ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު، އިމްރާން ޚާންގެ ގެކޮޅުން ޕެޓްރޯލް ބޮމާއި އެކި ކަހަލަ ނުރައްކާތެރި ހަތިޔާރު ފެނިއްޖެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ޕާކިސްތާނުގެ ލަހޯރުގައި އިމްރާން ދިރިއުޅުއްވާ ގެކޮޅުން ގިނަ އަދަދެއްގެ ހަތިޔާރު ތަކެއް ފެނިފައިވަނީ އިސްލާމް އާބާދުގެ ކޯޓެއްގައި އޮތް ކޮރަޕްޝަންގެ ދައުވާގެ އަޑު އެހުމަކަށް އޭނާ ގެކޮޅުން ނުކުތް ވަގުތު 1000 ވަރަކަށް ހަތިޔާރުލީ ފުލުހުން އޭނާ ދިރިއުޅުއްވަމުން ގެންދެވި ގެކޮޅަށް ވަދެ ބެލި ބެލުމުންނެވެ.

އެގެކޮޅު ބަލައި ފާސް ކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ހަތިޔާރު ފެނުމާއި ގުޅިގެން އޭނާގެ ޕާޓީގައި މަސައްކަތް ކުރާ ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެގޮތުން ހައްޔަރު ކުރި މީހުންގެ އަދަދު 61 އަށް އަރާ ކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިމްރާންގެ ގެކޮޅު ބަލައި ފާސް ކުރުމަށް ފުލުހުން މަސައްކަތް ކުރި ވަގުތު އޭނާގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގާފައިވާއިރު، މި ހަމަނުޖެހުމުގެ އިތުރުން 10 މީހަކަށާއި ތިން ފުލުހަކަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ.

އިމްރާން ހައްޔަރު ކުރުމަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތަށް ހުރަސް އެޅުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާ ދިރިއުޅޭ ގެކޮޅު ކައިރިއަށް ޖަމާވެފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެސަރަހައްދަށް ފުލުހުންނަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ވެސް ޖަހާފައެވެ.

އިމްރާން ހައްޔަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ހުރަސް އަޅައި، އޭނާގެ ދިފާއުގައި ގިނަ ބަޔަކު ނުކުމެފައިވާތީ، ލަހޯރުގެ ކޯޓުން ވަނީ އޭނާ ހައްޔަރު ކުރުން މަޑުޖައްސަން ފުލުހުންނަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޜެފްރީ

    މިހާރުގެބޮޑުވަޒީރު ކުޅުއްވާއެންމެފަހުގެކުޅި. ބުލެކުމެއިލްކުރެވޭނީތިހާވަރަށް. މުޅިންވެސް ޔާމީނުގެ ކޮޕީ

    10
    10
  2. އަވަށުމީހުން

    މައުމޫނުވެސް ކުޅުނު ތިގޭމް.. ޔާމީންވެސް.

    7
    4
  3. އާދަންބެ

    ތީ އެމެރިކާގެ ޝައިތާނުންނާ ގުޅިގެން ޕާކިސްތާނުގެ އިސްލާމީ ވެރިކަމެއް ގާއިމްވިޔަ ނުދިނުމަށް މިހާރުގެ ކޮރަޕްޓް ސަރުކާރު މެދުވެރިކޮށް ހިންގާ ބޮޑުޖަރީމާއެއް.

    18
    1
  4. ހުސޭނުބޭ

    12 ޓޭންކަރާ 25 މިސައިލް ނުފެނޭތަ؟ ޕެޓްރޯލްބޮމް ތިއީ އިމްރާނުޚާނާ އަޅާބަލާއިރު ބަލާގަންނަވަރަށްވުރެ މާ ދަށް ފަންތީގެ އެއްޗެތި

    14
  5. Anonymous

    މީ ހަމަ މިރާއްޖެއިން ދަސްކޮއްގެން ކުޅޭ ކުޅިވަރޭއް. ފުރޭމް ކުރުމުގެ ކުޅި މުޅި ދުނިޔެއްށ ތަޢާރަފު ކުރި މި ދިވެހިރާއްޖެއިން. އެކަން މިދަނީ ނުހަނު ކުރިޔަށް.

    12
    1