑާ ސަރަހައްދުގައި ބޭއްވި ކައިވެނީގެ ހަފްލާއެއްގެ ތެރޭގައު ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު އަންގުރުވަތޮޓާ ފުލުހުން ދަނީ އިތުރު ތަހުގީގެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުގާ

    ލަންކާމީ ހާދަ އަމާން އޮމާން ގައުމެކޭ އުތަ... ލަންކާގެ ފަތުރުވެރިކަން ވަރައް ފައްކާވެފަ ފޫހިނުވާނެ ޔޯލަ

    11